އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

އަޅުކަން ކުރާއިރަށް އެދޭހައި ކަމެއް ޙާޞިލުވާކަށް ނުޖެހޭނެ - އެއީ ފައިސާ ދޭއިރަށް މުދާ ގަންނަން ލިބޭ އުޞޫލުން ހިނގާ ކަމެއް ނޫން!: މުފްތީ މެންކް

އަޅުކަން ކުރާއިރަށް އެދޭހައި ކަމެއް ޙާޞިލުވާކަށް ނުޖެހޭނެ - އެއީ ފައިސާ ދޭއިރަށް މުދާ ގަންނަން ލިބޭ އުޞޫލުން ހިނގާ ކަމެއް ނޫން!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 55 ސިކުންތު

އަޅުކަން ކުރުމަކީ އެމީހަކު އެދޭ ކޮންމެ ކަމެއް ﷲ ތައާލާ ހަމަ ވަގުތުން ފުއްދަވައި ދެއްވެވުން ލާޒިމުކުރާ ކަމެއް ނޫނެވެ. އަޅުކަން ކުރުމަކީ އެއަށްވުރެ މާ މަތިވެރިކަމެކެވެ. އަޅުކަން ކުރުމުގެ ބޭނުމަކީ ﷲ ތަޢާލާ ޢާއި ތިމާ އާއި ދެމެދުގައި ގުޅުން އުފެއްދުމާއި އެގުޅުން އިތުރަށް ބަދަހިކުރުމެވެ. ވީމާ ތިބާ ޙާޞީލުކުރަން ބޭނުންވާ ކަންކަމާއި ތިބާ ކުރާ އަޅުކަމާއި ނުގުޅުވާށެވެ. 

ﷲ ތަޢާލާ އާއި ތިބާ އާއި އޮންނަ ގުޅުން ހާމަވެގެންދާނީ ތިބާ ކޮންމެ ދުވަހަކު ﷲ ތަޢާލާ އާއި ކުރާ މުޢާމަލާތުތަކުންނެވެ. އެ މުޢާމަލާތުތައް ފުރިހަމަ ނަމަ ތިބާގެ ބޭނުންތައް ދާނީ ފުދެމުންކަން ޔަޤީނެވެ. އަދިވެސް ވިސްނައިލަން ޖެހޭ ކަމެއް އެބަ އޮތެވެ. އެއީ ތިބާ ﷲ ތަޢާލާއަށް އަޅުކަން ކުރަންވީ ހަމައެކަނި ތިބާ އެދޭ ކަމެއް ޙާޞިލުކުރަން ބޭނުންވުމަކުން ނޫނެވެ. ކޮންމެ ދުވަހަކުވެސް އަޅުކަން ކުރަން ޖެހޭނެއެވެ. އެކަން ކުރުންމަތީގައި ދެމިހުރެގެން ކަންކަމަށް އެދޭށެވެ. 

ނަމަވެސް ބައެއް މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ މިއުޅެނީ ޑޮލަރު ހިފައިގެން ނުވަތަ ކޭޝްކާޑު ހިފައިގެން ފިހާރައަކަށްވަދެ ވިޔަފާރި ކުރަން ކަމަށެވެ. ފައިސާ ދިނުމުން މުދައު ވަގުތުން ދޭންޖެހޭ އުޞޫލުން އަޅުކަން ހަމަ ކުރާއިރަށް ބޭނުންވެގެން އެދޭހައި ކަމެއް ފުދެން ޖެހޭނެ ކަމަށެވެ. 

މި ނުބައި ވިސްނުން އަވަހަށް ދޫކޮށްލާށެވެ! ކުރާ ކޮންމެ ދުޢާއެއް އިޖާބަ ކުރައްވަވާ ޙާލަތަށްވެސް ދެވޭނެއެވެ. ނަމަވެސް އެހިސާބަށް ކުރިއަށް ދެވޭނީ ލައްކަ ގިނަ މަސައްކަތްކޮށްގެންނެވެ. ހާދައި ބޮޑަކަށް އިޚްލާޞްތެރިވެގެންނެވެ. ހިތުގެ ތަޤްވާވެރިކަން ހާދަހައި ވަރުގަދަ ކުރެވިގެންނެވެ! ވީމާ އެކަންކަމަށް ގަދައަޅައި މަސައްކަތްކުރުންމަތީގައި ދެމިހުންނަ މީހާގެ ބޭނުންތައް އަބަދުވެސް ދާނީ ފުދެމުންނެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

އާރޓިކަލް ރޭޓްކުރައްވާ


11%
ވ.ރަނގަޅު
11%
ރަނގަޅު
22%
އޯކޭ
55%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް