އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އޯޔޫއެމް އަދި ވިލާ ކޮލެޖް ކޮންވޮކޭޝަނުން 309 ދަރިވަރުން ދަސްވެނި ވެއްޖެ

އޯޔޫއެމް އަދި ވިލާ ކޮލެޖް ކޮންވޮކޭޝަނުން 309 ދަރިވަރުން ދަސްވެނި ވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 1 ސިކުންތު

ވިލާ ކޮލެޖުގެ އަމިއްލަ ޕްރޮގްރާމްތަކާއި، ވިލާ ކޮލެޖުގައި ހިންގި އޯޕަން ޔުނިވަރސިޓީ މެލޭޝިއާގެ (އޯ.ޔޫ.އެމް) ޕްރޮގްރާމްތަކުން 309 ދަރިވަރުން ދަސްވެނި ވެއްޖެއެވެ. 

ވިލާ ކޮލެޖު ހޯލްގައި ތިން ސެޝަންއަކަށް ބަހާލައިގެން ކުރިއަށް ގެންގިއަ މި ގްރެޖުއޭޝަން ހަފްލާގައި ފުރަތަމަ ސެޝަންގައި ދަސްވެނިވީ ވިލާ ކޮލެޖުގައި ހިންގުނު އޯ.ޔޫ.އެމް ޕްރޮގްރާމްތައް ނިންމި 77 ދަރިވަރުންނެވެ. އެއިގެތޭރޭގައި މާސްޓަރ އޮފް ބިސްނަސް އެޑްމިނިސްޓްރޭޝަން، ބެޗްލަރ އޮފް އެކައުންޓިންގ ވިތް އޮނަރސް، ބެޗްލަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ވިތް އޮނަރސް، ބެޗްލަރ އޮފް ހިއުމަން ރިސޯސް މެނޭޖްމަންޓް ވިތް އޮނަރސް،  މާސްޓަރސް އޮފް އެޑިއުކޭޝަން، ބެޗްލަރ އޮފް އެޑިއުކޭޝަން (މެތެމެޓިކްސް) ވިތް އޮނަރސް، ބެޗްލަރ އޮފް އެޑިއުކޭޝަން (ޓީޗިން އިންގްލިޝް އެސް އަ ސެކަންޑް ލެންގުއޭޖް) ވިތް އޮނަރސް އަދި ބެޗްލަރ އޮފް އިންފޮރމޭޝަން ޓެކްނޮލޮޖީ ވިތް އޮނަރސް ނިންމި ދަރިވަރުން ހިމެނެއެވެ. 

ހެނދުނު ދަންފަޅިގައި ކޮނެވޮކޭޝަން ގައި މަރުހަބާ ދެންނެވުމުގެ ގޮތުން ވާހަކަ ފުޅު ދެއްކެވީ ވިލާ ކޮލެޖުގެ ރެކްޓަރ ޑޮކްޓަރ އަހުމަދު އަންވަރެވެ. އެއަށް ފަހު އޮތި ހަފްލާގެ މަޤްސަދު އިއްވައިދެއްވުމެވެ. މި އައިޓަމް ފުރިހަމަކޮށްދެއްވީ އޯޕަސް ޔުނިވަރސިޓީ މެލޭޝިއާގެ ވައިސް ޕްރެޒިޑެންޓ (އެކަޑެމިކް) ޑރ. ވިދާދު އޮޘްމާނެވެ. 

އެއަށް ފަހު މި ކޮންވޮކޭޝަން ހުޅުއްވައި ދެއްވީ އޯޕަސް ޔުނިވަރސިޓީ މެލޭޝިއާގެ ވައިސް ޗާންސެލަރ ޕްރޮފެސަރ ދާތޯ މަންސޫރު ފަޟީލެވެ. މި ހަފްލާގެ އޯޕަނިންގ އަށް ފަހު އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ދަސްވެނިވުމުގެ މިހަފްލާއާއި އެކު އޯ.ޔޫ.އެމް ވިލާ ކޮލެޖު ޗެޕްޓަރ ގައި މިހާރު 1823 އެލްމްނައި ރާއްޖޭގައި ތިބޭނެ ކަމަށް ފާހަގަ ކުރެއްވިއެވެ.

މި ހަފްލާގެ ދެންއޮތީ ޕްރޮފެސަރ ދާތޯ މަންސޫރު ޑިގްރީ ތައް ކޮންފަރ ކޮށްދެއްވުމާއި ދަސްވެނީންނަށް ޑިގްރީ ހަވާލުކުރުމެވެ.

އެއަށްފަހު، ދަސްވެނީންގެ ފަރާތުން ވާހަކަ ދެއްކީ ބެޗްލަރ އޮފް ހިއުމަން ރިސޯސް މެނޭޖްމަންޓް ވިތް އޮނަރސްއިން ގްރެޑުއޭޓް ވި ދަރިވަރު މަރިޔަމް ޝަޒްރާ އެވެ. 

މެންދުރުފަހު ބޭއްވުނު ދެ ޙަފްލާގައި 237 ވަނީ ދަސްވެނި ވެފައެވެ. މި ސެޝަންތަކުގައި މަރުހަބާ ދެންނެވުމުގެ ގޮތުން ވާހަކަ ދެއްކެވީ ވިލާ ކޮލެޖުގެ ވައިސް ރެކްޓަރ ޑރ. އަލީ ނަޖީބެވެ. ވައިސް ރެކްޓަރގެ ވާހަކަފުޅުގައި ވިދާޅުވީ މި އަހަރުގެ ނޮވެމްބަރ މަހު ބޭއްވުމަށް ހަމަޖެހިފައިވަ އިތުރު ގްރެޑުއޭޝަން އަކާއި އެކު މި އަހަރުގެ ތެރޭގައި ވިލާ ކޮލެޖުން މޯލްޑިވްސް ކޮލިފިކޭޝަން އޮތީރިޓީގެ ލެވެލް 7 އިން މަތީގެ ކޯސްތަކުން ޖުމްލަ 758 ދަރިވަރުން ދަސްވެނިވެގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި މި އަދުގެ ސެޝަންތަކުގައި ގްރެޖުއޭޓް ވެގެންދާ ގްރެޓުއޭޓުންގެ %30 އަކީ ވިލާ ކޮލެޖުގެ އަތޮޅުތެރޭގެ ކެމްޕަސްތަކާއި ލާރނިނގް ސެންޓަރތަކުން ކިޔެވުން ނިންމި ދަރިވަރުންކަން ފާހަގަ ކުރެއްވިއެވެ.  އަދި މި ފަހަރު ގްރެޖުއޭތްވާ ދަރިނވަރުންގެ %51 އަކީ އަންހެން ބޭފުޅުންނެވެ.

މެންދުރު ފަހުގެ ސެޝަންތައް ކޮންފަރ ކޮށްދެއްވާ ދަރިވަރުންނާއި ޑިގްރީ ހަވާލު ކޮށްދެއްވީ ވިލާ ކޮލެޖުގެ ރެކްޓަރ ޑރ.އަހުމަދު އަންވަރެވެ. 

މުޅި ރާއްޖޭގައިވާ ވިލާ ކޮލެޖުގެ އެކި ކެމްޕަސްތަކުން ދަސްވެނިވެގެން ނުކުންނަ އިތުރު ދަރިވަރުންތަކެއް މި ޖަލްސާގައި ފެނިގެންދިއައެވެ. މި ކުދިންނަކީ ތަޢުލީމާއި ހުނަރުވެރިކަމުގެ ދާއިރާއިން ފަންނުވެރިކަން ހާސިލްވެފައިވާ، މަސައްކަތުގެ މާޙައުލުގައި ތަފާތު ދައްކާނެ ދަރިވަރުންތަކެކެވެ. މި ހަފްލާ ވެގެންގޮސްފައިވަނީ އެންމެހާ ދަސްވެނިންނާއި ކޮލެޖުގެ އެންމެހާ މުވައްޒަފުން އުފަލާއެކު އިންތިޒާރު ކުރަމުންއައި، ނުހަނު ކުލަގަދަ ހަަފްލާއަކަށް ކަމަށް ވިލާ ކޮލެޖުން ބުނެއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް