އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަބަދުވެސް އިޞްލާޙްކުރަން ޖެހޭ ކަންތައްތައް ހުންނާނެ - ހުތުރުބަސްތައް ނުބުނެ ކަންކަން އިޞްލާޙްކުރަން މަސައްކަތް ކުރުމަށް ޤާސިމް އެދިވަޑައިގެންފި

އަބަދުވެސް އިޞްލާޙްކުރަން ޖެހޭ ކަންތައްތައް ހުންނާނެ - ހުތުރުބަސްތައް ނުބުނެ ކަންކަން އިޞްލާޙްކުރަން މަސައްކަތް ކުރުމަށް ޤާސިމް އެދިވަޑައިގެންފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 41 ސިކުންތު

އަބަދުވެސް އިޞްލާޙްކުރަން ޖެހޭ ކަންތައްތައް ހުންނާނެ ކަމަށާއި އެހެންކަމާއިއެކުވެސް  ހުތުރުބަސްތައް ނުބުނެ ކަންކަން އިޞްލާޙްކުރަން މަސައްކަތް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކިބައިން މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމް އެދިވަޑައިގެންފި އެވެ.  

18 ވަނަ ދައުރު ނިންމައިލުމަށް ބޭއްވި އެންމެ ފަހު ޖަލްސާ ނިންމަވައިލައްވަމުން ޤާސިމް އިބްރާހީމް ވިދާޅުވީ އަބަދުވެސް މަސައްކަތް ކުރަން ވާނީ މާޒީން ޢިބްރަތް ޙާޞިލުކޮށްގެން ކަމަށެވެ.  

ޤާސިމް އިބްރާހީމް ވިދާޅުވީ 18 ވަނަ މަޖިލީހަކީ ހުށަހެޅުނު ގިނަ މަސައްކަތްތަކެއް ނިންމުނު މަޖިލީހެއް ކަމަށާއި ހުށަހެޅުނު ކަންކަމުގެ ތެރެއިން 94 އިންސައްތަ މަސައްކަތް ވަނީ ނިންމިފައިކަމަށެވެ. އެހެންކަމުން އެއީ ވަރަށް ރަނގަޅު ނަތީޖާއެއް ކަމަށެވެ. މަޖިލީހަށް ހުށަހެޅުނު ކަންކަމުގެ ތެރެއިން ބިލްތައް ކޮމިޓީ މަރުހަލާގައާއި އިބްތިދާއީ ބަހުސްގެ މަރުހަލާގައިވެސް ހުރިއިރު ދައުރު އިތުރުކުރަން އެއްވެސް ފަރާތަކުން ހުށަހަޅާފައި ނެތުމުން އެކަން ކުރެއްވޭނެ ގޮތެއް މިހާރު ނެތް ކަމަށެވެ.  

ޤާސިމް އިބްރާހީމް ވިދާޅުވީ 2014 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ކުރިމަތިލެއްވުމުން ކާމިޔާބު ނުކުރެއްވުނީ އެންމެ 3 ވޯޓު މަދުވެގެން ކަމަށެވެ. ހަމައެއާއިއެކު އެފަހަރު އާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލީޙްގެ ވެރިކަމުގައި މަޖިލީހުގެ ރައީސްކަމަށް ވަޑައިގަތުމަށް އެމަނިކުފާނަށް ވޯޓު ދެއްވި ހުރިހާ މެންބަރުންނަށާއި ވޯޓު ނުދެއްވާ މެންބަރުންނަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި މަޖިލީހުގެ ރައީސްކަމަށް ވަޑައިގަތުމުގެ ފުރުޞަތު ދެއްވިކަމަށްޓަކައި ރައީސް އިބްރާހީމް މުޙައްމަދަށް ޚާއްޞަގޮތެއްގައި ޝުކުރު އަދާކުރައްވައިފައެވެ.  

މީގެ އިތުރުން ޤާސިމް އިބްރާހީމް ފާއިތުވި އިންތިޚާބުތަކުގައި މަޖިލީހުގެ މެންބަރަކަށް ވެވަޑައިގަތުމަށް ވޯޓު ދިން އަރިއަތޮޅުގެ ހުރިހާ ރައްޔިތުންނަށާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރަކަށްވެވަޑައިގަތުމަށް ވޯޓުދިން ހުރިހާ ރައްޔިތުންނަށްވެސް ޝުކުރު އަދާކުރައްވައިފައެވެ.  

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް އިތުރު ކާމިޔާބީ އާއި މިސަރުކާރަށް އިތުރު ކުރިއެރުމާއި ކާމިޔާބީއަށްވެސް ޤާސިމް އިބްރާހީމް އެދިވަޑައިގެންނެވިއެވެ. "އަޅުގަނޑު އެދެނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ކުރައްވަވާ މަސައްކަތްޕުޅުގައި މާތް ﷲ ބަރަކާތް ލެއްވެވުން. އަޅުގަނޑުމެންގެ ޤައުމަށް ފާގަތި މުސްތަޤްބްލެއް މިންވަރު ކުރެއްވެވުން."  

ޤާސިމް އިބްރާހީމް ވިދާޅުވީ ރައްޔިތުންގެ 19 ވަނަ މަޖިލީހުގެ ދައުރު ފެށެންދެން ޤާނޫނީ މަސްއޫލިއްޔަތު އަދާކުރެއްވުންމަތީގައި ދެމިހުންނަވާނެ ކަމަށެވެ. އަދި ކޮންމެ ބޭފުޅަކު 19 މަޖިލީހުގެ ރައީސް ކަމަށް ވަޑައިގެންނެވި ނަމަވެސް އެބޭފުޅަކަށް މަރުހަބާ ވިދާޅުވާ ކަމަށާއި 19 ވަނަ މަޖިލީހަކީ ރައްޔިތުންނަށް ފައިދާ ކުރާނެ މަޖިލީހަކަށް ވުމަށް ވެސް އެދިވަޑައިގަންނަވާ ކަމަށެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް