އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިސްކަންދަރު ސްކޫލަށް 58 އަހަރު ފުރުން ފާހަގަ ކޮށްފި

އިސްކަންދަރު ސްކޫލަށް 58 އަހަރު ފުރުން ފާހަގަ ކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 10 ސިކުންތު

އިސްކަންދަރު ސްކޫލަށް 58 އަހަރު ފުރޭ މުނާސަބަތު ފާހަގަ ކުރުމަށް މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު އިސްކަންދަރު ސްކޫލުގައެވެ. 

އިސްކަންދަރު ސްކޫލަށް 58 އަހަރު ފުރޭ މުނާސަބަތުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ޞާލިޙް ވަނީ ސްކޫލުގެ ޑިޖިޓަލް ލައިބްރަރީ، ”ނޮލެޖް ހަބް“ އާއި އިސްކަންދަރު އޮކެސްޓްރާ ބޭންޑް އިފްތިތާޙް ކޮށްދެއްވައިފައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ”ސޭވިންގ އަވަރ ބިލަވްޑް ޕްލެނެޓް“ގެ ނަމުގައި އެސްކޫލްގައި ބާއްވާ އެގްޒިބިޝަން ވެސް ހުޅުއްވައިދެއްވައިފައެވެ. 

މި ހަފްލާގައި އިސްކަންދަރު ސްކޫލަށް 30 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ފަރާތްތަކަށް އެސްކޫލުން ދިން ހަނދާނީ ފިލާ އެފަރާތްތަކާ ހަވާލުކޮށްދެއްވީ ރައީސް ޞާލިޙް އެވެ.

މިއަދު ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި އިސްކަންދަރު ސްކޫލްގެ ދަރިވަރުން ތިމާވެއްޓަށް އަހުލުވެރިކުރުވުމަށްޓަކައި ހިންގޭ ޙަރަކާތްތަކުގެ ތެރެއިން ދަރިވަރުން ފެންބުއިމަށް ބޭނުންކުރާ  ތިމާވެއްޓާ ރަށްޓެހި ފުޅި، ޙަވާލުކުރުންވެސް ވަނީ އިފްތިތާޙްކޮށްފައެވެ. 

މި ރަސްމިއްޔާތުގައި ރައީސް ޞާލިޙް ވަނީ އިސްކަންދަރު ސްކޫލުގެ ”އީ ލައިބްރަރީ“ ބައްލަވާލެއްވުމަށްފަހު އެ ސްކޫލުގެ މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވައިފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އައިޝަތު އަލީ