އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކިޔެވުމުގައި ރަނގަޅު ނަތީޖާ ހޯދުމުގައި ކުޅިވަރު މުހިންމު ދައުރެއް އަދާކުރޭ: ނައިބު ރައީސް

ކިޔެވުމުގައި ރަނގަޅު ނަތީޖާ ހޯދުމުގައި ކުޅިވަރު މުހިންމު ދައުރެއް އަދާކުރޭ: ނައިބު ރައީސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 53 ސިކުންތު

ކިޔެވުމުގައި ރަނގަޅު ނަތީޖާ ހޯދުމުގައި ކުޅިވަރު މުހިންމު ދައުރެއް އަދާކުރާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ގްރޭޑް 4 އަދި ގްރޭޑް 5 ގެ ދަރިވަރުންގެ މެދުގައި ބޭއްވި "ޑެވޮންޑޭލް ކިޑްސް ފުޓްބޯލް ފިއެސްޓާ" ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދު އޮތް މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ކުޅިވަރަށް ހޭދަކުރާ ވަގުތަކީ ވަށައިޖެހޭ ތައުލީމީ ނިޒާމެއްގައި ކިޔެވުމުގެ އެއްބައިކަން ފާހަގަ ކުރެއްވިއެވެ. އަދި، ދުޅަހެޔޮ ކަމާއި ހަށިހެޔޮ ކަމާއެކީ ސްކޫލް ތެރޭގައި ކިޔަވައިދިނުމުގެ ނިޒާމު ކުރިއަށް ގެންދިއުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ދަރިވަރުންނަށް ކުޅިވަރުގެ ތެރޭގައި ޝާމިލުވެ އުޅުމަށް ގިނަ ފުރުސަތުތައް ފަހިކޮށްދެއްވުމަށް ހުރިހާ ބެލެނިވެރިންގެ އަރިހުން އެދިވަޑައިގެންނެވިއެވެ. އަދި ކުޅިވަރުގެ ތެރެއިން ދަސްކޮށްދޭ ރިވެތި އާދަތަކާއި އިޖުތިމާއީ ގޮތުން ލިއްބައިދޭ ދުޅަހެޔޮކަން އެމަނިކުފާނު ހުރިހާ ކުދިންނަށް ހަނދާންކޮށްދެއްވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު