އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަމަޟާން މަހުގެ ފަހު ދިހައިން ފެށިގެން އަޅުކަންކުރަން ތިބެނީ ޝައިޠާނާގެ ކަސްތޮޅުގައިވާ މީހުން! - އެމީޙުން ދާނީ ފަނުފުލުން!

ރަމަޟާން މަހުގެ ފަހު ދިހައިން ފެށިގެން އަޅުކަންކުރަން ތިބެނީ ޝައިޠާނާގެ ކަސްތޮޅުގައިވާ މީހުން! - އެމީޙުން ދާނީ ފަނުފުލުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 42 ސިކުންތު

ރަމަޟާން މަސް ފެށެން ދާދި ގާތްވެއްޖެއެވެ. އެކަމަށް ގިނަ ބައަކު ތައްޔާރުވެސް ވެއްޖެއެވެ. ނަމަވެސް ގިނައީ ތައްޔާރު ނުވާ މީހުންނެވެ. އެމީހުން ތައްޔާރުވާން ފަށާނީ ރަމަޟާން މަސް ލައިގަތުމުންނެވެ. އެމީހުންނަށް ވިސްނިފައި އޮންނަނީ ރަމަޟާން މަހަކީ ހަމައެކަނި ފަހު ދިހަ ކަމަށެވެ.

މީސަތކުންނޭވެ! މިއީ ވަރަށް ނުރަނގަޅު ވިސްނުމެކެވެ. ރަމަޟާން މަހަށް ތައްޔާރުވެވަޑައިގަންނަވަން ޞަހާބީން ރަޖަބް މަހުން ފެށިގެން މަސައްކަތް ފަށްޓަވައެވެ. ރަޖަބް މަހާއި ޝަޢްބާން މަސް އެބޭކަލުން ހޭދަކުރައްވަވަނީ ރަމަޟާން މަހަށް މިހާރުގެ ބަހުރުވައިންނަމަ "ޕްރެކްޓިސް" ކުރެއްވުމަށެވެ. ޝަޢްބާން މަހު ޕްރެކްޓިސްތައް" އިތުރުކުރައްވަވައެވެ. 

ރަމަﷲާން މަސް ފެށިގެންދަނީ މަހުގެ ފަހު ދިހައަކުން ނޫނެވެ. ފުރަތަމަ ރެއިން ފެށިގެންނެވެ. ވީމާ ރަމަޟާން މަސް އެދޭމީހަކަށް އޮތީ ރަމަޟާން މަހަށް ހަނދު ބެލީންސުރެ އެމަހުގެ ބަރަކާތް އެންމެ ފުރިހަމަ ގޮތުމަށް ގަދައަޅައި މަސައްކަތް ކުރުމެވެ. ފުރަތަމަ ރެއިން ފެށިގެން އެކަމަށް ގަދައަޅައި މަސައްކަތް ނުކޮށްފި މީހަކަށް ރަމަޟާން މަހުގެ ފުރިހަމަ ސަވާބު ލިބިގެން ދިއުމަކީ ދުރުކަމެކެވެ. 

ﷲ ތަޢާލާއީ މީހަކު ކުރާ ކިތަންމެ ކުޑަ ކަމަކުން ކިތަންމެ ބޮޑު ނިޢްމަތެއްވެސް މިންވަރު ކުރެއްވެވުމަށް ކުޅަދުންވަންތަ އިލާހްއެވެ. އެހައިމެ ދީލަތިވަންތަކަން ބޮޑު އިލާހެއެވެ. ނަމަވެސް އެއިގެ މާނައަކީ ﷲ ތަޢާލާ ދެއްވަވާ ނިޢްމަތްތައް ލިބިގަތުމަށް ޣާފިލުވެގެން ހުރުމެއް ނޫނެވެ. ނިޢްމަތްތައް ލިބިގަތުމަށް އެމީހަކަށް ވެވުނު ވަރަކުން ގަދައަޅައި މަސައްކަތްކުރަން ޖެހޭނެއެވެ. ނިޢްމަތްތަކަށް އެދެން ޖެހޭނީ އެމީހަކަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރުމާއިއެކުގައެވެ.

ވީމާ ފަހު ދިހަ އަންނަންދެން އިންތިޒާރު ނުކުރާށެވެ. ފަހު ދިހައިގައި މަސައްކަތްކުރަން އިންތިޒާރުކުރާ މީހާއަށް ވާނެ ގޮތަކީ ފަހު ދިހަ އައުމުން ދެން ބެލޭނީ އޮނަހިރި ރޭތަކަށެވެ. އެންމެފަހުން ދާނީ އެއްވެސް މަސައްކަތެއް ނުކުރެވިއެވެ. 

ފަހު ދިހަ އައުމުން ރޭ އަޅުކަން ކުރުން އިތުރުކުރަންވާނެއެވެ. އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. ނަމަވެސް އެކަން ކުރެވޭނީ ހަމަ ފުރަތަމަ ރެއިން ފެށިގެންވެސް ގަދައަޅައި މަސައްކަތްކުރާ މީހަކަށެވެ. ސަބަބަކީ ފަހު ދިހަ އަންނަންދެން އިންތިޒާރު އެކުރެވެނީ ޝައިޠާނާގެ ބަހަށެވެ. އެފަދަ މީހުންނަކީ ވަރަށް ބޮޑަށް ޝައިޠާނާގެ މަޅީގައި ޖެހި ބަނދެވިފައިވާ މީހުންނެވެ. ޝައިޠާނާގެ މަޅީގައި އެވަރަށް ބަނދެވުމުން އެމަޅިން ނެއްޓިގަތުމަކީ އެހައި ފަސޭހައިން ކުރެވޭނެ ކަމެއް ނޫނެވެ. ވީމާ މިހާރުންސުރެ މިފަދަ ކަންކަމަށް ވިސްނައި ރަމަޟާން މަހަށް ތައްޔާރުވުމަށް ގަދައަޅައި މަސައްކަތްކުރަން ންޞޭޙަތްތެރިވެ ވަޞިއްޔަތް ކުރަމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް