އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެކަކުގެ ޙައްޤު އޮންނަކަން ގަބޫލުކުރާ ހިނދު އަނެކާގެ ޙައްޤުގެ މަތިންވެސް ހަނދާންކުރުމަށް ނައިބު ރައީސް އިލްތިމާސް ކުރައްވައިފި

އެކަކުގެ ޙައްޤު އޮންނަކަން ގަބޫލުކުރާ ހިނދު އަނެކާގެ ޙައްޤުގެ މަތިންވެސް ހަނދާންކުރުމަށް ނައިބު ރައީސް އިލްތިމާސް ކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 34 ސިކުންތު

އާންމު ދިރިއުޅުމުގައާއި، ޚާއްޞަކޮށް ވަޒީފާގެ މާހައުލުގައި، އެކަކުގެ ޙައްޤު އޮންނަކަން ގަބޫލުކުރާ ހިނދު އަނެކާގެ ޙައްޤުގެ މަތިންވެސް ހަނދާންކުރުމަށް، ދިވެހިރާއްޖޭގެ ވަޒީފާ ދޭ އެންމެހައި ފަރާތްތަކަށާއި ވަޒީފާ އަދާކުރާ އެންމެހައި ފަރާތްތަކަށް  ނައިބު ރައީސް ފައިޞަލް ނަސީމް އިލްތިމާސްކުރައްވައިފިއެވެ. އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ، ވަޒީފާއާބެހޭ ޓްރަބިއުނަލްގެ 10 ވަނަ އަހަރީ ހަފުލާގައި ރޭ ދެއްކެވި ވާހަކަފުޅުގައެވެ.

 ނައިބު ރައީސްގެ ވާހަކަފުޅުގައި، މުޖުތަމައުގައި ހުންނަ ގިނަ މައްސަލަތަކަކީ އަދުލު އިންސާފު އިސް ނުކުރުމުގެ ސަބަބުން ދިމާވާ ކަންކަން ކަމުގައި ވިދާޅުވިއެވެ. އަދި، ވަޒީފާ އަދާކުރާ ފަރާތްތަކުގެ އިޚްލާޞްތެރިކަމާއި، ތެދުވެރިކަމާއި، އަމާނާތްތެރިކަމަކީ މުއައްސަސާއަކަށް އެންމެ ބޭނުންވާނެ ކަންތައް ކަމަށާއި، ހަމަހަމަ ކަމާއި އޯގާތެރި ކަމާއެކު މުވައްޒަފުންނާ ދޭތެރޭ ކަންތައް ކުރުމަކީ މުއައްސަސާގެ މަސައްކަތްތައް ކާމިޔާބު ކުރުމަށްޓަކައި ކުރެވޭނެ އެންމެ މުހިންމު މަސްކަތް ކަމުގައިވެސް  ނައިބު ރައީސް ވިދާޅުވިއެވެ.

ރޭ  ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، މިއަދުގެ ދިރިއުޅުމުގެ ހާލަތުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. މި ރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ވަޒީފާ އަދާކުރާ ފަރާތްތަކަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ މަސައްކަތެއްކަން ފާހަގަ ކުރެއްވިއެވެ. އަދި އެކަމަށްޓަކައި، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ހުރިހާ ފަރާތްތަކެއްގެ ނަމުގައި  ނައިބު ރައީސް، ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރެއްވިއެވެ.

ރާއްޖޭގެ ވަޒީފާގެ މައިދާނުގައި ބިދޭސީންގެ އަދަދު ގިނަކަން ފާހަގަ ކުރައްވައި، ބައެއް ސިނާއަތްތަކުގައި ބޮޑެތި މުސާރަދޭ މަތީ މަޤާމުތަކުގައި ބިދޭސީން މަސައްކަތްކުރާތަން ފެންނަކަން  ނައިބު ރައީސް ފާހަގަ ކުރެއްވިއެވެ. މިރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ޤައުމު ތަރައްޤީވެގެން ދާނީ އަދި އަޅުގަނޑުމެންނަށް ކުރިޔަށް ދެވޭނީ ތަފާތު އެކި ޤައުމުތަކުގެ، އެކި ކަހަލަ ތަޖުރިބާ ހުރި މީހުންނާ އެކުވެސް މަސައްކަތްކުރެވިގެންކަން ގަބޫލު ކުރަންޖެހޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންނަމަވެސް، ދިވެހިރާއްޖެއަކީ މިއަދު ހުނަރުވެރި ޒުވާން އާބާދީއެއް އޮތް ޤައުމެއް ކަމުގައި ވިދާޅުވެ، ވަޒީފާތައް ދިނުމުގައި ދިވެހިންނަށް އިސްކަން ދިނުމަށް، ރާއްޖޭގައި ވަޒީފާދޭ ހުރިހާ ފަރާތްތަކަށް  ނައިބު ރައީސް އިލްތިމާސް ކުރެއްވިއެވެ.

ރޭގެ ހަފުލާގައި ރަ ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ޤައުމުގެ ތަރައްޤީއާއި އިޤްތިޞާދީ ދުވެލީގެ މައްޗަށްވެސް ބައްލަވައިލެއްވިއެވެ. މި ގޮތުން، ދިވެހިރާއްޖެ ކުރިއަރައި ދިއުމާއި، އިޤްތިޞާދު ވަރުގަދަކުރުމަށްޓަކައިވެސް ރާއްޖޭގެ ވަޒީފާގެބާޒާރުގައި ދިވެހިން ހަރަކާތްތެރިވާ މިންވަރު އިތުރުކޮށް، ދިވެހިރާއްޖެއަށް ލިބޭ އާމްދަނީ ޤައުމުގައި ހިފެހެއްޓޭނެ ގޮތެއް ހެދުން މުހިންމުކަން  ނައިބު ރައީސް ފާހަގަ ކުރެއްވިއެވެ. އަދި، ސަރުކާރުން އިތުރު އަހައްމިޔަތުކަމެއް ދީގެން ވަޒީފާތަކަށް ދިވެހި ޒުވާނުން ހޭނުމަށްޓަކައި ދޭންޖެހޭ އެކިއެކި ތަމްރީނުތައް ދީ، ދިވެހި ޒުވާނުންނަށް ވަޒީފާގެ ބާޒާރުގައި އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އައިޝަތު އަލީ