އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޕަބްޖީ ކުޅުންތެރިންނަށް ޚާއްސަ ހަދިޔާއެއްގެ އުރީދޫ އިން ތައާރަފްކޮށްފި.

ޕަބްޖީ ކުޅުންތެރިންނަށް ޚާއްސަ ހަދިޔާއެއްގެ އުރީދޫ އިން ތައާރަފްކޮށްފި.


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 51 ސިކުންތު

އުރީދޫ މޯލްޑިވްސް އަކީ ކަސްޓަމަރުންގެ ތަފާތު ބޭނުންތަކަށް އެކަށޭނެގޮތަށް ފަރުމާކޮށް، ތަފާތު އެތައް ޕެކޭޖުތަކާއި ޕްރޮމޯޝަންތައް ފޯރުކޮށްދޭ ކުންފުންޏެކެވެ.

މިގޮތުން، އުރީދޫ އިން ވަނީ މޮބައިލް ގޭމް ކުޅުންތެރިންގެ ބޭނުންތަކަށް ވިސްނައި، ރާއްޖެއާއި ރާއްޖޭން ބޭރުގައިވެސް މަޤްބޫލުކަން ހޯދާފައިވާ ޕަބްޖީ ކުޅުމަށް ޚާއްސަ ޑޭޓާ ޕެކްތަކެއް ތައާރަފްކޮށްފައެވެ. މީގެތެރޭގައި، ޕަބްޖީ ކުޅުންތެރިންނަށް އެންމެ އުފާވެރި ޚަބަރަކަށް ވެގެންދާނީ، އެންމެ 250ރފ. އަށް ލިބިގެންދާ ޕަބްޖީ އަންލިމިޓެޑް ޕެކްއެވެ.

"ޕަބްޖީ އަކީ ރާއްޖޭގައި އެންމެ މަޤުބޫލުކަން ހޯދާފައިވާ އެއް ގޭމު. އަދި މި ގޭމު ކުޅުމުގައި، އާއިލާ އާއި ރައްޓެހިންނާއި އެކު ގިނަ އަދަދެއްގެ ވަގުތު ކަސްޓަމަރުން ހޭދަކުރަމުންދޭ. އުރީދޫގެ 4ޖީ+ ނެޓްވަރކް ބޭނުންކުރައްވާ ކަސްޓަމަރުންނަށް، ޑޭޓާ ބޭނުންކުރާގޮތް ދެނެގަނެ ކޮންޓްރޯލް ކުރުމަށް ޕަބްޖީ ޕެކްތަށް އެހީތެރިވެ، އެކުވެރިންނާއި އެކު ބޭނުން ވަގުތަކު ޕަބްޖީ ކުޅުމަށް ފަސޭހަކޮށްލަދޭ." އުރީދޫގެ ސީއީއޯ، ނަޖީބް ޚާން ވިދާޅުވިއެވެ.

ޕަބްޖީ ޕްލޭންތައް ޚިޔާރުކުރުމަށް، މައި އުރީދޫ އެޕް މެދުވެރިކޮށް، ނުވަތަ 5555 އަށް ޕެކޭޖުގެ ކީވޯޑު އެސް.އެމް.އެސް ކުރައްވާށެވެ. ހަމައެހެންމެ، *929*5*1#  އަށް ގުޅާލުމުންވެސް، ފަސޭހަކަމާއި އެކު މި ޚިދުމަތް ޚިޔާރުކުރެވޭނެއެވެ.

އުރީދޫގެ ޕަބްޖީ ޕެކްތަކާއި ބެހޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް، www.ooredoo.mv އަށް ޒިޔާރަތްކުރައްވާށެވެ.

އުރީދޫ އިން އަބަދުވެސް މަސައްކަތްކުރަމުންދާނީ، ކަސްޓަމަރުންގެ ތަފާތު ބޭނުންތަކަށް އެކަށޭނެ ޚިދުމަތްތަކާއި ޓެކްނޮލޮޖީތަކާއި ގުޅުވާލަދީ، އެބޭފުޅުންގެ ޑިޖިޓަލް ޙަޔާތަށް އިތުރު ފުރިހަމަކަމާއި ފާގަތިކަން މަގުފަހިކޮށްދިނުމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު