އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފުލުހުންގެ ޚިދުމަތް މާއެނބޫދޫގައި ފަށައިފި

ފުލުހުންގެ ޚިދުމަތް މާއެނބޫދޫގައި ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 59 ސިކުންތު

ދ.އަތޮޅު މާއެނބޫދޫގައި ޕޮލިސް ޑެސްކެއް ޤާއިމްކޮށް ފުލުހުންގެ ޚިދުމަތްދޭން ފަށައިފިއެވެ.

މާއެނބޫދޫ ޑެސްކުގެ ޚިދުމަތް އިފްތިތާހުކުރުމުގެ ގޮތުން މިއަދު މާއެބޫދޫ ކައުންސިލް އިދާރާގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި، ޕޮލިސް ޑެސްކު ރަސްމީކޮށް ހުޅުއްވައިދެއްވީ މިނިސްޓްރީ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ އާއި ކަމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ދެއްކެވި ވާހަކަފުޅުގައި ފުލުހުންނަކީ ރައްޔިތުންނާއި ގުޅިގެން ވީހާވެސް ރައްތިތުންނާ ގާތުން ޚިދުމަތްދޭ ބައެެއް ކަމުގައިވުމަށާއި ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވާލަފައިވާ ފުލުހުންގެ ތަސައްވަރުގައިވާ ގޮތުގެމަތިން ރައްޔިތުންނަށް ބޭނުންތެރި ޚިދުމަތްތަކެއް ދިނުމަށް މަސައްކަތް ކުރުމަށް އެދިވަޑައިގެންނެވިއެވެ. އަދި  މާއެނބޫދޫގައި ފުލުހުންގެ ޑެސްކެއް ޤާއިމްވެގެން ދިއުމަކީ ފުލުހުންގެ ޚިދުމަތް ފުޅާކުރަން ކުރާ މަސައްކަތުގެ ހެއްކެއް ކަމަށާއި، ނިސްބަތުން ކޮންމެ އަދަދަކަށް ފުލުހުން ތިބިކަމުގައި ވިޔަސް ރައްޔިތުންނަށް އެކަށީގެންވާ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަކީ ފުލުހުންގެ އަމާޒުކަމުގައި ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމް އެފެއަރޒް ދެއްކެވި ވާހަކަފުޅުގައި ޤާނޫނު އަސާސީ އާއި ޤާނުނޫތަކުގައި ފުލުހުންގެ ހިދުމަތް ކަނޑައެޅިފައިވަނީ ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައިކަން ފާހަގަކޮށް، ފުލުހުން ކުރާ މަަސައްކަތްތަކުގައި ރައްޔިތުންގެ އެއްބާލުލުން ދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ފުލުހުންގެ ޚިދުމަތް ދިނުމަށް ޑެސްކެއް ޤާއިމް ކުރެވިގެން ދިއުމަކީ އެރަށެއްގައި ފުލުހުންގެ ޚިދުމަތް ދިނުމަށް އެޅިގެންދާ  ބިންގަލެއްކަމުގައި ފާހަގަކުރެއްވިއެވެ. އަދި ރަށެއްގައި ހިނގާ ކޮންމެކަމަށް  24 ގަޑިއިރު ޙާޟިރުވުމަކީ ފުލުހުންގެ އަމާޒުކަމުގައި ހަދައިގެން އެކަމަށް މަސައްކަތްކޮށްދެއްވުމަށް ހުރިހާ ފުލުހުންގެ ކިބައިން އެދިލެއްވިއެވެ.

 

މާއެނބޫދޫ ކައުންސިލްގެ ނައިބު ރައީސް މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ކުށުގެ ވެށިން ރައްކާތެރިވެފައިވާ މާހައުލެއް ބިނާކުރުމަށް ފުލުހުންގެ ޚިދުމަތް ލިބިގެން ދިއުމަކީ އުފާކުރާކަމެއްކަމަށާއި މިއަދު ފެށިގެން ދިޔަ މި ޚިދުމަތުގައި ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަން ލިބިގެންދާނެކަމަށް ވިދާޅުވިއެވެ. އަދި ސަރުކާރުން ފުލުހުންގެ ޚިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް ޝުކުރު އަދާކުރެއްވިއެވެ.

މާއެނބޫދޫ ޕޮލިސް ޑެސްކު ރަސްމީކޮށް ހުޅުއްވައި ދެއްވުމަށްފަހު މިނިސްޓަރ އޮފް ހޯމް އެފެއަރޒް އައްޝައިޚް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވަނީ ޕޮލިސް ޑެސްކު ބައްލަވާލައްވާފައެވެ.

މާއެނބޫދޫ ޕޮލިސް ޑެސްކު ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި  މިނިސްޓަރ އޮފް ހޯމް އެފެއަރޒް އައްޝައިޚް އިމްރާން އަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންމާނު ޔޫސުފް އާއި ޑިވިޜަނަލް ޕޮލިސިންގ ކޮމާންޑްގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ފައިރޫސް އާއި ފުލުހުންގެ އެކްޒެކެޓިވް ބައެއް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުންނާއި މާއެނބޫދޫ ކައުންސިލް މެމްބަރުންނާއި ރަށުގެ މުއައްސަސާތަކުގެ ވެރިންނާއި ރަށުގެ ކަމުވޮށިގެންވާ ފަރާތްތަކާއި ރައްޔިތުން ބައިވެރިވެލެއްވިއެވެ.

 

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އައިޝަތު އަލީ