އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދެމަފިރިން ސަމާލުކަން ދީފިނަމަ އަބަދުވެސް ހިނިތުންވެގެން ތިބެވިދާނެ ކަމެއް ބުނެދެން ހެއްޔެވެ؟: މުފްތީ މެންކް

ދެމަފިރިން ސަމާލުކަން ދީފިނަމަ އަބަދުވެސް ހިނިތުންވެގެން ތިބެވިދާނެ ކަމެއް ބުނެދެން ހެއްޔެވެ؟: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 32 ސިކުންތު

ދެމަފިރިންގެ މެދުގައި ދެކެވޭ ވާހަކަތަކުގައި އެކަކު އަނެކަކަށް ތަޢްރީފް ނުކުރެވޭނަމަ އެއީ ވަރަށް ބޮޑު މައްސލައެކެވެ. މިސާލަކަށް ކޮންމެވެސް އެހެން ދެމަފިރިއެއްގެ ވާހަކަ ދައްކައި އެމީހުންނަށް ތަޢްރީފް ކުރަމުން ގޮސް އެމީހާގެ އަނބި މީހާ ފިރިމީހާއަށް ކަންތައް ކޮށްދޭ ގޮތް ނިކަން ބުނެބަލާށެވެ އެބަ ބުނެއެވެ. އެހާލަތުގައި ބަލަންވީ ކޮން ކަމެއް ކޮށްދޭ ގޮތްތޯ އެބަ ސުވާލުކުރެއެވެ. އެ ސުވާލު ކޮށްލުމަށްފަހު ނިންމައިލާކަމާއިމެދު ޝުކުރުވެރިވާށެވެ. އެހެން މީހަކު ނަމަ މޫނުމަތީގައި ތަފާއްޔެއް ޖެހުން ގާތެވެ. 

މިފަދަ ގޮތްތައް މެދުވެރިވަނީ ތިމާއަށް އަނބިމީހާ ކޮށްދޭ ކަންކަމާއިމެދު ޝުކުރުވެރި ނުވެވޭތީއެވެ. އެއީ ރަނގަޅު ގޮތެއް ނޫނެވެ. ފުރަތަމަ ޝުކުރުވެރިވާންޖެހޭނީ ތިމާއަށް ތިމާގެ އަނބިމީހާ ކޮށްދޭ ކަންކަމަށެވެ. ކޮންމެ ގޮތަކުން ކައިވެނި ކުރެވިފައިވީނަމަވެސް ކައިވެނި ކުރެވުމަށްފަހު އަނބިމީހާއަކީ ތިބާއަށް ﷲ ތަޢާލާ މިންވަރު ކުރެއްވެވި ބައިވެރިޔާ ކަމާއި ދިރިއުޅެން ޖެހޭނީ އަނބިމީހާ އާއިއެކުގައިކަން ޤަބޫލުކުރަންވާނެއެވެ. 

މީގެ އިތުރުން މާދުރުގައި ތިބޭ ބައަކު ކުރާ ކަންކަން ފާހަގަކޮށް ޝުކުރުވެރިވެ ތަޢްރީފް ކުރުމުގެ ބަދަލުގައި އަބަދުވެސް ފުރަތަމަ ޝުކުރުވެރިވާން ޖެހޭނީވެސް ތަޢްރީފްކުރަން ޖެހޭނީ ވެސް ތިމާގެ ގާތުގައި ތިބި ބައަކަށެވެ. އެހެނީ ތިބާއަށް ކަންކަން ކޮށްދީ އެހީތެރިވާނީ ގާތުގައި ތިބި ބައަކު ކަމަށްވާތީއެވެ. ވީމާ ގާތުގައި ތިބި ބައެއްގެ ރުހުމާއި ލޯބި ހޯދަން އަބަދުވެސް މަސައްކަތްކުރަންވާނެއެވެ. 

ހަމަ އެއާއިއެކު ވިސްނައިލަން ޖެހޭނެ ވަރަށް މުހިންމު ކަމެކެވެ. އެއްވެސް ދެމަފިރިއެއްގެ ހުރިހާ ކަމެއް އެންމެންނަކަށް ނުފެންނާނެއެވެ. ފެންނާނީ ދެއްކި މިންވަރެކެވެ. ވީމާ އެހެން ދެމަފިރިއަކު ވަރަށް ރަނގަޅަށް ކުރިކަމެއް ފެނިގެން އެހައިވަރަށް ތައްރީފްކުރާއިރު އެދެމަފިރިންގެ މެދުގައި ތިމާމެން ދެމަފިރިންނަށްވުރެ ގޯސްކޮށް ހިނގަނީ ކިތައް ކަންތައްކަން އެނގޭނީ ކިހިނަކުން ހެއްޔެވެ؟ 

މިހާލަތުގައި އަނބިމީހާވެސް ހަމަ މިކަންކަމަށް ސަމާލުކަން ދޭން ޖެހޭނެއެވެ. ފިރިމީހާއަށް ތަޢްރީފްކޮށް ޝުކުރުވެރިވުމުގައި ދެމިހުންނަންވާނެއެވެ. ފިރިމީހާ ކޮށްދޭ ކަންކަން އަބަދުވެސް ފާހަގަކުރަން ވާނެއެވެ. 

މިޙާލަތު މިގޮތަށް މެދުވެރިވަނީ އަނބިމީހާ ކަމަށްވުމުން ނުވަތަ ފިރިމީހާ ކަމަށްވުމުން ދެކެވޭ ގޮތުގެ މައްސަލައަކުންނެވެ. ކަންކަން ކޮށްދެނީ ކޮށްދޭން ޖެހޭނެތީ ކަމަށް ޤަބޫލުކުރެވޭތީއެވެ. ވިސްނައިލަން ޖެހޭނެ ކަމަކީ ކޮށްދޭން ޖެހޭ މީހަކު ކޮށްދޭން ޖެހިގެން ކަމެއް ކޮށްދިން ނަމަވެސް އެކަމެއް ރަނގަޅު ގޮތުގައި ކޮށްދީފިނަމަ އެކަމަކަށްޓަކައި ޝުކުރުވެރިވާން ޖެހޭނެ ކަމެވެ. 

މިސާލަކަށް އަނބިމީހާއަށް ހެދުން ހޯދައިދޭން ޖެހޭނެއެވެ. ކިތަންމެ ދަށް ފޭރާމަކުން ހޯދައިދިން ނަމަވެސް ވާނީ ހަމަ ހެދުން ހޯދައިދިން ކަމަށެވެ. ކާންދޭން ޖެހޭނެއެވެ. ކިތަންމެ ޢާދައިގެ ކެއުމެއް ކާން ދިން ނަމަވެސް ވާނީ ހަމަ ކާންދިން ކަމަށެވެ. އެއިގެ ބަދަލުގައި ފޯރުންތެރިކަން ހުރިވަރަކުން ރަނގަޅު ގޮތުގައި މިކަންކަން ވެސް ކޮށްދޭނަމަ ޝުކުރުވެރިވުން އިތުރުކުރަން ޖެހޭނެއެވެ. 

އުފާވެރި ދިރިއުޅުމަކަށް އެދޭނަމަ މިކަންކަމަށް ސަމާލުކަން ދިނުން އިތުރުކުރަން ޖެހޭނެއެވެ. އެއިރުން އަބަދުވެސް ހިނިތުންވެގެން ތިބެވިދާނެއެވެ. ޝުކުރުވެރިވުމަކީ އިސްލާމް ދީނުގައި ކުރަން އޮތް އެންމެ މުހިންމު އެއް ކަންތަކެވެ. އިސްލާމް ދީނުގައި ސާބިތުވެ ހުރެވޭނީވެސް ﷲ ތަޢާލާއަށް ޝުކުރުވެރިވާ މީހަކަށެވެ. ދެމަފިރިންނަށް އުފަލުން އެކުގައި އުޅެވޭނީ ވެސް ހަމަ އެކަކު އަނެކަކަށް ޙައްޤު ޝުކުރު އަދާކޮށްގެންނެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް