އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފިސްތޯލަ މައްސަލައިގަ އަދީބަށް ކުރި ހުކުމް ބާތިލު ކޮށްދޭން އެދިއްޖެ!

ފިސްތޯލަ މައްސަލައިގަ އަދީބަށް ކުރި ހުކުމް ބާތިލު ކޮށްދޭން އެދިއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 25 ސިކުންތު

މޭޑޭގައި ފިސްތޯލައެއް ގެންގުޅުއްވިކަމުގެ ދައުވާ ސާބިތުވެ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އިއްވާފައި 10 އަހަރު ދުވަހުގެ ޖަލު ހުކުމް ބާތިލު ކޮށްދެއްވުމަށް ދައުލަތުން ސުޕްރީމް ކޯޓުގައި އެދިއްޖެއެވެ. 

ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އިސްތިއުނާފުގެ އަޑުއެހުމުގައި ދައުލަތުން ވަނީ، ދަށު ކޯޓުން އަދީބުގެ މައްޗަށް އިއްވާފައިވާ ހުކުމް ބާތިލު ކޮށްދިނުމަށް ބޭނުންވާ ސަބަބުތައް ހާމަކުރައްވާފައެވެ. އެގޮތުން ދައުލަތުން ވިދާޅުވެފައިވަނީ އަދީބު ފިސްތޯލައެއް ގެންގުޅުއްވިކަން، ހެކިންގެ ހެކިބަހުން ސާބިތު ނުވާ ކަމަށެވެ.

އެޙުކުމް އަދީބުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން ދަޢުލަތުން ވަނީ އަދީބު ގެންގުޅުނު ފިސްތޯލައަކީ އަސްލު ފިސްތޯލައެއްކަން ހެކިންގެ ހެކިބަހުން ސާބިތުނުވާ ކަމަށް ވިދާޅުވެފައެވެ. އަދި ހެކިބަސްދިން ދެމީހަކު ބުނެފައިވަނީ އެހެކިންނަށް ޔަގީންނުވާ އަދި އެމީހުންނަށް ޤަބޫލުކުރެވޭ ވާހަކަތަކެއްކަމަށްވާތީ އެމައްސަލައިގައި އަދުލުވެރި ޙުކުމެއް ކޮށްދިނުމަށް ދައުލަތުން ވަނީ ސުޕްރީމް ކޯޓުގައި އެދިވަޑައިގެންފައެވެ.

އެކަމާއިގުޅިގެން ފިސްތޯލައެއް އެއްވެސް ސިފައެއްގައި ގެންގުޅުނިންތޯ ފަނޑިޔާރުންގެ ބެންޗުން އަދީބާ ސުވާލުކުރެއްވުމުން އޭނާ ވިދާޅުވީ ފިސްތޯލައެއް ގެންގުޅުނުކަމަށް ބުނެ އޭނާއަށް ދައުވާކުރީ އޭރު އަދާކުރައްވަމުންގެންދެވި ދިވެހިރާއްޖޭގެ ނާއިބު ރައީސްގެ މަޤާމުން ވަކުކިކުރުމަށް ކަމަށާއި، އެހެންކަމުން އެއީ ސިޔާސީ ދައުވާއެއްކަމަށެވެ. އަދި އޭނާއާއި ދެކޮޅަށް ދިން ސިއްރު ހެކިން ދިން ހެކިބަހަކީ ކަނޑައެޅިގެން ދޮގު ހެކިބަސްތަކެއް ކަމަށާއި، ދުވަހަކުވެސް ފިސްތޯލެއް ނުގެންގުޅުއްވާކަމުގައި އަޙްމަދު އަދީބު ވިދާޅުވިއެވެ.

ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުން އަދީބުގެ މައްޗަށް އިއްވި 10 އަހަރުގެ ޖަލު ޙުކުމާއި އަދި ހައިކޯޓުން އެހުކުމަށް ތާޢީދުކުރީވެސް އޭރު ދައުލަތުން އެގޮތަށް ވަކާލާތުކުރުމުންކަމަށްވާއިރު، އެކަމާއި ގުޅޭގޮތުން މިހާރު ދައުލަތުގެ ފަރާތުން އެދޭގޮތް ސާފުކޮށްދިނުމަށް ފަނޑިޔާރުންގެ ބެންޗުން އެދުމުން ޕީޖީގެ ވަކީލު ވިދާޅުވީ މިމައްސަލާގައި ކްރިމިނަލް ކޯޓުގައި ދީފައިވާ ހެކިބަސްތަކުން ޝައްކެއްނެތް މިންވަރަށް މައްސަލަ ސާބިތުނުވާކަމަށާއި، މިކަން ސާބިތުކުރުމަށް

ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުން އަދީބުގެ މައްޗަށް އިއްވި 10 އަހަރުގެ ޖަލު ޙުކުމާއި އަދި ހައިކޯޓުން އެހުކުމަށް ތާޢީދުކުރީވެސް އޭރު ދައުލަތުން އެގޮތަށް ވަކާލާތު ކުރުމުންކަމަށްވާއިރު، އެކަމާއި ގުޅޭގޮތުން މިހާރު ދައުލަތުގެ ފަރާތުން އެދޭގޮތް ސާފުކޮށްދިނުމަށް ދަޢުލަތުގެ ވަކީލުންގެ އަރިހުން ފަނޑިޔާރުންގެ ބެންޗުން ވަނީ އެދިވަޑައިގެންފައެވެ.

ދަޢުލަތުގެ ވަކީލު ވިދާޅުވީ މިމައްސަލާގައި ކްރިމިނަލް ކޯޓުގައި ދީފައިވާ ހެކިބަސްތަކުން ޝައްކެއްނެތް މިންވަރަށް މައްސަލަ ސާބިތުނުވާކަމަށާއި، އަދީބު ގެންގުޅުނީ ފިސްތޯލެއްކަން ޔަގީންކުރުމަށް ޙަބީރުންގެ [ކަމާ ގުޅޭ ތަޖުރިބާކާރުންގެ] ހެކިބަހާއި، ފުރިހަމަ ތަޙުގީގު ރިޕޯޓެއް ހުށަހަޅަންޖެހޭކަން މައްސަލަ ރިވިއުކުރުމުން އެނގިގެން ދިޔަކަމަށެވެ. އެހެންކަމުން ކުރިމިނަލް ކޯޓާއި ހައިކޯޓުގެ ޙުކުމްވެސް ވެސް ރަނގަޅު ނޫންކަމަށް ދައުލަތުގެ ވަކީލުން ވިދާޅުވިއެވެ.

މިމައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި މައްސަލައާއި ގުޅޭ ފަހު ފުރުސަތު އަދީބަށް އެރުވުމުން އޭނާގެ ވަކީލު ވިދާޅުވީ، އަދީބުގެ ފަރާތުން ހުށަހެޅި ހުށަހެޅުންތަކަށް ޕީޖީ އޮފީހުންވެސް އިއުތިރާފްވެފައިވާ ކަމަށެވެ. އެހެންކަމުން ކްރިިނަލް ކޯޓުން ކުރި ޙުކުމާއ އަދި ދަށު ކޯޓުގެ ޙުކުމަށް ހައިކޯޓުން ތާޢީދުކޮށް ކުރި ޙުކުމަކީވެސް ބާތިލް ދެ ޙުކުމްކަން ސާފުވެގެން ހިނގައްޖެ ކަމަށް އަދީބުގެ ވަކީލު ވަނީ ވިދާޅެވެފައެވެ. އެހެންކަމުން ދަޢުލަތުން އެދުނު ގޮތަށް އަދީބުގެ މައްޗަށް އިއްވާފައިވާ ޙުކުމް ބާތިލުކުރުމަށް އަދީބުގެ ވަކީލުވެސް ވަނީ ފަނޑިޔާރުންގެ ބެންޗުގައި ދަންނަވާފައެވެ.

މިއަދުގެ ޝާރީއަތް ނިންމާލައްވަމުން މިމައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނެވި އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު އަބްދުﷲ ދީދީ ވިދާޅުވީ މިމައްސަލާގައި ދެން އޮންނާނީ ޙުކުމް އިއްވުންކަމަށެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ