އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކަވާޖަހަގެން އައިސީޔޫގައި ތިބި މީހުން ރަނގަޅުކޮށްލަން ބުނާއިރު ބޭހުން އެމީހުން ރަނގަޅު ނުކޮށް ބައިތިއްބަނީ ކީއްވެ؟

ކަވާޖަހަގެން އައިސީޔޫގައި ތިބި މީހުން ރަނގަޅުކޮށްލަން ބުނާއިރު ބޭހުން އެމީހުން ރަނގަޅު ނުކޮށް ބައިތިއްބަނީ ކީއްވެ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 23 ސިކުންތު

"އައިސީޔޫގަ ވަރަށް ގިނަ މީހުން އެބަތިބި. ކަވާޖަހަިގެން ނިކަން ރަނގަޅުކޮށްލަބަލަ." މިއީ މިއަދު ހެނދުނު އަޅުގަނޑާއި ދިމާއަށް މީހްކު ބުނި ބަހެކެވެ. ސުވާލަކީ ޑޮކްޓަރީ ބޭހުން އެމީހުން ރަނގަޅު ނުކޮށް އައިސީޔޫގައި ބައިތިއްބަނީ ކީއްވެގެން ހެއްޔެވެ؟ ދެވެން ހުރި ހުރިހާ ފަރުވާއެއް ދެމުން ދަނިކޮށް މަރުވަނީ ކީއްވެގެން ހެއްޔެވެ؟

ޖަވާބަކީ ކިތަންމެ ރަނގަޅު ފަރުވާއެއް ދިން ނަމަވެސް ގަދަވާނީ މާތް ﷲ އިރާދަ ކުރެއްވެވި މީހެއް ކަމެވެ. އައިސީޔޫއަށް ދާންޖެހޭ ޙާލަތުގައިވެސް އަދި އެނޫން ހާލަތުގައިވެސް ޑޮކްޓަރީ ބޭސް ކުރުމަކީ އިސްލާމް ދީނުގައި އޮތް މަގެވެ. އިސްލާމް ދީނުގައިވަނީ ސަބަބުތަކުގައި ހިފައިގެން މަސައްކަތް ކުރުމަށެވެ. ބަލިބައްޔަށް ޑޮކްޓަރީ ބޭސް ކުރުމަކީ އެބައްޔަކާއި ގުޅިގެން ނުވަތަ ބަލިތަކުން ދިފާޢުކުރަން އިސްލާމް ދީނުގައި ބަޔާންވެގެންވާ ކަންކަން ނުކުރަންޖެހޭ ސަބަބެއް ނޫނެވެ. ޑޮކްޓަރީ ބޭސްކުރުމާއިއެކުގައިވެސް އިސްލާމް ދީނުގައި ކުރުމަށް ބަޔާންވެގެންވާ ކަންކަން ކުރަން ޖެހެއެވެ.

އެގޮތުން ކަވާ ޖެހުމަކީ ވެސް ކުރަންޖެހޭ ކަމެއްކަން ކީރިތި ރަސޫލާ (ޞޢވ)ގެ ސުންނަތުން ސާބިތުވާ ކަމެކެވެ. ރަސޫލް (ޞޢވ)ގެ ސުންނަތުން ސާބިތުވާ ކަމެކެވެ. ދުޢާ ކުރުމަކީ ވެސް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އެމީހަކު އެދޭ ކަމަކަށް ދުޢާކުރަން އޮތުމުން ބަނޑުހައިވެގެން ހުރި މީހާ ރިޒްޤް ހޯދަން މަސައްކަތް ނުކޮށް "ނިކަން ދުޢާކޮށްބަލާށޭ" ބުނުމުގެ ހައްޤު އޮތީ ކާކަށް ހެއްޔެވެ؟ އެއީ ﷲ ތަޢާލާއަށް އިމާންވާ އަދި އިސްލާމް ދީން ޤަބޫލުކުރާ މީހަކު ކުރާނެ ކަމެއް ނޫނެވެ. ވީމާ ދުލުން ބަސްތައް ބުނެ ދޫކޮށްލާއިރު މިކަންކަމަށް ވަރަށް ބޮޑަށް ވިސްނަން ޖެހޭނެއެވެ.

ކަވާ ޖެހުމަކީ ސުންނަތަކަށްވާއިރު އިސްލާމް ދީން ޤަބޫލު ނުކުރާ އެތައް މިލިއަން މީހުން ވެސް ކަވާ ޖެހުމަކީ ބަލިތަކަށް ޝިފާ ލިބޭ ފަރުވާއެއް ކަމަށް ޤަބޫލުކޮށް ދަނީ ކަވާ ޖަހަމުންނެވެ.

The Prophet (PBUH) said: “If there is any good in your medical treatments, it is in the knife of the cupper, drinking honey, or cauterization with fire, as appropriate to the cause of the illness, but I would not like to be cauterized.” (Al-Bukhaari)

The Messenger (Sallallaahu alayhi Wasallam) said, "Indeed in cupping there is a cure." [Saheeh Muslim]

In the narration reported by Abdullah ibn Mas'ud (may Allaah be pleased with him) the angels said, "Oh Muhammad, order your Ummah (nation) with cupping." [Tirmidhee]

ކަވާ ޖެހުމަކީ ކީއްވެގެން ކުރަން ޖެހޭ ކަމެއްކަން އެނގިގެންދާ މިފަދަ އެތައް ބައިވަރު ޙަދީޘްފުޅުތައް ފެންނަން ހުރިއިރު، އަދި އެކަމުން ބަލިތަކަށް ޝިފާ ލިބެމުންދާއިރު އެއީ ކުރުން ނެތްކަމެއް ކަމަށް ބުނުމަކީ ރަސޫލް (ޞޢވ)ގެ ސުންނަތަށް ތަބަޢަ ނުވުމެވެ. މައިގްރޭން ފަދަ ބޮޑެތި ބަލިތަކަށް ޑޮކްޓަރީ ބޭސް 7 އަހަރުކޮށް ޝިފާ ނުލިބި ތިބި މީހުންނަށް ކަވާ ޖެހުމުން ޝިފާ ލިބިފައިވެއެވެ. އެފަދަ މީހުންނާއި ބައްދަލުކޮށް މައުލޫމާތު ސާފުކުރުމަށް މިމޭރުމުން ބުނި މީހާއަށް ނަބޭޙަތްތެރިވަމެވެ. އެފަދަ މީހުން ނުއެނގޭނަމަ ބައްދަލުކުރަންވެސް އެހީތެރިވެދޭނަމެވެ.

ރާއްޖޭގައި ތިއްބެވި އެންމެ ފުންނާބު އުސް، އެންމެ ގިނަ ބައެއްގެ ތާއީދާއި ލޯބި ލިބިވަޑައިގެންފާ ޑރ. ޢަބްދުﷲ ނިޔާފްގެ މި ޓްވީޓް ވިދާޅުވުމަށްވެސް ދައުވަތު އަރުވަމެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް