އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޗައިނާ ފުލުހުން ބިރުދެއްކި ނަމަވެސް މުސްލިމުން ގެންދަނީ ޖަމާއަތުގަ ނަމާދުކުރަމުން!

ޗައިނާ ފުލުހުން ބިރުދެއްކި ނަމަވެސް މުސްލިމުން ގެންދަނީ ޖަމާއަތުގަ ނަމާދުކުރަމުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 35 ސިކުންތު

މިއަހަރު އެންމެ ހިތްވަރުގަދަ މުސްލިމުންގެ ގޮތުގައި ފާހަގަކުރެވޭ އެއްބައަކީ ޗައިނާގެ މުސްލިމުންނެވެ. ރޯދަ ހިފުމުން ތަޅައި އަނިޔާކުރަމުން ގެންދާއިރުވެސް އެމީހުން އެގެންދަނީ ރޯދަ ހިފަމުންނެވެ. ޖަމާއަތުގައި ނަމާދު ނުކުރަން އެންގި ނަމަވެސް އެމީހުން އެގެންދަނީ ޖަމާއަތުގައި ނަމާދުވެސް ކުރަމުންނެވެ. 

ޗައިނާގެ އިޤްޠިޞާދީ މޮޅު ވިސްނުންތައް ހުރި ސަރުކާރަށްވެސް ނުވިސްނުނު ކަމަކީ ބަޑީގެ ކުރި ދިއްކޮށްގެން މީސްތަކުންގެ ޢަޤީދާ ބަދަލު ނުކުރެވޭނެ ކަމެކެވެ. ތަޅައި މަރައި އަނިޔާކުރި ނަމަވެސް އިންސާނުގެ ހިތް ބަދަލު ނުކުރެވޭނެ ކަމެވެ. އަނިޔާ ލިބެމުންދާ ވަގުތު ކަމަކަށް އެއްބަސްވި ނަމަވެސް އެ ޙާލަތުން ހަމަ ސަލާމަތްވުމުން އެމީހަކު ކަންކަން ކުރާނީ އެމީހާގެ ހިތް އެދޭ ގޮތަށް ކަމެވެ. 

ހުކުރު ޚުޠުބާތަކުގައި އަބަދުވެސް އިވޭނީ ސީރިޔާ އާއި މެދުއިރުމަތީގެ އެހެން  ބައެއް ޤައުމުތަކުގައި މުސްލިމުންނަށް އަނިޔާކުރާ ވާހަކައެވެ. ޚުޠުބާގައިދުވަހަކުވެސް ޗައިނާ އާއި އިންޑިއާގައި މުސްލިމުންނަށް ކުރާ އަނިޔާތަކުގެ ވާހަކަތައް ނުކިޔަނީ ކީއްވެގެންބާވައެވެ! ޗައިނާ އާއި އިންޑިއާގައިވެސް އަނިޔާ ލިބެމުން އެދަނީ ހަމަ މުސްލިމުންނަށް ނޫންބާވައެވެ!

ޗައިނާގައި މުސްލިމުންނަށް އަނިޔާކުރަނީ ސަރުކާރުގެ ފުލުހުންނެވެ. އިންޑިއާގައި އެކަން ކުރަނީ ސަރުކާރުން ނެރޭ ގުންޑާއިންނެވެ. އިންޑިއާގައި މުސްލިމުން ހިފައި ހައްޔަރުކޮށ ބަނދެ ތަޅައި މަރާތަން އަދި ދީން ދޫކުރަން މަޖުބޫރުކުރާތަން ކޮންމެ ދުވަހަކުވެސް ދަނީ ފެންނަމުންނެވެ. ދެ ޤައުމުގެ ތަފާތަކީ ޗައިނާގައި ސަރުކާރުގެ ސިފައިން މުސްލިމުންނަށް އަނިޔާކުރުމާއި އިންޑިއާގައި ސަރުކާރު އަޑީގައި އޮވެގެން ގޭންގުތައް ލައްވައި އެފަދަ އަނިޔާތައް ކުރުވުމެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް