އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިރާގު މިދިޔަ އަހަރުގެ އާމްދަނީއަށް 2.8 ބިލިއަން ރުފިޔާ ލިބިފައިވޭ! ހިއްސާއަކަށް 11.91 ރުފިޔާ ބަހަން ފާސްކޮށްފި!

ދިރާގު މިދިޔަ އަހަރުގެ އާމްދަނީއަށް 2.8 ބިލިއަން ރުފިޔާ ލިބިފައިވޭ! ހިއްސާއަކަށް 11.91 ރުފިޔާ ބަހަން ފާސްކޮށްފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 47 ސިކުންތު

ދިރާގުގެ 30 ވަނަ އަހަރީ އާންމު ޖަލްސާ ފަށައިފިއެވެ.

ކުރުނބާ އައިލެންޑް ރިސޯޓުގައި މިރޭ ކުރިއަށްދާ މިޖަލްސާގައި ވާހަކަ ދައްކަވަމުން ދިރާގުގެ ޗެއާޕަރސަން އިސްމާއިލް ވަހީދު ވިދާޅުވީ، ދިރާގަކީ ރާއްޖޭގައި އެންމެ ޒަމާންވީ މުއާސަލާތީ ޚިދުމަތްދޭ ކުންފުންޏަށް ވެފައިވާއިރު، އެކުންފުނިން ވަރަށް ގިނަ ލަނުދަނޑިތަކެއް ހާސިލް ކުރެވިފައިވާ ކަމަށެވެ.

އެގޮތުން މިދިޔަ އަހަރު އެކުންފުންޏަށް 30 އަހަރު ފުރިފައިވާއިރު، ދިރާގުގެ އަމާޒަކަށް އަބަދުވެސް ވެފައިވަނީ ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު މުއާސަލާތީ ޚިދުމަތް ދިނުން ކަމަށެވެ.

2018 ވަނަ އަހަރު ދިރާގުގެ އާމްދަނީއަށް 2.8 ބިލިއަން ރުފިޔާ ލިބިފައިވާއިރު ފައިދާގެ ގޮތުގައި 905 މިލިއަން ރުފިޔާ ލިބިފައިވެއެވެ. 

މިދިޔައަހަރު ލިބުނު ފައިސާއިން މިފަހަރުގެ ޖަލްސާގައި ބައިވެރިވި 84 ހިއްސާދާރުން ބައިވެރިވިއެވެ. އަދި ކޮންމެ ހިއްސާދާރަކަށް ލިބެން ފާސްކޮށްފައިވަނީ 11.91 ރުފިޔާއެވެ. މިއީ ވޭތުވެދިޔަ އަހަރާއި އަޅާބަލާއިރު 69% އިތުރު އަދަދެކެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ