އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނަފްސާނީ ބަލިމަޑުކަން ސިއްރު ކުރެވިގެން ނުވާނެ: ހެލްތު މިނިސްޓަރ

ނަފްސާނީ ބަލިމަޑުކަން ސިއްރު ކުރެވިގެން ނުވާނެ: ހެލްތު މިނިސްޓަރ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 17 ސިކުންތު

ނަފުސާނީ ބަލިމަޑުކަމަކީ ސިއްރުކުރެވިގެން ވާނެ ކަމެއް ނޫން ކަމުގަައި ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

 

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދަތުކުގެ ތެރޭގައި ނަފްސާނީ ދުޅަހެޔޮ މުޖްތަމައެއް ބިނާ ކުރަން ކުރާ މަސައްކަތުގެ ދަށުން މިއަދު ފެށި"ނަފްސާނީ ދުޅަހެޔޮ ރާއްޖެ" ކެމްޕެއިން ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރު ވިދާޅުވީ، ނަފްސާނީ ބަލިމަޑުކަމަށް ހުށަހެޅުމުންދާހެން ހީވާ ފަރާތްތަށް އެކަން ސިއްރު ނުކޮށް އެހެން މީހުނާ އެކަން ހިއްސާ ކުރުން ރަނގަޅު ކަމަށެވެ.

 

މިނިސްޓަރ އަމީންގެ ވާހަކަފުޅުގައި ވިދާޅުވީ "ކިހިނެތްހޭ" އަހާލުމުން "ރަނގަޅޭ' އާއްމު ގޮތެއްގައި މީހުން ބުނެ އުޅޭ ކަމަށާއި ނަމަވެސް އެބުނާ "ރަނގަޅޭ" ގެ ފަހަތުގައިވާ ނަފްސާނީ ބަލިމަޑުކަމުގެ ވާހަކަ ހިއްސާ ކުރުމުގެ ޝައުގާއި ހިތްވަރު ނުހުންނަ ކަމަށެވެ.

 

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ، ނަފްސާނީ ބަލިމަޑުކަމުން އަރައިގަތުމަށް ދިރިއުޅުމުގެ އާދަަތައް ވަކި ތަރުތީބަކުން ގެންދަން ޖެހޭއިރު ބައްޔެގެ ސަބަބުންވެސް ނަފްސާނީ ބަލިމަޑުކަމާއި ކުރިމަތިލާން ޖެހި ދާނެ ކަމަށާއި އެހެންކަމުން ހުރިހާ އެންމަނަކީ ވެސް ސިއްހީ ގޮތުން މައުލޫމާތު މުއްސަނދި ބަޔަކަށްވާން ޖެހޭނެ ކަމަށެވެ.

 

"ނަފްސާނީ ދުޅަހެޔޮ ކެންޕެއިން" އަކީ ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށް ނަފްސާނީ ބަލިތަކަށް ހޭލުންތެރިކަން އިތުރުކުރުމަށް އެއް އަހަރު ދުވަހަށް ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ ކެންޕެއިން އެކެވެ. ނަފްސާނީ ބަލިތަކަށް ފަރުވާލިބޭނެ ޚާއްޞަ އިންތިޒާމުތައް ހަމަޖައްސައި ދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ވެސް ހިމެނޭ މުހިންމު ވަޢުދެކެވެ. މިގޮތުން ސަރުކާރުގެ ފުރަތަމަ މަސައްކަތު 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނިގެން ނެޝަނަލް މެންޓަލް ހެލްތު އިންސްޓިޓިއުޓް އުފައްދަވައި ނަފުސާނީ ބަލިތަކަށް އާސަންދައިގެ ދަށުން ޚިދުމަތް ލިބޭނެ ގޮތް މިހާރު ވަނީ ހަމަޖައްސަވައިފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ