އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަދީބު ގޭބަންދު ކުރުމަށް ހައިކޯޓުން ކުރި އަމުރު ސައްހަކަމަށް ސުޕްރީމް ކޯޓުން ނިންމައިފި

އަދީބު ގޭބަންދު ކުރުމަށް ހައިކޯޓުން ކުރި އަމުރު ސައްހަކަމަށް ސުޕްރީމް ކޯޓުން ނިންމައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 49 ސިކުންތު

ކުރީގެ ނައިބު ރައީސް އަދި މޯލްޑިވްސް ތާޑްވޭ ޑެމޮކްރެޓްސް (އެމްޓީޑީ)ގެ ރައީސް އަހުމަދު އަދީބު ބޭސް ފަރުވާއަށް ގޭގައި ބަންދު ކުރުމަށް ހައިކޯޓުން ކުރި ވަގުތީ އަމުރު ސައްހަކަމަށް ސުޕްރީމް ކޯޓުން ނިންމައިފިއެވެ. 

އަދީބު ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކޮށްފައި ވަނީ، މިދިޔަ މާރިޗު މަހުގެ 27 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. 

އަދީބު ގޭބަންދަށް ބަދަލުކުރަން ހައި ކޯޓުން އަމުރު ނެރުނީ އޭނާގެ ސިއްހީ ހާލަތު ގޯސްވުމުން ރާއްޖެން ބޭރަށް ފޮނުވުމުގެ އަމުރަކަށް އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައެވެ.

އަދީބު ގޭބަންދުގައި ބަހައްޓަން ނެރުނު އަމުރަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފައި ވާއިރު، އޭނާ މިހާރު ވެސް ހުންނެވީ ސިއްހީ ސަބަބުތަކަށްޓަކައި ގޭ ބަންދުގަ އެވެ.

އަދީބުގެ މައްޗަށް ވަނީ ޖުމްލަ 33 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު