އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ޖަޕާނު ސަރުކާރުން ދެ މިލިއަން ޑޮލަރުގެ އަގުހުރި ހަދިޔާ ދިވެހި ފުލުހުންނަށް

ޖަޕާނު ސަރުކާރުން ދެ މިލިއަން ޑޮލަރުގެ އަގުހުރި ހަދިޔާ ދިވެހި ފުލުހުންނަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 56 ސިކުންތު

ޖަޕާނު ސަރުކާރުން ދިވެހި ފުލުހުންނަށް ދެ މިލިއަން ޑޮލަރުގެ އަގުހުރި ތަކެތި ހަދިޔާ ކޮށްފިއެވެ.

މިތަކެތި ހަދިޔާކޮށްފައިވަނީ މިކަމަށްޓަކައި މިއަދު ޖުމްހޫރީ މައިދާނުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މިރަސްމިއްޔާތު ޝަރަފުވެރި މެހުމާން ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު މިރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި، ދިވެހި ރައްޔިތުންގެ ސަލާމަތްތެރިކަމަށް ޖަޕާނު ސަރުކާރުން ވެދެއްވި މި އެހީތެރިކަމަކީ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށް ދިވެހި ސަރުކާރު ކުރަމުންގެންދާ މަސައްކަތްތަކަށް ޖަޕާން ސަރުކާރުން އިސްކަންދޭކަމުގެ މިސާލެއްކަމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ޤާއިމް ކުރުމަށް ދިވެހި ސަރުކާރުން ކުރާ މަަސައްކަތުގައި ޖަޕާނު ސަރުކާރުން ވެދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައިވެއެވެ.

 

މިރަސްމިއްޔާތުގައި، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ދެއްކެވި ވާހަކަފުޅުގައި ޖަޕާން ސަރުކާރުން ދިވެހި ފުލުހުންނަށް ހަދިޔާކުރި މިވަސީލަތްތައް މުޅި ރާއްޖެއަށް ބަހާލައިގެން ބޭނުންކުރާނެކަމަށާއި ޚާއްޞަކޮށް ނުރައްކާތެރި ހާލަތްތަކުގައި ބޭނުންކުރައްވާނެކަމަށް ވިދާޅުވިއެވެ. އަދި  ޖަޕާން ސަރުކާރާއި ދިވެހި ފުލުހުންނާއި  ދެމެދު މިހާރުވެސް އޮތް ގާތްކަން ބާއްވާނޭކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް މިގުޅުން ދެމެހެއްޓުމަށް މަަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި، ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނައީ ދެއްކެވި ވާހަކަފުޅުގައި ދިވެހި ފުލުހުންނާއި ހަވާލުކުރެވުނު މި ވަސީލަތްތަކުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފައި، ރާއްޖޭގެ އަމަން އަމާންކަން ޤާއިމްކުރުމަށް ކުރަމުންދާ މަސައްކަތުގައި މި ވަސީލަތްތަކުގެ ބޭނުން އޭގެ އެންމެ ހެޔޮގޮތުގައި ހިފާނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ. އަދި މި ވަސީލަތްތައް ދިގު މުއްދަތެއްގައި ބޭނުންކުރުމަށްޓަކައި ފަރުވާތެރިކަމާއެކު ބަލަހައްޓާނެކަމަށް އުއްމީދުކުރައްވާކަމަށްވެސް ވިދާޅުވިއެވެ.

 

ޖަޕާނު ސަރުކާރުން ދިވެހި ފުލުހުންނަށް ހަދިޔާކުރި މި ވަސީލަތްތަކުގެ ތެރޭގައި، ފުލުހުންގެ އޮޕަރޭޝަންސްތަކުގައާއި ޕެޓްރޯލްކުރުމުގައި ބޭނުންކުރާނެ ކަނޑު އުޅަނދާއި އެއްގަމު އުޅަނދުގެ އިތުރުން އެހެނިހެން ތަކެތި ހިމެނެއެވެ

މިރަސްމިއްޔާތުގައި، ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދާއި، ދާޚިލީ ވަޒީރު އައްޝެއިޚް އިމްރާން ޢަބްދުﷲ އާއި، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފާއި އަދި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނައީގެ އިތުރުން ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުން ބައިވެރިވެލެއްވިއެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އައިޝަތު އަލީ