އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޞަހާބީ ޖިންނިއެއް ގެންގުޅޭ ކަމަށް ބުނި މީހަކާ މުފްތީ މެންކް އާ ބައްދަލުވި!

ޞަހާބީ ޖިންނިއެއް ގެންގުޅޭ ކަމަށް ބުނި މީހަކާ މުފްތީ މެންކް އާ ބައްދަލުވި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 36 ސިކުންތު

އަހަރެންނާއި ބައްދަލުވި މީހަކު ބުނީ އޭނާ އާއިއެކުގައި ޖިންނިއެއްވާކަމަށާއި އަދި އެއީ ޞަހާބީއެއް ކަމަށެވެ. އަދި އެ ޖިންނިއަކީ ވަރަށް ގިނަ ޞަޙާބީންނާއިއެކުގައި އުޅެފައިވާ ޖިންނިއެއް ކަމަށެވެ. އަދި އަހަރެން ބޭނުންނަމަ މަދީނާގައި ހުރި ކަދުރު ތާޒާ ކަމާއިއެކު ވަގުތުން ގެނެސްދީފާނެ ކަމަށްވެސް ބުންޏެވެ. 

އެކަމަކާއި އަހަރެން ދެކޮޅެއްވެސް ނުހަދަމެވެ. ޖިންނި ޝައިޠާނުންވާކަމާއި ޖިންނި ޝައިޠާނުން މެދުވެރިކޮށް ކަންކަން ކުރުވިދާނެކަން ކީރިތި ޤްރްއާނުން އެނގެން އެބައޮތެވެ. އަދި އަހަރެން ބުނީ ޖިންނީގެ ކިބައިން އެދޭ އެއްވެސް ކަމެއް ނެތް ކަމަށާއި ހަމައެކަނި ﷲ ތަޢާލާއިން ފުދޭ ކަމަށެވެ. 

ނަމަވެސް އޭނާ ދެއްކި ވާހަކައިން އެއްކަމަކަށް އަހަރެން ދެކޮޅު ހަދައި އިންކާރުކުރީމެވެ. އެއީ އަހަރެމެންނަށް ފެންނަން ނެތް ޙަދީޘްފުޅުތައް ޖިންނި މެދުވެރިވެގެން އޭނާއަށް ލިބެމުންދާ ކަމަށް ބުނުމުންނެވެ. ކޮންމެ މީހަކު ބުނި ނަމަވެސް އެއީ ޤަބޫލުކުރެވޭނެ ވާހަކައެއް ނޫނެވެ. އެހެންވެ އަހަރެން އޭނާއަށް ބުނީމެވެ. ޖިންނި ދައްކާ އެއްވެސް ވާހަކައެއް، ޖިންނި ބުނާ އެންމެ ބަހެއްވެސް ޤަބޫލު ނުކުރާށެވެ. އެއީ ދޮގުހަދާ ބައެކެވެ. ވީމާ އެކަމަށް އެންމެންވެސް ވަރަށް ބޮޑަށް ސަމާލުކަން ދޭންވާނެއެވެ. 

ބައެއް މީހުން އެމީހުންނަށް ހުވަފެނުގައި ޙަދީޘްފުޅެއް ލިބުނު ކަމަށް ބުނެފާނެއެވެ. އަނެއްބައަކު ޖިންނިއެއް މެދުވެރިވެގެން ލިބުނު ކަމަށް ބުނެފާނެއެވެ. މިފަދަ އެއްވެސް ވާހަކައެއް ޤަބޫލު ނުކުރާށެވެ. އެއިރުން އެދެވެނީ އިމުން ބޭރުވެގެންނެވެ. އެހެނީ އިސްލާމް ދީން ބާވައިލައްވަވައި ފުރިހަމަކުރައްވަވާފައިވާ ކަމަށް ﷲ ތަޢާލާ ވަނީ ކީރިތި ޤްރުއާނުގައި ވަހީ ކުރައްވަވައިފައެވެ. ރަސޫލް (ޞޢވ) ވަނީ އެކަން އެނގިވަޑައިގެންފިކަމަށް ޞަހާބީންގެ އަރިހުން ހެކިބަސް ހޯއްދަވައިފައެވެ. އަދި އަހަރެމެން މިތިބީ އެކަންކަން ފުރިހަމައަށް ޤަބޫލުކޮށްގެންނެވެ. 

ވީމާ މީހަކު ތިމަންނައަށް ހުވަފެނުގައި މިވެނިކަމެއް ފެނިއްޖެ ކަމަށް ނުވަތަ މިވެނި ގޮތަކުން ޙަދީޘްފުޅެއް އެނގިއްޖެ ކަމަށް ބުނުމަކުން ޤަބޫލުކޮށްގެން ނުވާނެއެވެ. އެއް ގޮތަކަށްވެސް އެފަދަ ކަމަކަށް އަމަލުކޮށްގެން ނުވާނެއެވެ. އެފަދަ ކަންކަން ކުރާނަމަ އަބަދުވެސް ދީނަށް ދާނީ ކަންތައްތަކެއް އިތުރުވަމުންނެވެ. ކަންތައްތަކެއް އުނިވަމުންވެސް ދާނެއެވެ. އިސްލާމް ދީނަށް އުނި އިތުރު ގެނައުމުގެ ބާރު އެއްވެސް މީހަކަށް ﷲ ތަޢާލާ ދެއްވަވާފައެއް ނުވެއެވެ. 

މުފްތީ މެނކުގެ ދަރުސަކުން

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް