އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

3 އަހަރުގެ ދަރިފުޅު ފޯނުން ބަރަހަނާ ފިލްމް ބެލުމުން ތައުބާވާނެގޮތާއިމެދު ބެލެނިވެރިޔާ ސުވާލުކޮށްފި!: މުފްތީ މެންކް

3 އަހަރުގެ ދަރިފުޅު ފޯނުން ބަރަހަނާ ފިލްމް ބެލުމުން ތައުބާވާނެގޮތާއިމެދު ބެލެނިވެރިޔާ ސުވާލުކޮށްފި!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 42 ސިކުންތު

އެންމެ 3 އަހަރުގެ ދަރިފުޅު މަންމަ/ބައްޕަގެ ފޯނުން ބަރަހަނާ ފިލްމް ބެލުމުން ތައުބާވާނެގޮތާއިމެދު ސުވާލުކޮށްފިއެވެ. މިއީ މިއަދު އަހަރެމެންގެ މެދުގައި ކަންކަން ހުރި ޙާލަތެވެ. މި ދައްކަނީ އެންމެ 3 އަހަރުގެ ތުއްތު ކުއްޖެއްގެ ވާހަކައެވެ. އޭނާގެ މަންމަ/ބައްޕަގެ ފޯނުން އަމިއްލައަށް ބަރަހަނާ ފިލްމުބެލުމުން މައިން ބަފައިން ތައުބާވުމުގެ ވާހަކައެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. މިހިސާބަށް މިކަންކަން މިދިއައީ ކީއްވެގެން ހެއްޔެވެ؟ މިފަދަ ކަންކަމުގައި މައިން ބަފައިންގެ ޒިންމާ ކޮބައިހެއްޔެވެ؟ އެބަ އަދާ ކުރެވޭ ހެއްޔެވެ؟ ކުއްޖާ އެ ފިލްމެއް އެބެލީ އަމިއްލައަށް ޑައުންލޯޑްވެސް ކޮށްގެން ހެއްޔެވެ؟ ނޫން ނަމަ ބެލީ ޑައުންލޯޑް ކޮށްފައި ހުރި ފިލްމުހެއްޔެވެ؟ މިހިރީ ހަމަ އުފެދޭ ސުވާލުތަކެވެ.

ޤަބޫލު ކުރި ނަމަވެސް އަދި ނުކުރި ނަމަވެސް އަހަރެމެންނަށްވުރެ އަހަރެމެންގެ ފޯނަށް  އަހަރެމެންގެ 3 އަހަރުގެ ދަރިން މިހާރު މާފަރިތައެވެ. މާ ކުޅަދާނައެވެ. ވީމާ ތައުބާވުމަށްޓަކައި ފުރަތަމަ ކަމެއްގެ ގޮތުން ކުރަންޖެހޭ ކަމަކީ އަހަރެމެންގެ ތެރެއިން އެއްވެސް މީހެއްގެ ފޯނުގައި އެފަދަ ކްލިޕެއް އިންނަމަ ވަގުތުން ޑިލީޓް ކުރުމެވެ. ވީމާ ފުރަތަމަ ކަމެއްގެ ގޮތުން މި ބައްދަލުވުމުގައި ބައިވެރިވާ އެންމެން ﷲ ގަންދީ ގަންދީ ހުވާކުރަންވީ އެމީހެއްގެ ފޯނުގައި އެފަދަ ކްލިޕެއް އިންނަމަ ޑިލީޓް ކުރުމަށެވެ. އަދި އެފަދަ އެންމެހައި ކަންކަމުން ދުރުހެލިވެ ތިބުމަށެވެ.

ނިކަން ވިސްނައިބަލާށެވެ. އަހަރެމެންގެ ދަރިންނަކީ އަޚްލާޤީ ގޮތުން ރަނގަޅު، ދީންވެރި ތަޤްވާވެރި، ﷲ ތަޢާލާއަށް ބިރުވެތިވާ ދަރިންނަށް ހަދަން ކޮންމެ ބެލެނިވެރިއަކުވެސް ބޭނުންވާނެއެވެ. އެހެންކަމަށްވާއިރު އަހަރެމެން އިޞްލާޙްނުވެ ދަރިން އިޞްލާޙްވުމަށް އެދުމަކީ ކޮންފަދަ ބޮޑު މޮޔަކަމެއް ހެއްޔެވެ؟ އެއީ ކިހިނަކުން ކުރެވޭނެ ކަމެއް ހެއްޔެވެ؟ 

ނިކަން އަމިއްލައަށް ލަދުގެންބަލާށެވެ! ކުޑަކުދިން އީމޭލްކޮށްފައި އެބަ ސުވާލުކުރެއެވެ. އަހަރެންގެ މަންމަ ނޫނީ ބައްޕަ ފޯނުން ނޫނީ އެނޫންވެސް ޑީވައިސްއަކުން މިވެނި އެވެނި ޙަރާމް ކަންކަން އެބަ ކުރެއެވެ. އެކަންކަން ކުރާތަން ފެނުމުން މަންމަ/ބައްޕައިގެ މޫނުމަތީގާ އެތިފަހަރެއް ޖެހިއްޔާ އަހަރެން ފާފަވެރިވާނެ ހެއްޔެވެ؟ 

ނިކަން ވިސްނައިބަލާށެވެ! ކޮންމެ ކުއްޖަކުވެސް ދުނިޔެއަށް އުފަންވަނީ އެކުދިންގެ ހިތުގައި މައިންބަފައިންނަށް ލޯތްބާއި އިޙްތިރާމް އޮވެގެންނެވެ. އެ ލޯތްބާއި އިޙްތިރާމަ ނަގާލަނީ ހަމަ މައިންބަފައިންނެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

 

 

 

އާރޓިކަލް ރޭޓްކުރައްވާ


39%
ވ.ރަނގަޅު
15%
ރަނގަޅު
28%
އޯކޭ
15%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު