އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލެވިސްޓާ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން އޯޝަން ޓައިޑްސް ހޯދައިފި

ލެވިސްޓާ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން އޯޝަން ޓައިޑްސް ހޯދައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 43 ސިކުންތު

ލެވިސްޓާ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން އޯޝަން ޓައިޑްސް ހޯދައިފިއެވެ.

ލޮޓަސް ފިހާރައިން ސްޕޮންސަރ ކޮށްގެން އޭދަފުށީ މިހާތަނަށް ބޭއްވި އެންމެ އަގުބޮޑު ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން އެޓީމުން ހޯދީ އޭދަފުށީ ފުޓްސަލް ދަނޑުގައި ކުޅުނު ފައިނަލް މެޗު ޑައުންޓައުން އާ ވާދަކޮށް 5-1 އިން މޮޅުވެގެންނެވެ.

އެޓީމުން ޗެމްޕިއަންކަން ހޯދުމުން ޓީމުގެ ކުޅުންތެރިންނަށް ވަނީ އިނާމެއްގެ ގޮތުގައި ޖީއެން 125 ބްރޭންޑްގެ މޮޓޯސައިކަލެއް ލިބިފައެވެ.

މީގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި އަހްމަދު އަޝްރަފް (ސޮބީ) އަށާއި ފެއާރ ޕްލޭ ކުޅުންތެރިޔާގެ މަޤާމު ހޯދި އިސްމާއިލް ޝަރީފް (ކާޑޭ) އަށް ވަނީ ހޮންޑާ އާރުއެކްސް 125ސީސީ ގެ ސައިކަލެއްދީފައެވެ.

މި މުބާރާތުގެ ރަނަރއަޕް ޓީމަށާއި ތިންވަނަ ހޯދި ހިތާދޫ ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް ބައިސްކަލެއްދީފައިވާ އިރު، މިއީ ގާތްގަޑަކަށް 378،600ރ. ގެއަގުހުރި އިނާމެވެ.

އޭދަފުށީ ދާއިރާގެ ތިންރަށް ކަމަށްވާ މާޅޮސް، އޭދަފުށި އަދި ހިތާދޫއަށް ހުޅުވާލައިގެން ބޭއްވި މި މުބާރާތުގައި މާޅޮހު ޓީމަކާއި ހިތާދޫގެ ތިން ޓީމާއި އޭދަފުށީން ހަތް ޓީމު ބައިވެރިވިއެވެ.

ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ ލޮޓަސް ފިހާރައިން ރާއްޖެއަށް އިންމޯޓްކުރާ ލެވިސްޓާ ކޮފީ އިން ސްޕޮންސަރކޮށްގެން ފުޓްސަލް މުބާރާތެއް ބޭއްވި އިރު، ބ. އަތޮޅަށް ހުޅުވާލައިގެން އަގުބޮޑު ފުޓްބޯޅަ މުބާރާތެއް ބޭއްވުމަށްވެސް މިހާރު ވަނީ އިޢުލާންކޮށްފައެވެ.

އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ލޮޓަސް ފިހާރައިން ބުންޏެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް