އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބައެއް މީހުން ޖަލުން ދޫކޮށްލުމުގައި ކޮރަޕްޝަން އެކުލެވިގެންވޭ: ކޮމިޝަން

ބައެއް މީހުން ޖަލުން ދޫކޮށްލުމުގައި ކޮރަޕްޝަން އެކުލެވިގެންވޭ: ކޮމިޝަން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 45 ސިކުންތު

ޖަލުތަކުން މީހުން މިނިވަންވެގެން ދިއުމުގައާއި ޖަލުތަކުން ދެވޭ ބައެއް ހިދުމަތްތަކުގައި ތެރޭގައި ކޮރަޕްޝަނަށް އެކުލެވޭ ކަމަށް ޕްރިޒަންސް އޮޑިޓް ކޮމިޝަނުން މިއަދު ބުނެފި އެވެ.

 

ޖަލުތަކުގެ ހާލަތު ދެނެގަތުމަށް އެކުލަވާލާފައިވާ ޕްރިޒަންސް އޮޑިޓް ކޮމިޝަނުން އެކުލަވާލި ރިޕޯޓް މިނިސްޓަރ އޮފް ހޯމް އެފެއާޒް އަބްދުﷲ އިމްރާން އަށް މިއަދު ވަނީ ހުށަހަޅާފަ އެވެ.

 

މި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެކޮމިޝަންގެ މެންބަރު އަހުމަދު މުހައްމަދުފުޅު ވިދާޅުވީ، ރިޕޯޓް އެކުލަވާލުމުގައި ބަލާފައިވަނީ ގާނޫނުތަކާއި ގަވާއިދުތަކާއި ބައިނަލްއަގުވާމީ ބައެއް މުއާހަދާތަކާއި މިނިވަން މުއައްސަސާތަކާއި ދައުލަތުން ގުޅިގެން ހުށަހަޅާފައިވާ ބައެއް ބައިނަލް އަގުވާމީ ރިޕޯޓްތަކަށް ކަމަށެވެ.

 

މެމްބަރު އަހުމަދު ވިދާޅުވި ގޮތުގައި މިރިޕޯޓް އެކުލަވާލުމަށް ލިބިގެންދިޔައީ 75 ދުވަހެވެ. އަދި މިރިޕޯޓްގެ މަސައްކަތް އެއްކޮށް ނިންމާލެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

 

"މި ރިޕޯޓްގައި ކޮމިޝަންގެ ހޯދުންތަކުގެ މައްޗަށް 182 ހުށަހެޅުމެއް ޖަލުތައް ރިފޯމް ކުރުމަށާއި ޖަލުތަކުގެ ހާލަތު އިތުރަށް ތަރައްގީ ކުރުމަށްޓަކައި ކޮމިޝަންގެ ފަރާތުން ހުށަހަޅާފައިވާނެ،" އަހުމަދު މުހައްމަދު ވިދާޅުވި އެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ