އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެމްޓީސީސީން ބަސް އެކްސިޑެންޓްގައި މަރުވި މީހާގެ ހަށިގަނޑު ޔުކްރެއިންއަށް ފޮނުވައިދެނީ!

އެމްޓީސީސީން ބަސް އެކްސިޑެންޓްގައި މަރުވި މީހާގެ ހަށިގަނޑު ޔުކްރެއިންއަށް ފޮނުވައިދެނީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 51 ސިކުންތު

ހުޅުމާލޭގައި އިއްޔެ ހެނދުނު 6:30 ހާއިރުހިނގި ބަސް އެކްސިޑެންޓްގައި މަރުވި މީހާގެ ހަށިގަނޑު ޔުކްރެއިންއަށް ފޮނުވައިދިނުމުގެ ކަންތައް އެމްޓީސީސީން ހަމަޖައްސައިދޭނެކަމަށް އެކުންފުނީގެ ސީއީއޯ ހަސަން ޝާހު ވިދާޅުވެއްޖެއެވެ.

ޝާހު ވިދާޅުވީ މަރުވި ޔުކްރެއިންގެ 31 އަހަރުގެ އަންހެން މީހާގެ ހަށިގަނޑު އެގައުމަށް ފޮނުވައިދިނުމުގެ ކަންތައް ހަމަޖައްސާނީ އެމްޓީސީސީން ކަމަށާއި މިހާރުވެސް އެމީހާގެ އާއިލާއަށް އެހީތެރިވަމުން އަންނަ ކަމަށެވެ.

މަރުވި އަންހެން މީހާގެ މަންމަ މިއަދު ރާއްޖެ އަންނަ އިރު އޭނާއަށް ވެސް އެމްޓީސީސީން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މި އެކްސިޑެންޓް ހިނގީ ބަސް ދުއްވި ޑްރައިވަރަށް ނިދިޖެހުމުގެ ސަބަބުން ރޭހަށް ލެވި ކޮންޓްރޯލް ނުވެގެންނެވެ. ހެނދުނު ޖޮގިންއަށް ނުކުމެ އުޅުނު ޔުކްރެއިންގެ އަންހެން މީހާ މަރުވީ މި ބަސް ދަށުވެގެންނެވެ.

ބަސް ދުއްވަން އިން ޑްރައިވަރު ހައްޔަރުކޮށްފައެިވާއިރު ކްރިމިނަލް ކޯޓުން މިއަދުވަނީ ޑްރައިވަރުގެ ބަންދަށް 3 ދުވަސް ޖަހާފައެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު