އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުޑަކުދިންގެ ދުވަހާ ގުޅިގެން ދިރާގުން އައިޖީއެމްއެޗް އަށް ހަދިޔާކޮށްފައިވާ ކުޑަކުދިންގެ އިންޑޯ ޕްލޭ އޭރިޔާ އާކޮށް ހުޅުވައިފި

ކުޑަކުދިންގެ ދުވަހާ ގުޅިގެން ދިރާގުން އައިޖީއެމްއެޗް އަށް ހަދިޔާކޮށްފައިވާ ކުޑަކުދިންގެ އިންޑޯ ޕްލޭ އޭރިޔާ އާކޮށް ހުޅުވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 47 ސިކުންތު

ދިރާގުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައިޤާއިމު ކޮށްފައިވާ ކުޑަކުދިންނަށް ޚާއްޞަ އިންޑޯ ޕްލޭ އޭރިޔާ އާކޮށްއަލުން ހުޅުވައިފިއެވެ.

ކުޑަ ކުދިންގެ ދުވަހާއި ގުޅިގެން ޕްލޭ އޭރިއާ އާ ކޮށްފައިވާއިރު، އެތަން ވަނީ އިތުރަށް މަރާމާތުކޮށް، ކުޑަކުދިން ގަޔާވާނޭގޮތަށް ކަނޑުއަޑީގެ ހިތްގައިމު މަންޒަރު ދައްކުވައިދޭ ގޮތަށް ޒީނަތްތެރި ކޮށްފައެވެ. 

 

ކުޑަކުދިންގެ ޕްލޭ އިކުއިޕްމަންޓާއި އެއްކޮށް ދިރާގުން އައިޖީއެމްއެޗް އަށް ހަދިޔާ ކޮށްފައިވާ ޕްލޭއޭރިޔާ އަކީ ހޮސްޕިޓަލަށް ޒިޔާރަތް ކުރާ ގިނަ އަދަދެއްދެ ކުދިން ބޭނުން ކުރާ ތަނެކެވެ. މި ޕްލޭ އޭރިޔާ ހުންނަނީ  އައިޖީއެމްއެޗްގެ އޯޕީޑީއަށް ވަންނަ ގޭޓް ސަރަޙައްދުގައިއެވެ.ޕްލޭ އޭރިޔާގެ އެންމެ ބޮޑު އެއް މަޤްޞަދަކީހޮސްޕިޓަލަށް ޒިޔާރަތް ކުރާ ކުޑަކުދިން ގަޔާވާނެ އަދި އެކުދިންނަށް ހިތްހަމަ ޖެހުން ލިބޭނެ ފަދަ މަންޒިލެއް ހޮސްޕިޓަލުގައި ގާއިމު ވެފައި ހުރުމެވެ.

ކުޑަކުދިންނަށް އެހީތެރިވުމަކީ  ދިރާގުގެ އިޖްތިމާއީ ޒިންމާގެ ދަށުން ވަރަށް ޚާއްޞަ  އަހައްމިއްޔަތުކަމެއް ދޭ ދާއިރާއެކެވެ.އެގޮތުން ކޮންމެ އަހަރަކު ދިރާގުން ބާއްވާ ރާއްޖޭގެ އެންމެ ބޮޑު ރޭސް، ދިރާގު މޯލްޑިވްސް ރޯޑް ރޭސް މެދުވެރިކޮށް ކުޑަކުދިންގެ ޙައްޤުގައި މަސައްކަތް ކުރާ ތަފާތުޖަމިއްޔާތަކަށް އެހީތެރިވެއެވެ. އަދި މި ނޫންވެސްކުޑަ ކުދިންގެ ޙައްޤުގައި މަސައްކަތްކުރާ ގިނަ އެންޖީއޯތަކަށް ތަފާތު ޕްރޮގްރާމްތައް މެދުވެރިކޮށް ދިރާގުން އެހީތެރިކަން ފޯރުކޮށްދެއެވެ.



Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް