އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައްޔިތުންގެ ރައްދު: ވިޔަފާރިވެރިންގެ "މަޅިއަކު" ނުޖެހޭނަން! އަގުބޮޑު ކުރާ އެއްޗެއްގެ ބަދަލުގަ އެހެން އެއްޗެއް ބޭނުން ކުރާނީ!

ރައްޔިތުންގެ ރައްދު: ވިޔަފާރިވެރިންގެ "މަޅިއަކު" ނުޖެހޭނަން! އަގުބޮޑު ކުރާ އެއްޗެއްގެ ބަދަލުގަ އެހެން އެއްޗެއް ބޭނުން ކުރާނީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 56 ސިކުންތު

ރޯދައަށް ތައްޔާރުވުމުގެ ގޮތުން ތަރުކާރީއާއި މޭވާ ބާޒާރުން ގަތުމަކީ ކޮންމެ ރަމަޟާން މަހަކު އެންމެން ވެސް ކުރަމުން އަންނަ ކަމެކެވެ. އަދި މިދުވަސްވަރާއި ދިމާކޮށް އެތަކެތީގެ އަގުބޮޑު ކުރުމަކީ ބާޒާރުގައި މިތަކެތި ވިއްކަން ތިބޭ ވިޔަފާރިވެރިން ވެސް ކޮށްއުޅޭ ކަމެކެވެ.

މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް މާދަމާ ފެށޭއިރު، މިފަހަރުވެސް މިވަނީ ބާޒާރުގައި މިތަކެތީގެ އަގު އިންތިހާއަށް މަތިވެފައެވެ. 

ރޯދަ ވީއްލަން އާންމުގޮތެއްގައި ބޭނުން ކުރާ ކަރާގެ އަގު، އިއްޔެ 30 ރުފިޔާއަށް ކިލޯއެއް ހުރިއިރު، މިއަދު ހުރީ 45 ރުފިޔާއަށް މަތިކޮށްފައެވެ. 

އަގުބޮޑުވީ ކަރާގެ އެކަންޏެއް ނޫނެވެ. ގިނަ ކާނާތަކުގެ ރަހަ ފުރިހަމަ ކުރުމަށް އަޅާ ގިތެޔޮ މިރުހުގެ އަގުވެސް މިވަނީ އިންތިހާއަށް މައްޗަށް ގޮސްފައެވެ. އެގޮތުން 300 ރުފިޔާއާއި 450 ރުފިޔާއާއި ދެމެދުގެ އަގެއްގައި ހުރި ގިތެޔޮ މިރުސް ކިލޯއެއް މިއަދު ހުރީ 950 އަށާއި 1000 ރުފިޔާއަށެވެ. އަދި ތޮޅި މިރުސް ކިލޯއެއް ހުރީ 200 ރުފިޔާ އަށެވެ. 

ތަރުކާރީއާއި މޭވާގެ އިތުރުން މަހުގެ އަގުތަކަށް ވެސް ވަނީ ބޮޑު ބަދަލެއް އައިސްފައެވެ. އެގޮތުން ގޮދާ ކިލޯއެއް 50 ރުފިޔާއަށް ލިބެން ހުރިއިރު ކަންނެލި ކިލޯއެއް ހުރީ 35 ރުފިޔާއަށެވެ. މުށިމަހުގެ ތިން މަސް 20 ރުފިޔާއަށް ލިބޭއިރު ބޯވަދިލަ މަހެއް 100 ރުފިޔާއަށް، ހަންޖެއް 200 ރުފިޔާއަށް އަދި ރަތްމަހުގެ އަގުތައް ހުރީ 100 ރުފިޔާއާއި 150 ރުފިޔާއާއި ދެމެދުގައެވެ.

ރަމަޟާން މަހަށް ބާޒާރުގައި ތަކެތީގެ އަގުބޮޑު ކުރުމުން ގިނަ ބަޔަކު އަންނަނީ އެކަމާއި ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެގޮތުން ބައެއް މީހުން ބުނެފައިވަނީ، ވިޔަފާރިވެރިންގެ "މަޅީގައި" ނުޖެހޭނެ ކަމަށެވެ. 

"1200 ރުފިޔާއަށް ވަކި ރަށެއްގެ މިރުހެއް ގަނެގެން ކެއުމަށްވުރެ އަސޭމިރުސް އަޅާލަައިގެން ކެއުން ވެސް މާ ރަނގަޅުވާނެ. ކަރާ، ދޮން އަނބު، ފޭރު އަގުބޮޑު ކޮށްފިއްޔާ ކަޅު ސައި، ކޮފީ ނޫނީ މައިލޯ ހަދާނީ ރޯދަ ވީއްލަން. މަސް އަގުބޮަަޑު ކޮށްފިއްޔާ މަސްދަޅު އެހުރީނު ބޭނުން ކުރަން. ވިޔަފާރިވެރިންގެ މަޅީގަ ޖެހިގެން މަށެއް އިސްރާފެއް ނުކުރާނަން" ތަކެތީގެ އަގު ބޮޑުވުމާއި ގުޅޭގޮތުން މީހަކު އޭނާގެ ފޭސްބުކްގައި ލިޔެފައިވެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ