އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުށެއް ނުކުރާ އެއްވެސް ބައަކު މެރުމަށް އިސްލާމް ދީނަކު ނެތް! އެކަން ކުރަނީ ޖާހިލުކަމުން!: ޝައިޚް ޢަލީ ޒައިދު

ކުށެއް ނުކުރާ އެއްވެސް ބައަކު މެރުމަށް އިސްލާމް ދީނަކު ނެތް! އެކަން ކުރަނީ ޖާހިލުކަމުން!: ޝައިޚް ޢަލީ ޒައިދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 24 ސިކުންތު

އެބައަކީ މުސްލިމުން ނޫން ނަމަވެސް އެއްވެސް ކުށެއްނެތި މީހުން މެރުމަކީ، ޚާއްބަކޮށް އަނހެނުންނާއި ކުޑަކުދިން މެރުމަކީ އިސްލާމް ދީން ހުއްދަކުރާ ކަމެއް ނޫން ކަމަށާއި އެފަދަ ކަންކަން ކުރަނީ، ކުރާ ބައަކަށް އިސްލާމް ދީން ނުއެނގޭތީ ކަމަށް ޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިޚް ޢަލީ ޒައިދު ވިދާޅުވީ ސްރީލަންކާގައި، އިސްލާމް ދީނުގައި، އަންހެނުންނާއި ކުޑަކުދިން މަރައިލި މަރާލުމަކީ، ޙަޤީޤަތުގައި، ޞައްޙަ އިސްލާމް ދީން، އެބައިމީހުންނަށް ރޯފިލާފައި ނެތްކަމުގެ ހެއްކެއް ކަމަށެވެ. އެގޮތަށް ގޮސް އެތައް ބައަކު މަރަން އިސްލާމް ދީނުގައި ނެތް ކަމަށެވެ. އަދި ސްރީލަންކާގައި ދިން ޓެރަރިސްޓް ހަމަލާތަކަކީ ވަރަށް ނުބައި ޖާހިލު އަމަލުތަކެއް ކަމަށާއި އެފަދަ ކަންކަން ކުރުމުގެ ވިސްނުން ގެންގުޅޭ މީހުންނަށް ހިދާޔަތު ދެއްކެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ޢަދާވާތްތެރިންނާއި ކުރިމަތިލައި ަނގުރާމަ ކުރާއިރުވެސް އަންހެނުންނާއި ކުޑަކުދިންނާއި މުސްކުޅިންނާއި ބަލިމީހުން މެރުން އިސްލާމް ދީނުގައި ވަނީ ނަހީ ކުރައްވަވައިފައެވެ.

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް