އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މީހުން ލައްވައި ނަމާދުކުރުވާ މީހަކަށްވުމަށްވުރެ ފައިދާ ބޮޑު ކަމެއް ނެތް! ކޮންމެ މީޙަކަށްވެސް އެފަދަ މީހަކަށް ވެވިދާނެ!

މީހުން ލައްވައި ނަމާދުކުރުވާ މީހަކަށްވުމަށްވުރެ ފައިދާ ބޮޑު ކަމެއް ނެތް! ކޮންމެ މީޙަކަށްވެސް އެފަދަ މީހަކަށް ވެވިދާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 47 ސިކުންތު

ކޮންމެ މީހަކަށް ދީނީ ދަރުސް ދޭ މީހަކަށް ނުވެވިދާނެއެވެ. އެހެނީ އެކަން ކުރެވޭނީ ދީނީ ޢިލްމް ޙާޞިލްކުރައްވައިގެން ތިއްބަވާ ބޭފުޅުންނަށެވެ. ނަމަވެސް ކޮންމެ މީހަކީވެސް މީސްތަކުން ނަމާދަށް ގެންދާ މީހަކަށް ވެވިދާނެއެވެ. އަދި ކޮންމެ މީހަކީވެސް މީސްތަކުން ނަމާދަށް ގެންދަން މަސައްކަތްކުރާ މީހަކަށްވާން ވެސް ޖެހެއެވެ. 

ހިތާމައަކީ މިކަމަށް މީސްތަކުން ވިސްނާ މިބންވަރު ކުޑަކަމެވެ. އަބަދުވެސް ފެންނަނީ ކޮންމެވެސް ފަތުވާއެއް ދެވޭތޯ އުޅޭތަނެވެ. ދީނުގެ ކޮންމެވެސް ކަމެއް އޮތް ގޮތް ބުނެދޭން އުޅޭތަނަށްވުރެ ގިނައިން ފެންނަނީވެސް ކޮންމެވެސް ކަމަކާއި ގުޅިގެން މައްސަލައެއް ނެރެގެން މީސްތަކުންގެ މެދުގައި ފަތުރަން އުޅޭތަނެވެ. މިވެނި ޝައިޚަކު މިހެން ބުނެފި. އެވެނި ޝައިޚަކު ބުނީ މިހެން، ކިޔައިގެން ވާހަކަތައް ފަތުރަން އުޅޭތަނެވެ. 

ޝައިޚުންގެ ވާހަކަފުޅު ތަފާތުވެދާނެއެވެ. އެއީ ބައެއް ކަންކަމުގައި ގިނަ ޙަދީޘްފުޅުތަކެއް ހުރުމުން އެ ޝައިޚަކު ބޮޑަށް ބުރަވެވަޑައިގަންނަވާ ގޮތް ހާމަކޮށްދެއްވަވާތީއެވެ. ޤަބޫލުކުރަންވީ ކަމަކީ ޞައްޙަ ޙަދީޘްފުޅަކުން ޙުކުމްފުޅު ނެރުއްވަވާނަމަ އެއޮތީ މައްސަލަ ހައްލުވެފައިކަމެވެ. ވީމާ މިފަދަ މައްސަލަތަކުގައި ހިފައިގެން ދެކޮޅަށް ދުވުމުގެ ބަދަލުގައި ތިމާއަށް ކުރެވެން ހުރި ކަންކަން ކުރަން އުޅުން މާރަނގަޅުވާނެއެވެ. 

ފުރަތަމަ ކަމަކަށް ތިމާ ތެދުވަންވީ ފަތިސް ނަމާދަށެވެ. ތެދުވެ ފުރަތަމަ ކަމަކަށް ކުރާކަމަކަށް ހަދަންވީ ގޭގައި ތިބި އެންމެންނަށް ގޮވާ ހޭއްލަވައިގެން ފަތިސް ނަމާދުކުރުވަންވީއެވެ. އެއާއިއެކު ފޯނުގައި ހުރި ހުރިހާ ނަމްބަރުތަކަށް ގުޅައި އެމީހުން ހޭލައްވަންވީއެވެ. އެމީހުން ލައްވައިވެސް ފަތިސް ނަމާދުކުރުވަންވީއެވެ. އަދި ކޮންމެ ނަމާދު ވަގުތެއް ގާތްވުމުން ހަނދާންކޮށްދެވެން އޮތް ގޮތަކަށް މީސްތަކުންނަށް ނަމާދުކުރަން ހަނދާންކޮށްދޭންވީއެވެ. އެމީހަކާއިއެކުގައި ތިބި ބައަކު ގޮވައިގެން އަވަހަށް މިސްކިތަށް ދާންވީއެވެ. އެކަން ކުރާކަށް ކޮންމެހެން ދީނީ ޢީލްމުވެރިއަކަށްވާކަށް ނުޖެހޭނެއެވެ. 

މީސްތަކުންނޭވެ! ދަންވަރު 3 ޖަހާއިރު ފޯނު ވެއްޖެ ނަމަ ކޮންމެ މީހަކުވެސް ފޯނު ނަގާނީ ބިރުން ހުރެއެވެ. އެވަގުތު ޢާންމު ގޮތެއްގައި ލިބޭނީ އުފާވެރި ޚަބަރެއް ނޫންކަމަށް ޤަބޫލުކުރެވޭތީއެވެ. ގިނައިން ލިބޭނީ ކޮންމެވެސް މުޞީބާތެއްގެ ޚަބަރެވެ. މީހަކު މަރުވުން ފަދަ ޚަބަރެކެވެ. މިރޭ އެގަޑީގައި މީސްތަކުންނަށް ގުޅަން ޖެހޭނީ އަހަރެން ނުވަތަ ތިބާ މަރުވެގެން ނޫންކަން އެނގެނީ ކިހިނަކުން ހެއްޔެވެ؟ މިބުނީ ހަމަ މިސާލެކެވެ. 

ވީމާ ކޮންމެ މީހަކުވެސް ބަލަންވީ ވީހައި ގިނަ ހެޔޮ އަމަލުކުރުމަށެވެ. މައްސަލަތައް ހިފައިގެން ކޮޅުކޮޅަށް ދުވުމުގެ ބަދަލުގައި ނަމާދުކުރުމަށާއި އެހެން މީހުން ލައްވައި ނަމާދުކުރުވަން ބާރު އެޅުމަށެވެ. ހަމަކަށަވަރުން އެކަމުގެ ވަރަށް ބޮޑު ފައިދާ އެމީހަކަށް ލިބިގެންދާނެއެވެ!  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް