އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވެހިކަލް އެތެރެކުރަނީވެސް ދުއްވަނީވެސް ސަރުކާރުން ބުނާ ވަރަކަށް ފައިސާ ދީފަ- އަދަބު ދޭންޖެހޭނީ ވެހިކަލްތަކަށްތަ؟

ވެހިކަލް އެތެރެކުރަނީވެސް ދުއްވަނީވެސް ސަރުކާރުން ބުނާ ވަރަކަށް ފައިސާ ދީފަ- އަދަބު ދޭންޖެހޭނީ ވެހިކަލްތަކަށްތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 28 ސިކުންތު

ވެހިކަލްތަކުން މާލެ ތޮއް ޖެހުމުން ސިޓީ ކައުންސިލުން ކަންބޮޑުވާއިރު ގަރާޖް ނެތި އެތެރެކޮށްދީފައިވާ ވެހިކަލްތަކަށް ފިޔަވަޅު ނާޅަނީ ކީއްވެގެން ހެއްޔެވެ؟ ސަރުކާރަށް ބޮޑެތި އަދަދުތަކުން އިމްޕޯޓް ޑިޔުޓީގެ ފައިސާ ލިބޭތީ އެކަން ބަލާނެ ފަރާތެއް ކޮބައިތޯއެވެ؟ ވެހިކަލް އެތެރެކުރުވައިގެން ގިނަ އަދަދެއްގެ ފައިސާ ބޭނުންވެއެވެ. ނަމަވެސް ވެހިކަލް ޕާކުކޮށްގެންވާކަށް ނެތެވެ. މިއަރަތް ކިޔައިދޭން އެބަ ޖެހެއެވެ.

ފުރަތަމަ ކަމަކަށް ކުރަންޖެހޭ ކަމަކީ ޤާނޫނާ ޚިލާފަށް، ގަރާޖެ ނެތި ވެހިކަލްތައް އެތެރެކުރުވި މީހުންގެ މައްޗަށް ފިޔަވަޅު އެޅުން ނޫންތޯއެވެ؟ އެއަށްފަހު އަގު ނަގާފައިވެސް ޕާކް ކުރާނެތަން ދައްކަންވީ ނޫންތޯއެވެ؟ ރީނދޫ ރޮނގު ދަމައިގެންނާއި ކޯން ބަހައްޓައިގެން ޕާކިންގ ސްޕޭސް ކުޑަ ކުރީމާ ދެން ދެން ތިބެންވީ ވެހިކަލުން ނުފާބައި އަބަދު ދުއްވަދުއްވައިތޯއެވެ؟

މާލޭގައި ވެހިކަލްތައް ގިނަވެގެން ކަންބޮޑުވާއިރު ސަރުކާރުން ކާރުކޮޅު ދެއްވާ މީހުންގެ އަދަދު ފާއިތުވި 10 އަހަރު ވަނީ 500 އިންސައްތަ އިތުރުވެފައެވެ. އަދިވެސް ދަނީ އިތުރުވަމުންނެވެ. ވާން އޮތީވެސް އިތުރެވެ. އެ ކާރުކޮޅުތައް މަގުމަތީގައި ޕާކުކުރުމުންނާއި ދުއްވުމުން މަގުތަކެއް ނުފުރޭނެތޯއެވެ؟ ހަމައެކަނި ފުރޭނީ ޢާންމުން ވެހިކަލް ބޭނުން ކުރުމުންތޯއެވެ؟

އެއްވެސް މީހަކު އަތް ދަހަކަށް ލައިގެން ސިއްރުން ވެހިކަލެއް އެތެރެކުރިކަމެއް އަދި އެނގިފައެއް ނެތެވެ. އެނގޭ ގޮތުން ހުރިހާ ވެހިކަލްތަކެއްވެސް އެތެރެކުރަނީ ކަސްޓަމްސް އާއި ޕޯޓް އޮތޯރިޓީން ދޫކުރުމުންނެވެ. ދޫކުރަނީ ސަރުކާރަށް ދައްކަން ޖެހޭ ފައިސާ ދެއްކުމުންނެވެ. މަގުތަކުގައި ދުއްވެނީ ސަރުކާރަށް ދައްކަން ޖެހޭ އަހަރީ ފީ ދެއްކުމުންނެވެ. އެހެންކަމުން ސަރުކާރަށް ލިބެންޖެހޭ ފައިސާ އިން ސަރުކާރުން ކަނޑައަޅާ ވަރަކަށް ލިބެމުންދާއިރު މިހާރު ހުރި ވެހިކަލްތަކަށް އަދަބު ނުދީ މައްސަލަ ހައްލު ކުރެވޭނެ ގޮތެއް ވަރަށް މުހިންމު ކަމަށް ފާހަގަކުރެވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް