އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބާރެއް ލިބޭއިރަށް މުހިންމީ އުޞޫލްތަކާ ނިޒާމް ބަދަލުކުރުމެއް ނޫން!- އިޚްލާޞްތެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތް ކުރުން!: ޢަލީ ޙުސައިން

ބާރެއް ލިބޭއިރަށް މުހިންމީ އުޞޫލްތަކާ ނިޒާމް ބަދަލުކުރުމެއް ނޫން!- އިޚްލާޞްތެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތް ކުރުން!: ޢަލީ ޙުސައިން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 30 ސިކުންތު

ބާރެއް ލިބޭއިރަށް މުހިންމީ އުޞޫލްތަކާއި ނިޒާމް ބަދަލުކުރުމެއް ނޫން ކަމަށާއި މުހިންމީ އިޚްލާޞްތެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތް ކުރުން ކަމަށް ކެންދޫ ދާއިރާގެ މެންބަރު، ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.

ޢަލީ ޙުސައިން ރޭ ވިދާޅުވީ ވެރިކަމުގައި ހުރީ ޑިކްޓޭޓަރެއް ނަމަވެސް ވައްކަން ނުކޮށް އަދުލުވެރިކަމާއިއެކު ރައްޔިތުންނަށް ޚިދުމަތް ކުރާ ނަމަ ރައްޔިތުން ތިބޭނީ އުފަލުން ކަމަށާއި ރައްޔިތުންގެ ބޭނުންތައް ދާނީ ފުއްދައި ދެވެމުން ކަމަށެވެ. އަދި ދައުލަތް ހިންގާ ނިޒާމަށް ބަދަލު ގެންނަނަމަ އެކަން ކުރަންޖެހޭނީ ދުރާލައި ތައްޔާރުވެ މިހާރު ހިނގަމުންދާ ނިޒާމަށް އެއްވެސް ބުރުލެއް ނުއަރާނެ ގޮތަކަށް ކަމަށެވެ. އަދި އެކަމަށް ރައްޔިތުންގެ ތާއީދާއި ރުހުން ވެސް ބޭނުންވާނެ ކަމަށެވެ.

ވައްކަން ކުރުމާއި އަނިޔާވެރިކަމާއި ދެކޮޅަށް އަބަދުވެސް ވަކާލާތު ކުރައްވާ ޢަލީ ޙޫސައިން ވިދާޅުވީ ކޮންމެ ނިޒާމަކުން ވެރިކަން ކުރިނަމަވެސް ވެރިކަން ކުރަން ޖެހޭނީ ވައްކަން ނުކޮށް، އަދުލުވެރިކަމާއިއެކުގައި ކަމަށެވެ. ރާއްޖޭގައި މިހާރު މިއޮތް ނިޒާމުގެ ތެރެއިން ވެސް އެގޮތަށް ވެރިކަން ކުރަން އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

ޢަލީ ޙުސައިން ވިދާޅުވީ ނިމިގެން ދިއަ މަޖިލިސް އިންތިޚާބުގައި ވެސް ކޯލިޝަނުން އެންމެން ގުޅިގެން ކުރިޔަށްދިއަ ނަމަ ގައުމުގެ މަސްލަހަތު ދެމިއޮތީސް ކަމަށާއި މި ސަރުކާރު ގެނައީ ކޯލިޝަނަކުން ގުޅިގެން ކުރި ބުރަ މަސައްކަތުން ކަމަށެވެ. އަދި ރައްޔިތުން ވޯޓު ދިނީވެސް ވަކި ޕާޓީއަކަށް ނޫން ކަމަށާއި ވޯޓު ދިނީ ކޯލިޝަނަށް ކަމަށެވެ. "މަޖިލިސް އިންތިޚާބަށް ވެސް ރިޔާސީ އިންތިޚާބަށް ކޯލިޝަން ޕާޓީތަކުން ގުޅިގެން މަސައްކަތް ކުރިހެން މަސައްކަތް ކުރިނަމަ ގައުމުގެ މަސްލަހަތު މިހާރަށްވުރެ ރަގަޅު ވާނެ."

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކޯލިޝަންގެ ޕާޓީތަކުން އެކުގައި ވާދަކުރުމާ ގުޅޭ ގޮތުން އެއްބަސްވުމެއް އެކުލަވާލެވުނު ކަމަށާއި ނަމަވެސް ޕާޓީތަކުން ވަކިން ވާދަކުރަން ޖެހުމަކީ އެއްބަސްވުމާ ޚިލާފަށް ހިނގައިދިއަ ކަމެއް ކަމަށާއި އެއްބަސްވުމާ ޚިލާފަށް އެމްޑީޕީން ވަކި ޕާޓީއެއްގެ ގޮތުގައި މަޖިލީހަށް ވާދަކުރަން ނިންމި ނަމަވެސް އެއީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބޭނުންފުޅުވި ގޮތް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ވެސް އަލީ ހުސައިން ވިދާޅުވިއެވެ.

"އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ރައްޔިތުން ހަގީގަތުގައި ދެކެން ބޭނުންވާ މަންޒަރަކީ ހުރިހާ ޕާޓީއަކުން ވެސް ގުޅިގެން އިސްލާހީ މަސައްކަތުގައި ކުރިއަށްދާ މަންޒަރު." ކަމަށް ވިދާޅުވެ އެކަމުގެ ހެކި ދައްކަވަމުން ޢަލީ ޙުސައިން ވިދާޅުވީ "2018 ވަނަ ގައި ކަމަށްވިޔަސް، މީގެ ކުރިން 2013 އަށް ބެލިކަމުގައިވިޔަސް، އަދި 2008 އަކަށް ބެއްޔަސް ރިޔާސީ އިންތިހާބުގައި އެކުގައި މަސައްކަތްކޮށްފައި ދެން ވަކި ހިސާބަކުން އެ ސިޔާސީ ޕާޓީތަކުގެ ކޯޅުންތައް ބޮޑުވެގެން ވަކިވަކިން މިދަނީ.

އެހެންނަމަވެސް ކޮންމެ ފަހަރަކު ވެސް ރައްޔިތުން ވޯޓު ދެނީ ކޯލިޝަން ސަރުކާރެއް ގެނައުމަށް. އެހެންވީމާ ގައުމުގެ ހަމަޖެހުމާއި އަމާންކަން ދެމެހެއްޓުމަށްޓަކައި ނުވަތަ ސަރުކާރަކާ ދޭތެރޭގައި ރައްޔިތުންގެ އޮންނަ ސީދާ ސަތޭކަ ޕަސެންޓް އިތުބާރަށް ރަނގަޅު ފޯމިއުލާއެއް އެއީ އެކުގައި އަޅުގަނޑުމެންނަށް ވާދަކުރެވުން." ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް