އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މާފުށީ ޖަލުގަ ގައިދީންނަށް އެކަހެރި ބައްދަލުވުމަށް 2 އެޕާރޓްމަންޓާއި ލޯންޑްރީއެއް ހުޅުވައިފި

މާފުށީ ޖަލުގަ ގައިދީންނަށް އެކަހެރި ބައްދަލުވުމަށް 2 އެޕާރޓްމަންޓާއި ލޯންޑްރީއެއް ހުޅުވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 15 ސިކުންތު

މާފުށި ޖަލުގައި ޤައިދީންނަށް ޚާއްޞަކޮށްގެން ލޯންޑްރީ އަކާއި، އެކަހެރި ބައްދަލުވުންތަކަށް ޚާއްޞަ 2 އެޕާރޓްމަންޓް މިއަދު ހުޅުވައިފި އެވެ.

ލޯންޑްރީ އާއި އެޕާރޓްމަންޓް ހުޅުއްވާ ދެއްވީ، މާފުށީ ޖަލުގެ ޑައިރެކްޓަރ، އެސިސްޓެންޓް ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އަހުމަދު ރިޒާ އެވެ. 

މިއަދު ހުޅުވި ލޯންޑްރީއަކީ، އަންހެން ޤައިދީން ބައިތިއްބާފައި ތިބޭ ޔުނިޓް ގައި އަންހެން ޤައިދީން ބޭނުންކުރުމަށް ހުޅުވި ލޯންޑްރީއެކެވެ.

މި ލޯންޑްރީއަކީ، އޮފިސަރުންގެ ބެލުމުގެ ދަށުން އަންހެން ޤައިދީން އެއްޗެހިދޮވުމަށް ޚާއްޞަކޮށްގެން ހުޅުވި ލޯންޑްރީއެކެވެ. އަދި މި މަސައްކަތަކީ، ޤައިދީންނަށް އުޖޫރަދީގެން ކުރުވުމަށް ހަމަޖެހިފައިވާ މަސައްކަތެކެވެ.

މީގެ އިތުރުން ކައިރި މުސްތަޤްބަލެއްގައި ފިރިހެން ޤައިދީން ބޭނުންކުރުމަށް ފިރިހެން ޤައިދީން ބައިތިއްބާފައި ތިބޭ ޔުނިޓްގައި ވެސް ލޯންޑްރީ އެއް ހުޅުވުމަށް ވަނީ ހަމަ ޖެހިފަވެއެވެ.

މީގެ އިތުރުން އެކަހެރި ބައްދަލުވުމަށް ޚާއްޞަ އިތުރު 2 އެޕާރޓްމަންޓް މިއަދު ހުޅުވާފައިވާއިރު އެކު މުޅި އެކު 4 އެޕާރޓްމަންޓް އެކަހެރި ބައްދަލުވުންތަކަށް މިހާރު ބޭނުންކުރެވެމުން ދާނެކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިން އިން ހާމަކުރިއެވެ

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އައިޝަތު އަލީ