އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޖަރީމާތަކެއް ހިންގަން ރައީސް ޔާމީނު ބާރު އެޅުއްވި: ކާނަލް ނާޒިމް

ޖަރީމާތަކެއް ހިންގަން ރައީސް ޔާމީނު ބާރު އެޅުއްވި: ކާނަލް ނާޒިމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 15 ސިކުންތު

ޖަރީމާތަކެއް ހިންގަން ކުރީގެ ރައީސް އަބްދުﷲ ޔާމީނު އަބްދުލްގައްޔޫމް ބާރު އެޅުއްވިކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ އަދި މިހާރުގެ ދަނގެތި ދާއިރާގެ އިންތިޚާބީ މެންބަރު ކާނަލް ރިޓަޔަޑް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ކާނަލް ނާޒިމް މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ އެކްސްކްލޫސިވް ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކާނަލް ނާޒިމް ވިދާޅުވީ ޤާނޫނާއި ޤަވާއިދާ ޚިލާފު ޖަރީމާތަކެއް ހިންގަން ކުރީގެ ރައީސް އަބްދުﷲ ޔާމީނު ބާރު އެޅުއްވިކަމަށާއި ޖަލަށް ދާން ޖެހުނީ ވެސް ރައީސް ޔާމީން އެންގެވިހާ ގޮަތަކަށް ކަންކަން ނުކުރުމުން ކަމަށެވެ. އަދި ރައީސް ޔާމީނަކީ އެމަނިކުފާނު ބޭނުންވާ ކަމެއް ޤާނޫނުތަކާއި ޤަވާއިދުތަކާއި ޚިލާފަށްވެސް ކުރައްވާ ބޭފުޅެއް ކަމަށާއި އެކަންކަން ކުރައްވަނީ ވަޒީރުން މެދުވެރިކޮށް ކަމަށް ކާނަލް ނާޒިމް ވިދާޅުވިއެވެ.

ރައިސް ޔާމީން އާއި މައްސަލަޖެހުނު އަސްލު ސަބަބަކީ ޤާނޫނާއި ޤަވާއިދާއި ޚިލާފުއެއްވެސް ކަމެއްގައި ބައިވެރި ނުވާނަމޭ ބުނުންކަމަށް ކާނަލް ނާޒިމް ވިދާޅުވިއެވެ. "ރައީސް ޔާމީން ބޭނުންފުޅުވި ވަރަށް ގިނަ ހަރަކާތްތަކެއް ހިނގުވަން ޚައްސަކޮށް ޑިފެންސް މިނިސްޓަރަކަށް އަޅުގަނޑު ހުރީމައާއެކު، އެހެންނަމަވެސް އެކޮންމެކަމަށް އަޅުގަނޑު ބުނެފައި އޮންނާނީ ނޫނެކޭ" ކާނަލް ނާޒިމް ވިދާޅުވިއެވެ.

އަދި މީގެއިތުރުން ވަޒީރުކަމުން ވަކި ކުރުމުގެ ބަދަލުގައި އެމަނިކުފާނު ޖަލަށް ލުމަށް ނިންމީ ސަރުކާރުގެ ތެރެއިން ކޮށްފައިވާ ކަންކަން ރައްޔިތުންނަށް ހިއްޞާކޮށް ރައީސް ޔާމީނާއި ސަރުކާރުން ކޮށްފައިވާ ޖަރީމާތަކުގެ އަސްލު ރައްޔިތުންނަށް ހާމަވެގެން ހިނގަައިދާނެތީ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

ކާނަލް ނާޒިމް ވިދާޅުވީ އޭނާ ޖަލަށް ލުމަށް، އަދީބާއި ކުރީގެ ޕޮލިސް ކޮމިޝަނަރ ރައީސް ޔާމީނާއެކު މަޝްވަރާކުރިކަމުގެ މައުލޫމާތު ލިބިފައިވާކަމަށާއި، ފުލުހުން އެނާގެ ގެއަށްވަދެ ހިންގި ބޮޑު ޖަރީމާ ބަލައި އެކަންކުރި މީހުން ނުހޯދިއްޖެނަމަ ރައްޔުތުން ފުލުހުންނާދެމެދު ދެކޭގޮތް ބަދަލުވެގެންދާނެ ކަމަކަށެވެ.

ސުޕްރީމް ކޯޓުން ވަނީ ދިރިއުޅުއްވާ އެޕާޓްމެންޓުން ފިސްތޯލައެއް ފެނުނު މައްސަލާގައި ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގައި ނާޒިމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި 11 އަހަރު ދުވަހުގެ ޖަލު ޙުކުމާއި އެ ޙުކުމަށް ތާޢީދުކޮށް ހައިކޯޓުން ކުރި ޙުކުމް ޤާނޫނީ އަދި ޝަރުޢީ ގޮތުން ގޯސް ޙުކުމެއް ކަމަށް ކަނޑައަޅައި އެ ޙުކުމް ބާތިލްކޮށްފައެވެ.

މިމައްސަލާގައި ނާޒިމް ހައްޔަރުކޮށް ކުރީގެ ސަރުކާރުން ނާޒިމް ފްރޭމްކުރިކަމަށް އޭނާގެ ފަރާތުން ބުނަމުންދާ މައްސަލަ ތަހުޤީގުކޮށްދިނުމަށް އެދި އޭ ވަނީ ފުލުހުންނަށް ހުށަހަޅައިފައެވެ..

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު