އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ސިގިރެޓް ބޯ މީހުން މަލާއިކަތުންނަށް އުނދަގޫކުރޭ!: މުފްތީ މެންކް

ސިގިރެޓް ބޯ މީހުން މަލާއިކަތުންނަށް އުނދަގޫކުރޭ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 24 ސިކުންތު

ބައެއް މީހުން ދީނީ ޢިލްމުވެރިން ފެނުމުން ބޯންތިބޭ ސިގިރޭތް ބިންމައްޗަށް ވައްޓައިލައެވެ. ކިތަންމެ ގިނައިން ސިގިރޭޓްބޯ މީހަކު ނަމަވެސް ޙައްޖަށް ގޮސް ޙަރަމްފުޅުގައި ވަގުތުތައް ހޭދަކުރާއިރު އަދި މިސްކިތުގައި ވަގުތުތައް ހޭދަކުރާއިރު ސިގިރޭޓެއް ނުބޮއެވެ. ބޯން ބޭނުމެއްވެސް ނުވެއެވެ. ވީއިރު އެނޫން ތަންތަނުގައި ސިގިރޭޓް ބޮނީ ކީއްވެގެން ހެއްޔެވެ؟  

ޖަވާބުގައި ބައެއް މީހުން ބުނެފާނެއެވެ. އެއީ އެހެން މީހުންނަށް އުނަދަގޫވެދާނެތީއެވެ. އެހެންކަމަށްވާނަމަ މިކަމަސް ވިސްނައިލުން ކީއްހެއްޔެވެ؟ 

މީސްތަކުންނަށް އުނދަގޫވާ ކަންކަން ކުރުމުން މަލާއިކަތުންނަށް އުނދަގޫވެއެވެ. ވީއިރު އަބަދުވެސް ތިމާގެ ވަށައިގެން މަލާއިކަތް ބޭކަލުން ތިއްބަވާއިރު އެބޭކަލުންނަށް އުނދަގޫކުރަން ހެޔޮވެދާނެ ހެއްޔެވެ؟ އެއީ މުސްލިމުން ކުރަން ހެޔޮވެދާނެ ކަމެއް ހެއްޔެވެ؟ 

މިއީ ހަމަ ކޮންމެ މުސްލިމަކުވެސް ވަރަށް ބޮޑަށް ވިސްނައިލުން މުހިންމު ކަމެކެވެ. ސިގިރެޓް ބުއިން ފަދަ ކަންކަން ކުރާ މީހުންނަށް އެކަންކަން ކުރުން ހުއްތައިލަން އެންމެ ފަސޭހަވާނީ އެމީހަކު އަމިއްލައަށް އެއީ ރަނގަޅު ނޫން ކަމެއްކަން ވިސްނި ހުތާލަން މަސައްކަތްކުރުމުންނެވެ.

- މުފްތީ މެންކުގެ ދަރުސަކުން

 

 

އާރޓިކަލް ރޭޓްކުރައްވާ


38%
ވ.ރަނގަޅު
15%
ރަނގަޅު
24%
އޯކޭ
21%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް