އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެފްއެސްއެމް ޕެޓްރޯލް ޝެޑެއް އިންޑަސްޓްރިއަލް ވިލެޖްގައި ހުޅުވައިފި

އެފްއެސްއެމް ޕެޓްރޯލް ޝެޑެއް އިންޑަސްޓްރިއަލް ވިލެޖްގައި ހުޅުވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 35 ސިކުންތު

މާލޭ އިންޑަސްޓްރިއަލް ވިލެޖްގައި ހަދާފައިވާ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ޕެޓްރޯލް ޝެޑް ހުޅުވައިފިއެވެ. 

އެފްއެސްއެމުން ބުނެފައިވަނީ ކަސްޓަމަރުންނަށް ފަސޭހައިން ހިދުމަތްދިނުމަށް މިޕެޓްރޯލް ޝެޑުގައި 8 ޕަމްޕު ހުންނާނެކަމަށާއި ހިދުމަތް ދޭނީ ހެނދުނު 8:00 ރޭގަނޑު 11:00 އަށް ކަމަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 2:00 އިން ރޭގަނޑު 11:00 އަށް ކަމަށް އެފްއެސްއެމުން ވަނީ މައުލޫމާތު ދީފަ އެވެ. 

މި ޝެޑް ހުޅުވުމާ ގުޅިގެން ސިނާއީ ސަރަހައްދުގައި މީގެކުރިން ހިންގަމުން ގެންދިޔަ ވަގުތީ ޕެޓްރޯލް ޝެޑް ވަނީ ބަންދުކޮށްފައެވެ.

އެފްއެސްއެމްގެ ޕެޓްރޯލް ޝެޑްތަކުން ކުރިއަށް އޮތް ރޯދަ މަހު މެންދަމު 1:00 ޖަހަންދެން ހިދުމަތް ދިނުމަށް ވަނީ ނިންމާފަ އެވެ. 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު