އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޔޫރަޕާއި އެމެރިކާގެ ބައެއް ޤައުމުތަކުގައި ފޭސްބުކް، އިންސްޓަގްރާމް އަދި ވަޓްސްއެޕްގެ ޚިދުމަތް ކެނޑިއްޖެ

ޔޫރަޕާއި އެމެރިކާގެ ބައެއް ޤައުމުތަކުގައި ފޭސްބުކް، އިންސްޓަގްރާމް އަދި ވަޓްސްއެޕްގެ ޚިދުމަތް ކެނޑިއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 9 ސިކުންތު

ޔޫރަޕާއި އެމެރިކާގެ ބައެއް ޤައުމުތަކުގައި ފޭސްބުކް، އިންސްޓަގްރާމް އަދި ވަޓްސްއެޕްގެ ޚިދުމަތް ކެނޑިއްޖެއެވެ.

 

މީސްމީޑިއާގައި ބުނެފައިވާގޮތުގައި ފޭސްބުކް، އިންސްޓަގްރާމް، ވަޓްސްއަޕް އަދި ފޭސްބުކް މެސެންޖަރގެ ޚިދުމަތުގައި މައްސަލަޖެހެންފެށީ އިއްޔެއިން ފެށިގެންނެވެ. ނަމަވެސް ފޭސްބުކްގެ ޚިދުމަތް މިއަދު ހެނދުނު 06:30ން ފެށިގެން އެއްގޮތަކަށްވެސް ނުލިބޭކަމަށް ވަނީ ބުނެފައެވެ.

 

މިކަމުގެ ސަބަބުން ގިނަ ބަޔަކަށް ދަތިތަކާއި ކުރިމަތިލާންޖެހިފައިވާ އިރު، ޚާއްޞަކޮށް ފޭސްބުކްގެ ޚިދުމަތް މެދުކެނޑުމުން ގިނަބަޔަކު އަންނަނީ ޝަކުވާކުރަމުންނެވެ.

 

އެ މައްސަލަ ޙައްލުކުރުމަށް އަންނަީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ދިމާވެފައިވާ މައްސަލަ ދެނެގަނެ، ޙައްލުކުރުމަށް ނަގާނީ ކިހާ ވަގުތެއްކަމެއް ނޭނގޭކަމަށްވެސް މީސްމީޑިއާގައި ބުނެފައިވެއެވެ.

 

ޔޫރަޕާއި އެމެރިކާގައި ދުވާލަކު 1.5 ބިލިއަނަށްވުރެ ގިނަ މީހުން ފޭސްބުކް ބޭނުންކުރެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް