އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހަފްތާ ބަންދުގައި ފިލްމުތައް އަޅުވައި ކާނިވާ ބޭއްވުން ފަދަ ހަރަކާތް ހިންގުވަނީ ﷲ ތަޢާލާ އާއި ދުރުކުރުވުމަށެވެ! އެ މަޅީގައި ނުޖެހޭށެވެ!

ހަފްތާ ބަންދުގައި ފިލްމުތައް އަޅުވައި ކާނިވާ ބޭއްވުން ފަދަ ހަރަކާތް ހިންގުވަނީ ﷲ ތަޢާލާ އާއި ދުރުކުރުވުމަށެވެ! އެ މަޅީގައި ނުޖެހޭށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 50 ސިކުންތު

މިހާރަކަށް އައިސް މުސްލިމް ޤައުމުތަކުގައި ހަފްތާ ބަންދާއި ދިމާކޮށް އައު ފިލްމްތައް ރިލީޒް ކުރެއެވެ. ކުޅިވަރުގެ މަޖާތަކާއި ކާނިވާތަކާއި ވިޔަފާރި ބާޒާރުތައް ހުޅުވައިލައެވެ. އެމަޅީގައި ޖެހެނީ ގިނަ އަދަދެއްގެ ޒުވާނުން އެކަންޏެއް ނޫނެވެ. ހުރިހާ އުމުރެއްގެ މީހުންވެސް ޖެހެއެވެ. ﷲ ތަޢާލާ ގަންދީ ބުނަމެވެ. މިކަންކަމަކީ ޝައިޠާނާގެ މަޅީގައި މީސްތަކުން ޖައްސުވައިގެން ﷲ ތަޢާލާ އާއި މީސްތަކުން ދުރުކުރުވަން ހިންގާ ހަރަކާތްތަކެވެ. ބޭނުމަކީ ފަތިސްނަމާދާއި އަދި ހުކުރު ނަމާދަށް ވެސް ނުދެވޭ ގޮތަށް މީސްތަކުން ގަދަ ނިދީގައި ބެއިތިއްބުމެވެ. ހިތާމައަކީ މިކަންކަމަށް ހޭލުންތެރިނުވެވޭ ކަމެވެ. ޝައިޠާނާ އޭނާގެ އެޖެންޓުން ލައްވައި ހިންގުވާ މިފަދަ ހަރަކާތްތަކުގައި ބައިވެރިވެވޭ ކަމެވެ. 

ޢިޝާ ނަމާދަށްފަހު ވީހައި އަވަހަކަށް ނިދުމުގެ މުހިންމުކަން އެންމެންނަށްވެސް އެނގެއެވެ. ދަމު ނަމާދު ކޮށްލާނެ ވަގުތު އޮއްވައި ހޭލެވޭނީ ވީހައި އަވަހަކަށް ނިދައިގެންކަންވެސް އެނގޭނެއެވެ. ނަމަވެސް އަހަރެމެންނަށް މިހާރު ވެފައި މިތިބަ ގޮތަކުން އާޚިރަތް ދުވަހާއިމެދު ވިސްނައި ނުލެވެނީއެވެ. އަހަރެންގެ ކުރިމަތީގައި ރޭގަނޑު ނިދުން އަވަސްކުރަންޖެހޭ މިންވަރު ބުނަން ހެއްޔެވެ؟ 

އެއީ ފަހުން ބަލައިލުމުގެ، އަޑުއަހައިލުމުގެ ފުރުޞަތު އޮތް ދަރުސެއް ނަމަ ރޭގަނޑުގެ ނިދުން ލަސްކުރަން ޖެހޭ ގޮތަށް ބާއްވާ ދަރުސްތަކަށްވެސް ދިއުމެއް ނެތެވެ. އޮތީ އަވަހަށް ނިދުމެވެ. އަވަހަށް ނިދައި ފަތިހު ހޭލައި ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެ މަގުން ދުވަސް ފެށުމުގެ ފައިދާ މާބޮޑުވާނެއެވެ. ނަމަވެސް ފަހުން އަޑުއަހައިލުމުގެ ފުރުޞަތު ނެތް ގޮތަށް ބާއްވާ ދަރުސެއް ނަމަ އަޑުއަހައި ދީނުގެ ކަންކަން އޮޅުން ފިލުވާށެވެ. ދީނަށް އަމަލުކުރަން އެނގޭނީ ކަންކަން އެނގިގެންނެވެ. 

ކަން އޮތީ މިފަދައިން ނަމަވެސް މިކަމަށް ސަމާލުކަން ދެވެނީ ވަރަށް މަދު މީހަކަށެވެ. ފަތިސް ނަމާދުގެ ޖަމާޢަތުގައި ބައިވެރިވާ މަދު މީސްކޮޅަށެވެ. އެހެން އެންމެންނަކީ ހުޅަނގުގެ ތަހުޒީބު ބަލައިގަނެ ﷲ ތަޢާލާއަށް ބިރުވެތިނުވެ ނިދުން ލަސްކުރާ މީހުންނެވެ. މިއީ ބަހަނާ ދެއްކެން އޮތްކަމެއް ނޫނެވެ. ފެންނަން ހުރި ހަޤީޤަތެވެ. ފަހަރެއްގައި ތިމާ މިކުރާ ކަމަކީ ﷲ ތަޢާލާގެ އެންގެވުންތައް ބޮލާލައި ޖެހުންކަމަށް ތިމާއަށް ނުވިސްނިދާނެއެވެ. އެއީ ރޭގަނޑު ހިންގާ އެފަދަ ހަރަކާތްތައް ޝައިޠާނާ ޒީނަތްތެރިކޮށް ގިރިޓީކުރާ ވަރުން އެމަޅީގައި ޖެހެވިފައިވާތީއެވެ. 

މީސްތަކުންނޭވެ! ﷲ ތަޢާލާ އާއި ކުއްތަންވުމަށް އެދޭ މީހާއަށް އޮތީ މިބުނި މަގުން ކަންކަން ކުރުމެވެ. އަވަހަށް ނިދައި ފަތިސް ނަމާދު ވަގުތުމުގެ ކުރިއަށް ހޭލައި ދަމުނަމާދު ކުރުމެވެ. ފަތިސްވުމުން ޖަމާޢަތުގައި ފަތިސް ނަމާދުކުރުމެވެ. އެގޮތަށް އަމަލުކުރާނަމަ ދުވަހުން ދުވަހަށް ތިބާއަށް ދެވޭނީ ﷲ ތަޢާލާ އާއި ކުއްތަންވުން އިތުރުކުރެވެމުންނެވެ. އެއަސްވުރެ ފައިދާކުރާނެ ނިޢްމަތަކީ ކޮބައި ހެއްޔެވެ؟ 

ދަމު ނަމާދާއި ފަތިސް ނަމާދާއި ދެމެދު އެންމެ ކުޑަމިނުން ކީރިތި ޤްރްއާނުން އެންމެ ޞަފަޙާއެއް ނަމަވެސް ކިޔަވައިލެވޭތޯ ގަދައަޅައި މަސައްކަތްކުރާށެވެ. ތިބާއަށް ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ދާނީ ހަމަ އިތުރުވަމުންނެވެ. ޤަވާއިދުން މިކަންކަން ކުރަންފަށައިފި މީހަކަށް މިކަމުގެ ފޮނިމީރުކަން އިސާހިތަކު ފެންނަން ފާށާނެއެވެ. އެކަންކަން ކުރާ ހިތުން ނުވެސް ނިދޭނެއެވެ. 

ފަތިސް ނަމާދަށް އެއްގޮތަކަށް ނުހޭލެވޭ ޒުވާނުން ގާތު އަހަރެން ކުރި އާދޭހަށް ހަފްތާއަކު އެންމެ ރެއަކު ޖަމާއަތުގައި ފަތިސް ނަމާދުކުރަން ފެށުމުން މިއަދު އެމީހުން އެތިބީ ކޮންމެ ރެއަކު ފަތިސް ނަމާދަށް ހޭލެވޭ މީހުން ކަމަށްވެފައެވެ. އެތައް ސަތޭކަ ޒުވާނުންނަށް އެކަން ވަނީ ތަޖުރިބާ ކުރެވިފައެވެ. އެމީހަކު އެކަމަކަށް ނިޔަތް ގަނެ ޢަޒުމް ކަނޑައެޅުމުން އެމީހަކަށް އެކަމަށް މަގު ދައްކަވާނެއެވެ. މަސައްކަތް ނުކޮށް ޣާފިލުވެފައި ތިބެގެން އެއްވެސް ކަމެއް ޙާޞިލެއް ނުކުރެވޭނެއެވެ! ވީމާ މިބުނެދިން ކަންކަމަށް އިތުރަށް ސަމާލުކަންދޭށެވެ! ﷲ ތަޢާލާގެ ހެޔޮ ރަޙްމަތްފުޅު ތިބާއަށް އޮހެމުންދާނެއެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް