އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހުޅުމާލޭގަ އަލަށް ހެދި "ރަށު މާރުކޭޓު"ގެ ގޮޅިތައް ކުއްޔަށް ހިފަން ކުރިމަތިލުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލައިފި

ހުޅުމާލޭގަ އަލަށް ހެދި "ރަށު މާރުކޭޓު"ގެ ގޮޅިތައް ކުއްޔަށް ހިފަން ކުރިމަތިލުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 6 ސިކުންތު



ހުޅުމާލޭގަ އަލަށް ހެދި "ރަށު މާރުކޭޓު"ގެ ގޮޅިތައް ކުއްޔަށް ހިފަން ކުރިމަތިލުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލައިފި އެވެ.


މި މާރުކޭޓުގައި 57 ގޮޅި ހުންނައިރު އެއިގެ ތެރެއިން 37 ގޮޅި ޚާއްޞަކޮށްފައިވަނީ ތަރުކާރީއާއި މޭވާއާއި ކާބޯތަކެތީގެ ބާވަތްތަކަށެވެ. 20 ގޮޅި ޚާއްޞަކޮސްފައިވަނީ މަހުގެ ބާވަތްތަކަށެވެ. މާރުކޭޓުގެ ގޮޅިތައް ކުއްޔަށް ދޫކުރަން ހަމަޖެހިފައިވަނީ ދެ ބައަކަށެވެ. އެއީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކެވެ. މީގެ އިތުރުން ފުޑް ކޯޓްތައް ހިންގަންވެސް ޖާގަ ކުއްޔަށް ދޫކުރާނެއެވެ.



އެޗްޑީސީ އިން ބުނެފައިވަނީ މިކަމަށް އެދޭ ފޯމާއި މައުލޫމާތު ޝީޓް އެޑީސީ ކައުންޓަރުން ލިބެން ހުންނާނެ ކަމަށެވެ. އަދި ފޯމް ބަލައިގަންނާނީ މިމަހުގެ 25 ވަނަ ދުވަހުގެ ހެނދުނު 9.00 އިން މެންދުރު ފަހު 3.00 އަށް ކަމަށެވެ.


އެޗްޑީސީގެ އިޢުލާނު ވިދާޅުވުމަށް: https://hdc.com.mv/announcements/lease-market-stalls-rashu-maarukeytu-hulhumale/?fbclid=IwAR2O_k7I5ZvMTkB5cufXpxn2h-5xBY9-ZepO-zcxziZz05C_v9HOIjtky10

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް