އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަންނަ ރަމަޟާންމަހު ކިޔެވުން އޮންނަ ގަޑިތައް އެޑިއުކޭޝަނުން ހަމަޖައްސައިފި

އަންނަ ރަމަޟާންމަހު ކިޔެވުން އޮންނަ ގަޑިތައް އެޑިއުކޭޝަނުން ހަމަޖައްސައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 29 ސިކުންތު

މިއަހަރުގެ ރަމަޟާން މަހު ކިޔެވުން އޮންނަ ގަޑިތައް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އިއުލާނު ކޮށްފިއެވެ. 

އެޑިއުކޭޝަން އިން ބުނެފައިވަނީ، އަންނަ ރަމަޟާން މަހާއި ހަ ރޯދައިގެ ތެރޭގައި ވެސް ސްކޫލްތަކުގެ ކިޔެވުން އޮންނާނީ މިގަޑިތަކުގައި ކަމަށެވެ. 

އެގޮތުން ރަމަޟާން މަހު ސްކޫލުގެ ކިޔެވުން ފަށާނީ ހެނދުނު 8:30 އާއި 9:00 އާ ދެމެދުގެ ވަގުތެއްގައި ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ. އަދި ދެ ދަންފަޅިއަށް ކިޔަވައިދޭ ސްކޫލުތަކުން މެންދުރު 3:00 ގައި ކިޔަވައިދިނުން ނިމޭނެ ގޮތަކަށް ކަންތައް ހަމަޖެއްސުމަށް ވެސް އެޑިއުކޭޝަނުން އަންގާފައިވެއެވެ.

ރަމަޟާން މަހު ގްރޭޑް 7-12 ގައި ކިޔަވާ ކުދިންތައް ކިޔަވާނީ ތިން ގަޑިއިރުގެ ދަންފަޅިިއަކަށް ކަމަށާއި ގްރޭޑް 1-6 ގެ ދަރިވަރުން ކިޔަވަން ދެ ގަޑިއިރާއި 30 މިނެޓު ކަނޑައަޅާފައިވެއެވެ. އެލްކޭޖީ އާއި ޔޫކޭޖީގެ ދަރިވަރުން ކިޔަވަން ކަނޑައަޅާފައި ވަނީ އެއް ގަޑިއިރާއި 30 މިނެޓެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި ރަމަޟާން މަހު ކިޔަވާދޭން ވާނީ 30 މިނެޓާއި 45 މިނެޓުގެ ޕީރިއަޑްތަކުގައި އެވެ. އަދި ރޯދަމަހަށް ކަނޑައަޅާ ހާއްސަ ޕްރޮގްރާމުގެ ދަށުން ދެ ހަފްތާތެރޭގައި ހުރިހާ މާއްދާއެއް ކިޔެވޭނެ ގޮތަށް ހަމަޖައްސަން ޖެހޭނެ ކަމަށް ވެސް އެތަނުން ބުނެފައި ވެ އެވެ.

މީގެ އިތުރުން "ކޮންޓިނިއަސް އެސެސްމެންޓު" ނަގާ ގްރޭޑްތަކުގެ ކިޔެވުން ކުރިއަށް ގެންދާނީ އަންނަ މަހުގެ 16 ވަނަ ދުވަހާ ހަމައަށް ކަމަށް ވެސް އެޑިއުކޭޝަންގެ އިއުލާނުގައި ބުނެފައިވެއެވެ. އެ ގްރޭޑްތަކަކީ ގްރޭޑް 6 އިން ފެށިގެން ދަށް ގްރޭޑްތަކެވެ. އަދި އެ ގްރޭޑްތަކުގެ ދަރިވަރުންނަށް 30 މޭ އާ ހަމައަށް ސްކޫލު ނޯންނާނެ ކަމަށް ބުނެފައި ވެ އެވެ. ފުރަތަމަ ޓާމުގެ ރިޕޯޓްފޯމު ދޭނީ އަންނަ މަހުގެ 30 ވަނަ ދުވަހެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ