އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލަންކާގަ ބޮން ގޮއްވީ ކޮންމެ ބައެއް ނަމަވެސް އެއީ އެއްވެސް މުސްލިމަކު ކުރާނެ ކަމެއް ނޫން: މުފްތީ މެންކް

ލަންކާގަ ބޮން ގޮއްވީ ކޮންމެ ބައެއް ނަމަވެސް އެއީ އެއްވެސް މުސްލިމަކު ކުރާނެ ކަމެއް ނޫން: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 27 ސިކުންތު

ސްރީ ލަންކާގައި އާދީއްތަ ދުވަހު ބޮން ގޮއްވީ ކޮން ބައެއްކަން އަދި ނުއެނގެއެވެ. ކޮނަމެ ބައަކު ކުރިނަމަވެސް އެކުރީ ޙައްދުފަހަނައަޅާފައިވާ ކަމެކެވެ. ޔަޤީން ކުރެވޭ ކަމަކީ އެއްވެސް މުސްލިމަކު އެފަދަ ކަމެއް ނުކުރާނެ ކަމެވެ. އަދި އެއްވެސް މުސްލިމަކު އެފަދަ ކަމެއްގައި ބައިވެރިވެސް ނުވާނެ ކަމަށެވެ. 

އެހެނީ މުސްލިމުންނަކީ ﷲ ތަޢާލާ އަށާއި އެކަލާނގެ ރަސޫލާއަށް އީމާނެވެގެން ތިބޭ ބައެކެވެ. ﷲ ތަޢާލާ އާއި އެކަލާނގެ ރަސޫލާ (ޞޢވ)ގެ އަމުރުފުޅުތަކަށް ފުރިހަމައަށް ކިޔަމަންވާ ބައެކެވެ. 

ރަސޫލް (ޞޢވ) އަމުރުފުޅު ކުރައްވަވާފައިވަނީ ހަނގުރާމައިގެ ވަގުތުތަކުގައިވެސް އެއްވެސް ދީނެއްގެ މީހުން އަޅުކަން ކުރަން ތިބޭ ތަންތަނަށް ވަދެ އެއްވެސް ބާވަތެއްގެ އަނިޔާއެއް ނުކުރުމަށެވެ. އަޅުކަންކުރާ ތަނަކަށް ވަދެ މީހަކު ހިމާޔަތް ހޯދައިފިނަމަ އެމީހަކަށް ޙަމަލާ ނުދިނުމަށެވެ. 

ވީމާ މުސްލިމުންނަކީ އެއްވެސް ދީނެއްގެ މީހުން އަޅުކަން ކުރަން ތިބޭ ތަންތަނަށް ހަމާލާދީ މީހުން މަރާނެ ބައެއް ނޫނެވެ. ދުޢާ އަކީ މިހައި ސާފުކޮށް އިސްލާމް ދީނުގައި އެނގެން އޮތް ކަމެއް އެންމެން ވެސް ޤަބޫލުކޮށް ޢަމަލުކުމެވެ. 

- މުފްތީ މެންކު

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު