އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެއްތަނުން އަނެއްތަނަށް ފައިސާ ގެންދިއުމުގައި ފުލުހުންގެ އެސް . ބީ . އައި އާއިއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފި

އެއްތަނުން އަނެއްތަނަށް ފައިސާ ގެންދިއުމުގައި ފުލުހުންގެ އެސް . ބީ . އައި އާއިއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 4 ސިކުންތު

އެއްތަނުން އަނެއްތަނަށް ފައިސާ ގެންދިއުމުގައި ފުލުހުންގެ ސެކިއުރިޓީ ދިނުމާއި ސްޓޭޓް ބެންކް އޮފް އިންޑިއާގެ އިމާރާތާއި އަދި އޭޓީއެމްގެ ސެކިއުރީޓީ ކަންކަން ބެލެހެއްޓުމާއި ދެފަރާތުގެ ރިސޯސް ޝެއަރ ކުރުމާއި މުވައްޒަފުން ތަމްރީނު ކުރުމާއި ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ސްޓޭޓް ބެންކް އޮފް އިންޑިއާ އާއިއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މިކަމަށްޓަކައި އިސްކަންދަރުކޮށި ކޮންފަރެންސް ރޫމްގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން މިފަހުމުނާމާގައި ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފެވެ. ސްޓޭޓް ބެންކް އޮފް އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ ކަންޓްރީ މެނޭޖަރ އެންޑް ސީއީއޯ އަމްރޭޝް މޯހަންއެވެ.

 

ދެފަރާތުގެ މެދުގައި މިވެވުނު އެއްބަސްވުމުގެ ދަށުން، އޭޓީއެމް ތަކަށް ފައިސާ ގެންދިއުމުގައި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި އަދި އެއްތަނުން އަނެއްތަންނަށް ފައިސާ ގެންދިއުމުގައި ބަލަންޖެހޭ ކަންތައްތަކުގެ މަޢުލޫމާތު ދިނުމުގެ އިތުރުން ފުލުހުންގެ ފަރާތުން ސެކިއުރިޓީ ދިނުމަށް ހަމަޖެހިފައިވެއެވެ. އަދި މުވައްޒަފުން ތަމްރީނު ކުރުމާއި ރިސޯސް ޝެއަރ ކުރުމުގައި އެއްބާރުލުން ލިބިގެންދާނެއެވެ.

ފަހުމުނާމާގައި ސޮއިކުރުމަށް އިއްޔެ ބޭއްވި މިރަސްމިއްޔާތުގައި ފުލުހުންގެ ސީނިއަރ އޮފިސަރުންނާއި އެސްބީއައިގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އައިޝަތު އަލީ