އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޝްރީ ލަންކާގައި މޫނު ނިވާ ކުރުން މަނާ ކުރަނީ!

ޝްރީ ލަންކާގައި މޫނު ނިވާ ކުރުން މަނާ ކުރަނީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 41 ސިކުންތު

މިމަހުގެ 21 ވީ އާދީއްތަ ދުވަހު ޝްރީ ލަންކާގެ އެކި ކަންކޮޅުތަކަށް ދިން ހަމަލާތަކުގެ ސަބަބުން، އެޤައުމުގައި މޫނު ނިވާ ކޮށްގެން އުޅުން މަނާ ކުރުމަށް ލަންކާ ސަރުކާރުން މަޝްވަރާ ކުރަމުން އެބަދެއެވެ.

ލަންކާއަށް ދިން ހަމަލާތަކުގެ ސަބަބުން އެޤައުމުގެ 300 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، އެތައް ބަޔަކު ވަނީ ޒަޚަމް ވެފައެވެ. މިހަމަލާތައް ދިނުމުގައި އައިއެސް ޖަމާޢަތުން ފުރިހަމަ ޒިންމާ ނަގާފައިވާއިރު، ޖާނުން ފިދާވުމުގެ ހަމަލާއާއި ބޮމާއިއެކު އަތުލައިގަނެވުނު ބައެއް މީހުން ތިބީ މޫނު ނިވާކޮށްގެންކަން (ނިޤާބް އަޅައިގެންކަން) ވަނީ ސީސީޓީވީ ފުޓޭޖް ތަކުން ވެސް ހާމަވެފައެވެ.

އެހެންކަމުން، އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރެއް ކަމަށްވާ އަޝޫ މަރަސިންގޭ ވަނީ، ޝްރީ ލަންކާގައި ނިޤާބް އަޅައިެގެން އުޅުން މަނާ ކުރުމަށް ބިލެއް ހުށަހަޅާފައެވެ.

މިދިޔަ އަންގާރަ ދުވަހު ހުށަހެޅުނު އެބިލާއިމެދު ޔޫއެންޕީގެ މެމްބަރު އަޝު ބުނެފައިވަނީ، އެއީ ކުރިއަށް އިތްތާނގަައިވެސް އެޤައުމުގެ ސަލާމަތާއި ރައްކާތެރި ކަމަށް ވިސްނާފައި ހުށަހެޅި ބިލެއް ކަމަށެވެ.

އޭނާގެ ފޭސްބުކް ޕޭޖުގައި އެބިލުގެ ފޮޓޯއެއް ޕޯސްޓު ކުރަމުން އަޝޫ ބުނެފައިވަނީ މީގެ އެޤައުމުގެ ބައެއް ސަރަޙައްދުތަކަށް ވަންނައިރު ނިޤާބް ނަގައިގެން ވަނުމަށް މީގެ ކުރިން ވެސް އަންގާފައިވާނެ ކަމަށެވެ. ނިޤާބް އެޅުން އެއްކޮށް މަނާ ކުރަން ގަސްދުކުރީ، ޓެރަރިސްޓް ހަމަލާތައް ދިނުމަށް ބައެއް ފިރިހެނުން މޫނު ބުރުގާގެ ބޭނުން ހިފަމުންދާތީ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

ޝްރީ ލަންކާގައި މޫނު ނިވާކޮށްގެން އުޅުން މަނާ ކުރަން ބިލެއް ހުށަހަޅާފައިވާއިރު، އެހަމަލާތަކަށްފަހު މިހާރުވެސް އެޤައުމުގެ ބައެއް ހޮޓާތަކާއި، ފިހާރަތަކާއި އަދި އެނޫންވެސް ގިނަ މީހުން ޖަމާވާ ގިނަ ތަންތާނގާއި، މޫނު އަޅައިގެން ވަނުން އެމީހުން އަމިއްލަައަށް ވަނީ މަނާ ކޮށްފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ