އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އޮންލައިންކޮށް ވެސް ފިޠުރު ޒަކާތް ދެއްކޭ!

އޮންލައިންކޮށް ވެސް ފިޠުރު ޒަކާތް ދެއްކޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 11 ސިކުންތު

އުރީދޫ އަދި ދިރާގު ކަސްޓަމަރުންނަށް އޮންލައިންކޮށް ފިޠުރުޒަކާތް ދެއްކޭގޮތް ހަމަޖައްސައިފިއެވެ.

 

ފިޠުރު ޒަކާތް ދެއްކުމުގައި ޢާންމުންނަށް ލުއި ފަސޭހަކޮށްދިނުމަށް ތަޢާރަފްކުރި މިޚިދުމަތް އެކުންފުނިތަކުގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ހޯދޭނެ ކަމަށާއި ކަނޑައެޅިފައިވާ ކޯޑަކަށް ޑެއިލް ކުރުމުންވެސް މިޙިދުމަތް ލިބޭނެ ކަމަށް އެކުންފުނިތަކުން ބުނެފައިވެއެވެ.

 

އުރީދޫއިން ބުނެފައިވަނީ، އުރީދޫ ކަސްޓަމަރުންގެތެރެއިން ޕްރީޕެއިޑް ގެންގުޅޭ ފަރާތްތަކުން #909* އަށް ޑެއިލް ކޮށްގެން ނުވަތަ އެމް ފައިސާ އެޕްލިކޭޝަން މެދުވެރިކޮށް ވެސް ފިޠުރު ޒަކާތްދެއްކޭނެކަމަށެވެ. ދިރާގުންވެސް ވަނީ ފިތުރު ޒަކާތްދެއްކުމަށް އެކުންފުނީގެ އެޕްލިކޭޝަން ނުވަތަ ކޯޑް އިހްތިޔާރު ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައެވެ. އެގޮތުން ދިރާގުގެ ޕްރިޕެއިޑް ކަސްޓަމަރުން ޑައިލްކުރަން ޖެހެނީ #454* އަށެވެ.

 

މިކަމާއި ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ، އޮންލައިން ޕޯޓަލްތައް މެދުވެރިކޮށް ފިޠުރު ޒަކާތްދެއްކޭނީ ރަމަޟާން މަހުގެ 27ވަނަ ދުވަހުގެ އިރުއޮއްސި 6 ޖެހުމާ ހަމައަށްކަމަށެވެ. އެއީ މާލޭ ވިލިމާލޭ އަދި ހުޅުމާލޭގައި ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ މިންވަރަށް ބަލާއިރު، އާދައިގެ ހަނޑުލުންނަމަ 15 ރުފިޔާ، ތައިލެންޑް ހުދު ހަނޑުލުންނަމަ 45 ރުފިޔާ، ބާސްމަތީ ހަނޑުލުންނަމަ 95 ރުފިޔާ، ރަތް ހަނޑުލުންނަމަ 75 ރުފިޔާ، އާދައިގެ ފުށުންނަމަ 15 ރުފިޔާ އަދި އާޓާ ފުށުންނަމަ 60 ރުފިޔާއެވެ.

 

ރަށްރަށުގައި ޒަކާތުގެ ގޮތުގައި ދައްކަންޖެހެނީ ޢާއްމުކޮށް ކާން ބޭނުންކުރި ގޮވާމުގެ ބާވަތްތަކުން 2.4ކިލޯ އަށް ވާ އަގުކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވޭ. މިނިސްޓްރީން މިހާރުވަނީ ޒަކާތް ބަލައިގަންނަން ފަށާފައި. ޒަކާތް ބަލައިގަތުން ރަމްޟާންމަހުގެ 29ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. މުސްލިމުންގެ ތެރޭގައި ހިމެނޭ އަންހެނުންނާއި ފިރިހެނުންނާއި ކުޑަކުދިންނާއި ބޮޑެތިމީހުންނާއި މިނިވަނުންނާއި އަޅުންނާއި ފަޤީރުންނާއި މުއްސަނދިންގެމައްޗަށްވެސް ފިޠްރުޒަކާތް ވާޖިބުވެގެންވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ