އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފިފްތް ޕަވަރ ޕްރޮޖެކްޓަކީ، މާލެ ސަރަހައްދުގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދޭނެ ޕްރޮޖެކްޓެއް: ޗައިނާ

ފިފްތް ޕަވަރ ޕްރޮޖެކްޓަކީ، މާލެ ސަރަހައްދުގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދޭނެ ޕްރޮޖެކްޓެއް: ޗައިނާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 3 ސިކުންތު

ފިފްތް ޕަވަރ ޕްރޮޖެކްޓަކީ، މާލެ ސަރަހައްދުގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދޭނެ ޕްރޮޖެކްޓެއްކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާ އެމްބަސީގެ ފަސްޓް ސެކެޓްރީ ޝާޝާވީ ވިދާޅުވެއްޖެއެވެ.

ޗައިނާގެ ކުންފުނިތަކުން ރާއްޖޭގައި ހިންގާ މަޝްރޫޢުތަކުގެ މަޢުލޫމާތު މީޑިއާ އާއި ހިއްސާކުރައްވަމުން ޝާޝާވީ ވިދާޅުވީ ފިފްތް ޕަވަރަ ޕްރޮޖްކްޓާއިއެކު، މާލެގައި އައު ޑީސެލިނޭޝަން ޕްލާންޓަކާއި، ރާއްޖޭގެ 5 ރަށެއްގައި މައިކްރޯ ޑީސެލިނޭޝަން ޕްލާންޓްތަކެއް ޤާއިމުކުރުމަށް ސަރުކާރާއިއެކު އެއްބަސްވެފައިވާކަމަށެވެ.

މި މަސައްކަތް އަދި މަޑުޖެހިފައި އޮތް ނަމަވެސް ކުރިއަށް އޮތް ކުޑަ ދުވަސްކޮޅުގެ ތެރޭގައި ޕްރޮޖެކްޓްގެ އެގްރިމެންޓްތަކުގައި ސޮއިކުރެވޭނެކަމަށް ޝާޝާވީ ވިދާޅުވިއެވެ.

މި ފެން ޕްލާންޓްތައް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ، ކ. ކާށިދޫ، ޅ. ކުރެންދޫ، ރ. އަލިފުށި، ހއ. ކެލާ އަދި ގއ. ދާންދޫގައެވެ. އެގޮތުން މި މަޝްރޫޢު ފުރަތަމަ ފަށާނީ، ކ. ކާށިދޫ އާއި ޅ. ކުރެންދޫގައިކަމަށް ޝާޝާވީ ވިދާޅުވިއެވެ. 

100 ކިއުބިކް މީޓަރުގެ ފެން ރައްކާކުރެވޭ މިއިން ކޮންމެ ޕްލާންޓަކުންވެސް 2500 މީހުންގެ އާބާދީއަކަށް ސާފު ފެން ފޯރުކޮށްދެވޭނެއެވެ. 

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު