އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖެއަށް ވާރޭ ނުވެހި ފެނަށް ޖެހުމަކީ ދައުލަތުގެ ވެރިން ކަންބޮޑުވާ ކަމަކަށް ނުވި!

ރާއްޖެއަށް ވާރޭ ނުވެހި ފެނަށް ޖެހުމަކީ ދައުލަތުގެ ވެރިން ކަންބޮޑުވާ ކަމަކަށް ނުވި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 18 ސިކުންތު

ރާއްޖެއަށް ވާރޭ ނުވެހި ފެނަށް ޖެހުމަކީ ދައުލަތުގެ ވެރިން ކަންބޮޑުވާ ކަމަކަށް ނުވިއެވެ. އެކަން އެނގިގެން ދިއައީ މަސްޖިދު މުޙައްމަދު ތަކުރުފާނުލްއަޢްޒަމްގައި މިއަދު ކުރި އިސްތިސްޤާ ނަމާދުގައި ދައުލަތުގެ ވަޒީރުންވެސް ހިމެނޭ ގޮތުން ދައުލަތުގެ ވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ފެނިފައި ނުވުމުންނެވެ.

 

     

 

ނަމާދަށްފަހު އެކަން ފާހަގަކޮށް ބައެއް މީހުން ބުނީ އިމާމުވެ ނަމާދުކުރުމާއި އިސްވެ ދުޢާ ކުރުމަކީ ދީނީ ޢިލްމުވެރިންނަށް ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެއް ނަމަވެސް މުޅި ރާއްޖެއަށް މިފަދަ މުޞީބާތެއް ކުރިމަތިވެގެން ކުރެވޭ މިފަދަ މުހިންމު ނަމާދެއްގައި ދައުލަތުގެ ވެރިން ބައިވެރިވެވަޑައިގެން ދުޢާ ނުކުރެއްވެވުމަކީ ހިތާމަކުރަންޖެހޭ ކަމެއް ކަމަށެވެ.

"ބިޒީކޮށް އުޅުއްވަމުންވެސް ލަންޗް ބްރޭކް ވެސް ނަންގަވާ. އެކަމަކު ބޮޑު ޖަމާއަތުގައި ކުރެވުނު މިފަދަ މުހިންމު ނަމާދަކަށް ވަޑައެއް ނުގެންނެވުނު. މިއީ ވަރަށް ހިތާމަހުރި ކަމެއް."

 

"ހުކުރު ދުވަހު ވިދާޅުވެދާނެ ގޭދޮށު މިސްކިތުގަ ކޮށްލީ ކަމަށް. ދަތުރަކު ގޮސް ހުރީ ކަމަށް. އެކަމަކު އިސްތިސްޤާ ނަމާދު މާލޭގެ ދެވަނަ ތަނެއްގައި ނުކުރޭ ދެއްތޯ؟" ބައެއް މީހުން ސުވާލު ކުރިއެވެ.

 

މެންދުރު ނަމާދު ވަގުތަކީ ބެލެނިވެރިން ސްކޫލްތަކަށް ކުދިން އުފުލަންޖެހޭ ވަގުތު ކަމަށް ބަލާއިރު ނަމާދުގައި ގިނަ އަދަދެއްގެ ޢާންމުން ބައިވެރިވިކަން ފާހަގަ ކުރެވުނެވެ. ޓައީ އަޅައިގެން ތިބި ބައެއް މީހުން ފެނުނުކަންވެސް ފާހަގަކުރެވުނެވެ.

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް