އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ޝަރުއީ ނިޒާމު ހަރުދަނާކުރުމަށް ވިހިކަމެއްގެ މައްޗަށް އެކުލެވޭ މަގުޗާޓް އިފުތިތާހުކޮށްފި

ޝަރުއީ ނިޒާމު ހަރުދަނާކުރުމަށް ވިހިކަމެއްގެ މައްޗަށް އެކުލެވޭ މަގުޗާޓް އިފުތިތާހުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 35 ސިކުންތު

ޝަރުއީ ނިޒާމު ހަރުދަނާކުރުމަށް 20 ކަމެއްގެ މައްޗަށް އެކުލެވޭ މަގުޗާޓެއް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ މިރޭ އިފުތިތާހުކޮށް ދެއްވައިފިއެވެ.

މިރޭ އިސްލާމީ މަރުކަޒުގައި ސުޕްރީމް ކޯޓުން ބޭއްވި ރަސްމިއްޔާތެއްގައި ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ، މި މަގުޗާޓަކީ މިދިޔަ ފެބުރުއަރީމަހުގެ ބޭއްވި ޖުޑީޝަލް އިންޑިޕެންޑެންސް އެންޑް ރިފޯމް ކޮންފަރެންސްގެ ބައިވެރިންގެ ރެކޮމެންޑޭޝަންސް ތަކާއި، އދ. ގެ ޔޫއެންޑީޕީގެ މަޝްވަރާ އާއި، ބޭރުގެ ޖަމިއްޔާ ޖަމާތްތަކުން ރާއްޖޭގެ ޝަރުއީދާއިރާގެ މައްޗަށް ހަދާފައިވާ ދިރާސާތަކާއި، ރިޕޯޓްތަކަށް ބަލައިގެން އެކުލަވާލާފައިވާ މަގުޗާޓެއް ކަމަށެވެ. 

މަގުޗާޓްގައި ހިމެނޭ ބައެއް މުހިންމު ކަންކަމުގެ ތެރޭގައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ގާނޫނުތައް އިސްލާހު ކުރުމާއި ފަނޑިޔާރުން އައްޔަން ކުރުމާއި ވަކި ކުރުމުގެ ނިޒާމު ހަރުދަނާ ކުރުމާއި ފަނޑިޔާރުން ޖަވާބުދާރީ ކުރެވޭނެ ނިޒާމެއް ގާއިމު ކުރުމާއި ރައްޔިތުންގެ ޝަކުވާތައް ފަސޭހަ އިން ހުށަހެޅޭނެ ނިޒާމެއް ގާއިމު ކުރުން ހިމެނެއެވެ.

މި މަގުޗާޓުގެ ބޭނުމަކީ ހަމަހަމަކަމާއެކު، ތައައްސުބުން އެއްކިބާވެ ޝަރީއަތް ކުރުން ކަމަށާއި، މަގުޗާޓުގައި ހިމެނޭ ކަންކަން ފަސް އަހަރުގެ ތެރޭ ތަންފީޒު ކުރަން ވަރަށް އަވަހަށް އެކްޝަން ޕްލޭނެއް އެކުލަވާލާނެ ކަމަށް ވެސް ނަޒީރު ވިދާޅުވިއެވެ.

މި މަގުޗާޓުގައި ހިމެނޭ ކަންކަމަކީ ޖުޑީޝަލް ސާވިލް ކޮމިޝަން އިސްލާހު ކުރުމާއި، ގާނޫނުތައް އިސްލާހު ކުރުމާއި، ފަނޑިޔާރުން އައްޔަން ކުރުމާއި ވަކި ކުރުމުގެ ނިޒާމް ހަރުދަނާ ކުރުމާއި، ކޮރަޕްޝަނާއި، ފަސާދައާއި، ނުފޫޒުން އެއްކިބާވެފައިވާ ތަނަކަށް ޝަރުއީ ދާއިރާ ހެދުމާއި، މިނިވަންކަން ނުގެއްލޭނެ ގޮތަކަށް ފަނޑިޔާރުން ޖަވާބުދާރީ ކުރެވޭނެ ނިޒާމެއް ގާއިމް ކުރުމާއި، ރައްޔިތުންގެ ޝަކުވާތައް ފަސޭހައިން ހުށަހެޅޭނެ ނިޒާމެއް ގާއިމް ކުރުމާއި، ފަނޑިޔާރުންގެ މަސައްކަތުގެ މިންގަނޑު މޮނިޓާ ކުރުމާއި، ފަނޑިޔާރުންނަށް ޕްރޮމޯޝަން ލިބޭނެ ނިޒާމެއް ގާއިމް ކުރުމާއި، ހުކުމް ތަންފީޒު ކުރުމުގެ ނިޒާމް ހަރުދަނާ ކުރުމާއި، ކޭސް މެނޭޖްމަންޓްގެ ނިޒާމް ޒަމާނީ ކުރުމާއި، ހުރިހާ ސިޓީތަކެއްގައި ސުޕީރިއާ ކޯޓްތައް ގާއިމް ކުރުމާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޒަމާނީކޮށް ހަރުދަނާ ކުރުމާއި، އީ-ފައިލިން ނިޒާމެއް ގާއިމްކުރުމާއި، މާލީ މިނިވަންކަމާއި، ޝަރުއީދާއިރާގެ ބަޖެޓްގެ ކޮންޓްރޯލް ހޯދުމާއި، ކޮންޓިނިއުޑް ޖުޑީޝަލް އެންޑް ލީގަލް އެޑިއުކޭޝަންއާއި ތަމްރީނުދޭ ނިޒާމް ހަރުދަނާ ކުރުމާއި، އަހަރަކު 20 ގަޑި އިރުގެ އިން ސާވިސް ތަމްރީނުތަކެއް ފަނޑިޔާރުންނަށް ލާޒިމް ކުރުމާއި، ޝަރުއީ އަދި ގާނޫނީ ތައުލީމީ ނިޒާމް ހަރުދަނާ ކުރުމާއި، ލީގަލް ޕްރޮފެޝަން ހަރުދަނާ ކުރުމާއި، އަދި ލީގަލް އެއިޑްގެ ހަރުދަނާ ސްކީމްއަކާއި، ޕަބްލިކް ޑިފެންޑާސް އޮފީހެއް ގާއިމް ކުރުމެވެ.

މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމާއި، ދައުލަތުގެ ބައެއް ވަޒީރުންނާއި، ޝަރުއީ ކޯޓުތަކުގެ ގިނަ އަދަދެއްގެ ފަނޑިޔާރުން ބައިވެރިވެވަޑައިގެންނެވިއެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު