އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފަލަކީ ހިސާބުތަކުން ދައްކާ ގޮތުގައި މިރޭ ހަނދެއް ނުފެންނާނެ: ކުރީގެ ރައީސް މައުމޫން

ފަލަކީ ހިސާބުތަކުން ދައްކާ ގޮތުގައި މިރޭ ހަނދެއް ނުފެންނާނެ: ކުރީގެ ރައީސް މައުމޫން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 44 ސިކުންތު

ފަލަކީ ހިސާބުތަކުން ދައްކާ ގޮތުގައި، ދުނިޔޭގެ އެއްވެސް މުސްލިމު ޤައުމަކަށް މިރޭ ރަމަޟާން މަހުގެ ހަނދު ނުފެންނާނެ ކަމަށް ކުރީގެ ރައީސް އަދި ފަލަކީ ޢިލްމުވެރިޔާ މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

 

އެމަނިކުފާނު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފަލަކީ ހިސާބުތަކުން ދައްކާ ގޮތުގައި ދުނިޔޭގެ އެއްވެސް މުސްލިމު ޤައުމަކަށް މިރޭ ރަމަޟާން މަހުގެ ހަނދު ނުފެންނާނެ ކަމަށާއި އެހެންކަމުން 1440 ވަނަ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަށްވާނީ މިހިނގާ މެއި މަހުގެ 6 ވާ ހޯމަ ދުވަސް ކަމުގައެވެ.

 

ހުރިހާ ރައްޔިތުންނަށް ރަމަޟާން މުބާރިކް އަރިސްކުރައްވަމުން ރައީސް މައުމޫން ކުރެއްވި ޓްވީޓަށް ރައްދު ދެއްވަމުން، ގިނަ ބަޔަކު ވަނީ އެމަނިކުފާނަށް ވެސް ރަމަޟާން މަހުގެ ހެޔޮ ތަޙުނިޔާ އަރިސްކޮށްފައެވެ. އަދި މިދިޔަ އަހަރުގެ ރަމަޟާންމަހުގެ ހަނދު ބެލިއިރު، އެމަނިކުފާނު ނެތުމުން އެކަމާއި ހިތާމަ ކުރި ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ. މިދިޔަ އަހަރުގެ ރަމަޟާންމަހު އެމަނިކުފާނު ހުންނެވީ ޓެރަރިޒަމްގެ ތުހުމަތުގައާއި އެމަނިކުފާނުގެ ފޯނު ނުދެއްވި މައްސަލައެއްގެ ތުހުމަތުގައި، ޝަރީޢަތް ނިމެންދެން ޖަލު ބަންދުގައެވެ.

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ