އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޓީއެފްޖީ ލޯންގރަންގެ މިއަހަރުގެ ދުވުން ބާއްވައިފި

ޓީއެފްޖީ ލޯންގރަންގެ މިއަހަރުގެ ދުވުން ބާއްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 51 ސިކުންތު

ޓޯޓަލް ފިޓްނެސް ގްރޫޕު (ޓީއެފްޖީ) އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 'ރަން އިން މޯލްޑިވްސް' ސިލްސިލާގެ ދަށުން ބާއްވަމުން އަންނަ ދުވުމުގެ ރަސްމީ އިވެންޓު މިއަދު ހެނދުނު ބާއްވައިފިއެވެ.

ހުޅުމާލޭގައި ބޭއްވި މި ދުވުމުގައިވެސް ފުލް މެރަތަން، ހާފު މެރަތަން، 10 ކިލޯމީޓަރު އަދި 5 ކިލޯމީޓަރުގެ ދުވުން ވަނީ ހިމަނާފައެވެ.

ފުލް މެރަތަން ގިންތީން ދިވެހިންގެ ތެރެއިން 1 ވަނަ އަދި ގިންތީގެ ދެވަނަ އެތްލެޓިކްސް އެސޯސިއޭޝަންގެ އެސިސްޓެންޓް ކޯޗު އަދި ބީބީ ރަނަރސްގެ ހެޑް ކޯޗް އަޙްމަދު ނިޒާމްއެވެ. އޭނާ ދުވުން ނިންމާފައިވަނީ 03:10:24 އިންނެވެ.

މިއަދުގެ ދުވުމުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފަޒުނާ އަޙްމަދުވެސް ވަނީ ދުވެވަޑައިގެންފައެވެ.

ގިނަ ޢަދަދއްގެ ދުވުންތެރިން ކޮންމެއަހަރަކުވެސް ބައިވެރިވާ މި ދުވުމުގައި މިއަހަރުވެސް ވަނީ ގިނަ ބަޔަކު ބައިވެރިވެފައެވެ. އޭގެތެރޭގައި ދެޖިންސުގެ މީހުންނާއި ކުޑަކުދިންވެސް ހިމެނެއެވެ.

'ރަން އިން މޯލްޑިވްސް ސީރީސް'ގެ ސިލްސިލާގެ ރަސްމީ އިވެންޓުގެ ފުލް މެރެތަން (42 ކިލޯމީޓަރ) ގެ ދުވުން ފެށީ ދަންވަރު 02:20ގައެވެ. ހާފު މެރަތަން ފަތިހު 05:20 ގައި ފެށި އިރު، 10 ކިލޯމީޓަރުގެ ދުވުން ފަށާފައިވަނީ 06:20ގައެވެ. އަދި 5 ކިލޯމީޓަތުގެ ދުވުން ފެށި 07:20ގައެވެ.

ޓީއެފްޖީ އިން އަންނަނީ މާލެސިޓީ އާއި އައްޑޫސިޓީ އާއި ހައްދުންމަތީގައި މި ސިލްސިލާގެ ދުވުންތައް ބާއްވަމުންނެވެ. 

މީގެއިތުރުން ކަނބަލުންނަށް ޚާއްޞަކޮށްގެން 'ރަނިންރަން'ގެ ނަމުގައިވެސް ދުވުމެއް ފަށާފައިވާ އިރު، ބޮޑުހާފުގެ ނަމުގައިވެސްއަންނަނީ ތަފާތު ދުވުމެއް ބާއްވަމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް