އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެންސީއޭ އަލްކައުން މަދަޙަ މުބާރާތް ފަށައިފި

އެންސީއޭ އަލްކައުން މަދަޙަ މުބާރާތް ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 1 ސިކުންތު

ސްކޫލްމަދުރަސާ ތަކުގެ ދަރިވަރުންނާއި ޢާންމު ފަރުދުންގެ މެދުގައި މަދަޙަ ކިޔުމުގެ ފަންނު އާލާކުރުމުގެ މަޤުޞަދުގައިރަމަޟާންމަހަށް ޚާއްޞަކޮށްގެން ނޭޝަނަލް ސެންޓަރ ފޮ ދި އަރޓްސް އާއި އަލްކައުން ގުޅިގެންއިންތިޒާމުކުރާ"އެންސީއޭ އަލްކައުން މަދަޙަ މުބާރާތް "ރަންއަޑު"1440" މިއަދު ފެށައިފިއެވެ.

މިއީ ވިދިވިގެން މިމުބާރާތް ބާއްވާ ފަސްވަނަ އަހަރެވެ.

މިމުބާރާތް އޮންނާނީ އެޕްރީލު 23 އިން 24 އަށް އޮލިމްޕަހުގައެވެ.

މިދިޔަ އަހަރެކޭވެސް އެއްފަދައިން މިއަހަރުގެ މުބާރާތްވެސް ވަނީ މުޅިރާއްޖޭގެ ހުރިހައި ސްކޫލަކަށް ހުޅުވާލެވިފައެވެ. މިއަހަރުގެ މުބާރާތުގައި ރާއްޖޭގެ 42 ސްކޫލަކުން ބައިވެރިވިއެވެ. މީގެ އިތުރުން އަމިއްލަ ގޮތުންވެސް މިމުބާރާތުގައި ދަރިވަރުން ވަނީ ބައިވެރިވެފައެވެ.

މިއަހަރުގެ މުބާރާތުގައި ޖުމްލަ 398 ކުދިން ބައިވެރިވިއެވެ. ސްކޫލްތަކުން 355 ދަރިވަރުންނެވެ. އަދި އަމިއްލަގޮތުން 46 ކުދިންނެވެ.

މި މުބާރާތަކީ މިނިސްޓްރީއޮފް އެޑިއުކޭޝަނުން އެކުލަވާލާފައިވާ ސްކޫލް އެކްޓިވިޓީ ކަލަންޑަރ 2019 ގައި ހިމެނިފައިވާ މުބާރާތެކެވެ. މުބާރާތުގެ ރެކޯރޑިންގ 1440 ވަނަ އަހަރުގެ ރަމަޟާން މަހުގެ ކޮންމެދުވަހަކު އަލްކައުން ޓީވީ ޗެނަލް އިން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

މިމުބާރާތް ބޭއްވެނީ 09 އަހަރުން ދަށް، 11 އަހަރުން ދަށް ، 13 އަހަރުން ދަށް ، އަދި 16 އަހަރުން ދަށް، މި ޢުމުރު ފުރާތަކަށް ބަހާލައިގެންނެވެ.

މި މުބާރާތުގައި ފަޑިޔާރުކަން ކޮށްދެއްވަނީ މިދާއިރާގެ ފުންނާބު އުސް ބޭފުޅުން ކަމުގައިވާ ފަންނާނުމުޙައްމަދު ޢަބްދުލްޣަނީ (ތޭރަވާ) އާއި ފަންނާނު އިބްރާހީމް ޒައިދު ޢަލީ (ކުޑައިއްބެ) އާއި ފަންނާނު އިސްމާޢީލް މުބާރިކް އަދި ފަންނާނު މަޖީދު އިސްމާޢީލް އެވެ.

މި މުބާރާތުގައި މަދަޙަ ކިޔުން ކުރިއަށްދާއިރު ސްކޫލްތަކުގެ ދަރިވަރުންނާއި ބެލެނިވެރިނާއި މަންދޫބުންއަދި ޢާންމުންގެ ފަރާތުން ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބެމުންދާކަން ފާހަގަކުރެވެއެވެ.

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު