އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސަރުކާރުގެ ތެރެއިން އިސްލާމް ދީނުގެ އަސާސްތައް މުގުރާލަން މަސައްކަތް ކުރުން ހުއްޓާލަން ޖެހޭ!

ސަރުކާރުގެ ތެރެއިން އިސްލާމް ދީނުގެ އަސާސްތައް މުގުރާލަން މަސައްކަތް ކުރުން ހުއްޓާލަން ޖެހޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 40 ސިކުންތު

އިސްލާމް ދީނުގެ ކަންކަމުގައި ސަރުކާރުގެ ސިޔާސަތު އެއްގޮތްކުރަން އެބަޖެހެއެވެ. ޚުޠުބާގައި ކިޔާ އެއްޗަކާ ސަރުކާރުގެ އިސްވެރިންގެ އަމަލުތަކާ ދިމާވާން އެބަޖެހެއެވެ. ނޫންނަމަ ޖަހާ ބެރާ ކިޔާ ލަވައާ ދިމައެއް ނުވާނެއެވެ. 

މިދިއަ ހުކުރު ދުވަހުގެ ހުކުރު ޚުޠުބާގައި ކިޔާފައިވާ މި ދެ ޢިބާރާތް ޚުޠުބާއިން ވިދާޅުވާށެވެ! 

ރާއްޖޭގައި ތިއްބެވި ދީނީ ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ. މުޙައްމަދު އިޔާޒް ޢަބްދުއްލަޠީފް މި ވިދާޅުވަނީ "އުފަން ދުވަސް ފާހަގަކުރުމަކީ އަދި އުފަން ދުވަހުގެ ތަހްނިޔާ ފޮނުވުމަކީ އިސްލާމީ ޘަޤާފަތުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން އެފަދަ ކަންތައްތަކުން އަޅުގަނޑުމެން ދުރުހެލިވާން ޖެހޭނެ" ކަމަށެވެ. 

ހަމަ ވިދާޅުވާއިރަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުގެ މެންބަރު ޝަހިންދާ ކުރައްވާފައިވާ ސުވާލުތައް އެކަމަނާގެ ޓްވީޓުން ވިދާޅުވާށެވެ. 

ޢިލްމީ ގޮތުން ހޯދުންތައް ހޯދައި ކުރިއަރަން މަސައްކަތް ކުރުމަށް ކީރިތި ޤްރްއާނާއި ރަސޫލް (ޞޢވ) ގެ ޙަދީޘްފުޅުތަކުގައި ބާރު އަޅުއްވަވާފައިވާ މިންވަރު ކޮބައިތޯއެވެ؟ ކީރިތި ޤްރްއާނުން ފުރަތަމަ ބާވައިލެއްވެވުނު އާޔަތުގައި "ކިޔަވަން" އަމުރުކުރެއްވެވުމުގެ މަޤްޞަދަށް ވިސްނައިލެވޭ ބާވައެވެ! 

ސައިކަލާއި ކާރު ދުއްވުމުން އަދި މޯބައިލް ފޯނު ގެންގުޅުމުން އިންސާނުންގެ ދިރިއުޅުމަށް ކުރިއެރުން ލިބެއެވެ. އުފަން ދުވަސް ފާހަގަކުރުމުން އިންސާނުންގެ ދިރިއުޅުމަށް ލިބެނީ ކޮން ކުރިއެރުމެއް ބާވައެވެ! ޢާއިލާގެ މީހުންނާއި ގާތް ތިމާގެ މީހުން އެއްތަނަކަށް އެއްވެ އުފާކުރަން ބޭނުން ނަމަ ކޮންމެ ދުވަހަކުވެސް އެކަން ކުރަންވީނޫންތޯއެވެ؟ ކޮންމެހެން އަހަރު ފުރޭ ދުވަހު އެއްވުމުން ކުއްޖާއަށް ލިބެނީ ކޮން ކުރިއެރުމެއްތޯއެވެ؟ ޢާއިލާއަށް ލިބެނީ ކޮން ކުރިއެރުމެއްތޯއެވެ؟ ކުއްޖާ ހިތްހަމަ ޖައްސައިދޭން ކުރާ ކަމެއް ނަމަ މަހަކު އެއްފަހަރު ނުވަތަ ހަފްތާއަކު އެއްފަހަރު އެކަން ނުކުރަންވީ ކީއްވެގެންތޯއެވެ؟

ދެން އޮތީ ތަނަވަސްކަން ލިބޭ މިންވަރެވެ. އުފަން ދުވަސް ފާހަގަކުރަން ޕާޓީ ބާއްވަން ތަނަވަސްކަން ލިބެނީ ހަމައެކަނި އަހަރު ފުރޭ ދުވަހުތޯއެވެ؟

ޝައިޚް ވިދާޅުވެފައި އެވަނީ "އުފަން ދުވަސް ފާހަގަކުރުމަކީ އަދި އުފަން ދުވަހުގެ ތަހްނިޔާ ފޮނުވުމަކީ އިސްލާމީ ޘަޤާފަތުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން އެފަދަ ކަންތައްތަކުން އަޅުގަނޑުމެން ދުރުހެލިވާން ޖެހޭނެ" ކަމަށެވެ. ޝައިޚް އެކަމާ ކޯފާވާ ވާހަކައެއް ނުވަތަ ހިތްޕުޅުހަމަޖެހިވަޑައިނުގަންނަވާ ކަމަކަށް ވިދާޅުވެފައެއް ނުވެއެވެ. ޝައިޚް ހިތްޕުޅު ހަމަޖެހިވަޑައިގެންނެވި ނަމަވެސް ނުގެންނެވި ނަމަވެސް އިސްލާމީ ޘަޤާފަތަށް އެއްވެސް ބަދަލެއް ނުއަންނާނެއެވެ. ދެން ކިތަންމެ ގިނަ ބައަކު ކިތަންމެ ވަރަކަށް ރުޅި އައި އަދި ދުނިޔޭގެ އެންމެން އެކަންކުރި ނަމަވެސް އެއީ އިސްލާމީ ޘަޤާފަތުގެ ތެރޭގައި ހިމެނޭ ކަމަކަށް ހެދޭނެތޯއެވެ؟

އިސްލާމިކް މިނިސްޓްރީއަކީވެސް ސަރުކާރުގެ ވުޒާރާއެކެވެ. ރިޔާސީ ކޮމިޝަންތައް އުފައްދަވަނީވެސް ރައީސުލްޖުމްހޫރިއްޔާއެވެ. ވީމާ އިސްލާމިކް މިނިސްޓްރީގައި މަސައްކަތްކުރި ނަމަވެސް ރިޔާސީ ކޮމިޝަނެއްގައި މަސައްކަތްކުރި ނަމަވެސް ސަރުކާރުގެ ސިޔާސަތުތަކަށް އިހްތިރާމް ކުރުމުގައި އަމަލުކުރަން ޖެހޭނީ އެއްގޮތަކަށެވެ. ޚުޠުބާގައި ބުނާ ވިހަތީރު، ދީނީ ޢިލްމެވެރިންނަށް އަމާޒުކޮށް ފޮނުވައި އިސްލާމް ދީނުގެ އަސާސްތައް މުގުރާލަން މަސައްކަތް ކުރުމުގެ ބާރު ހަމަ އެކަކަށްވެސް ލިބިގެންވާނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. އަދި ސަރުކާރުގެ ވަޒީފާއެއް އަދާ ނުކުރާ މީހަކަށްވެސް އެކަން ކުރުމުގެ އިޚްތިޔާރު ލިބިގެންވާން ޖެހޭނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ.

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް