އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަސޫލް (ޞޢވ) ގެ ބޮޑުބޭބޭފުޅަށް ވިދާޅުވެ ދެއްވި ދުޢާ - ގިނަބައަކު އެންމެ ފަރުވާކުޑަކުރާ ދުޢާ!

ރަސޫލް (ޞޢވ) ގެ ބޮޑުބޭބޭފުޅަށް ވިދާޅުވެ ދެއްވި ދުޢާ - ގިނަބައަކު އެންމެ ފަރުވާކުޑަކުރާ ދުޢާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 22 ސިކުންތު

ރަސޫލް (ޞޢވ) ގެ ބޮޑުބޭބޭފުޅު، ޢައްބާސްގެފާނު އެއްދުވަހަކު ރަސޫލް (ޞޢވ) ގެ އަރިއަހަށް ވަޑައިގެން ތިމަންކަލޭގެފާނު ކުރައްވަވަން ރަނގަޅު ދުޢާއެއް ވިދާޅުވެދެއްވުމަށް އެދިވަޑައިގެންނެވިއެވެ. ރަސޫލް (ޞޢވ) ޙަދިޘްފުޅު ކުރެއްވެވީ "އަލްޢާފިޔާ" ދެއްވެވުން އެދި ދުޢާ ކުރެއްވެވުމަށެވެ. ދުޢާ ކުރުކަމުން އެއަށްވުރެ އިތުރަށް ވިދާޅުވެދެއްވުމަށް އެދިވަޑައިގަތުމުން ރަސޫލް (ޞޢވ) ހަދީޘްފުޅު ކުރެއްވެވީ "ލޯބިވާ ބޮޑުބޭބޭފުޅާއެވެ. ﷲ ތަޢާލާގެ ޙަޟްރަތުން "ޢާފިޔާ ދެއްވެވުމަށް އެދިވަޑައިގަންނަވާށެވެ. އެއަށްވުރެ ވަކިން ބޮޑު ނިޢްމަތެއް ލިބިވަޑައެއް ނުގަންނަވާނެއެވެ." މިކަމުން އެނގިގެންދަނީ އީމާން ކަމުގެ ނިޢްމަތަށްފަހު އެންމެ މަތިވެރި ނިޢްމަތަކީ "އަލްޢާފިޔާ ލިބުން ކަމެވެ.   

"އަލްޢާފިޔާ"އަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ އެއީ ސަލާމަތް ޞިއްޙަތެއް ދެއްވެވުމާއި މުޞީބާތްތަކުން ސަލާމަތް ކުރެއްވެވުމެވެ. މިއަށްވުރެ ވަކިން ބޮޑު ނިޢްމަތަކީ ކޮބައިހެއްޔެވެ؟ ﷲ ތަޢާލާއަށް އީމާންވެގެން ހުންނަ މީހާ އެންމެ ބޮޑަށް ބޭނުންވާނީ ވީހައި ގިނައިން އަޅުކަން ކުރުމަށެވެ. އެކަން ކުރެވޭނީވެސް ސަލާމަތް ޞިއްޙަތެއްގައި ހުރެވިގެންނެވެ. މުޞީބާތްތަކުން ސަލާމަތްވެވި ހުރެވިގެންނެވެ. އަދި ޙަލާލް ގޮތުގައި ރިޒްޤް ހޯދަން މަސައްކަތްކުރެވޭނީ ވެސް ބަލިތަކާއި މޫޞީބާތުން ސަލާމަތްވެވި ހުރެވިގެނެނެވެ. 

"ޢާފިޔާ" ދެއްވެވުން އެދި ދުޢާ ކުރުމަކީ ކިހައިވަރެއްގެ މުހިންމު ކަމެއްކަން އެނގެނީ މަދު ބައަކަށެވެ. އެހެނީ ގިނަ ބައަކު ދުނިޔޭގައި އުޅެމުންދަނީ ގަދަވެ ސަލާމަތުން ތިބެއެވެ. މުޞީބާތްތަކުން ސަލާމަތްވެ ތިބެއެވެ. ވީމާ އެ ނިޢްމަތް ގެއްލިގެން ހިނގައިދާނެ ކަމަށް ނުވެސް ވިސްނަނީއެވެ. 

މީސްތަކުންނޭވެ! ރިޔާޟުއްޞާލިޙީންގައާއި ތިރްމިޛީގައި ބަޔާންވެގެންވާ މި ދުޢާއަކީ ކޮންމެހެން ކުރަން ޖެހޭނެ ދުޢާއެކެވެ. ގިނަގިނައިން ކުރަން ޖެހޭނެ ދުޢާއެކެވެ.

މި ދުޢާގައި ހިމެނެނީ ހަމައެކަނި ދުނިޔޭގެ މުޞީބާތްތަކުން ސަލާމަތް ކޮށްދެއްވެވުން އެދިއެއްވެސް ނޫނެވެ. އާޚިރަތުގެ މުޞީބާތްތަކުންވެސް މެއެވެ. ވީމާ ދުޢާކުރާއިރު ދުނިޔެއާއި އާޚިރަތުގެ މުޞީބާތްތަކުން ސަލާމަތްކޮށްދެއްވެވުމަށް އެދެންވާނެއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް