އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަރައިލެވެނީ ކޮން ބައެއްކަންވެސް ނޭނގި މީހުން މެރުމުން ދުނިޔެއަށް ލިބޭ ގެއްލުން އެނގެން ވެއްޖެ!

މަރައިލެވެނީ ކޮން ބައެއްކަންވެސް ނޭނގި މީހުން މެރުމުން ދުނިޔެއަށް ލިބޭ ގެއްލުން އެނގެން ވެއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 43 ސިކުންތު

"ޓެރަރިސްޓުންނަސް އެމީހުންނަށް މެރެނީ ކޮން ބައެއް ކަމެއް ނޭނގެއެވެ. ނަމަވެސް މީހުން މެރުމުން ލިބޭ ގެއްލުން އަހަރެމެންނަށް އެނގެން ވެއްޖެއެވެ. އަދި ޓެރަރިސްޓުން ދުނިޔެއަށް ދީފައިވާ ގެއްލުންވެސް އެނގެން އެބަޖެހެއެވެ."

މިއީ ސްރީލަންކާގައި އާދީއްތަ ދުވަހު ދިން ބޮމުގެ ހަމަލާތަކުގައި މަރުވެފައިވާ އުމުރުން 11 އަހަރުގެ ކުއްޖެއްގެ ބައްޕަ ބުނެފައިވާ ބަހެކެވެ. ބައްޕަ ބުނީ ނިޔުރޯ ސައިންސިސްޓަކަށްވާން މަސައްކަތްކުރަމުން އައި އޭނާގެ ދަރިފުޅުގެ 12 އުފަން ދުވަސް ފާހަގަކުރަން ޖެހޭނީ ދަރިފުޅާއި ނުލައި ކަމަށެވެ.

ހަމަލާތަކުގައި އެމެރިކާގެ 4 ކުޑަކުއްޖަކު ވަނީ މަރުވެފައެވެ. އެކަން އެމެރިކާގެ މީޑިއާތަކުގެ ފަލަ ސުރުޚީތަކުގައި މިހާރުވެސް ގެންދަނީ ހާމަކުރަމުންނެވެ. އެމެރިކާ ސިފައިންނާއި އެމެރިކާއިން ވާގިވެރިވެގެން ކޮންމެ ދުވަހަކު އެތައް ސަތޭކަ މުސްލިމް ކުޑަ ކުދިން މަރަމުން ގެންދާ މައްސަލައަށް އެއްވެސް ސަމާލުކަމެއް ނުދެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް