އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރެސިޕީ: ޑަބަލް ޗޮކްލެޓްއައިސްބޮކްސް ކޭކް

ރެސިޕީ: ޑަބަލް ޗޮކްލެޓްއައިސްބޮކްސް ކޭކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 33 ސިކުންތު

ބޭނުންވާނެ ތަކެތި:

· 3 ޖޯޑު ކިރު (ފުލް ކްރީމް)

· 2 އިންސްޓެންޓް ޗޮކްލެޓް ޕުޑިން މިކްސް ޕެކެޓް

· 1 ½ ޖޯޑު ހެވީ ވިޕިން ކްރީމް

· 2 ޕެކެޓް ބިސްކޯދު (މާރީ ބިސްކޯދު، ނުވަތަ ވެފާސް ވެސް ބޭނުން ކުރެވިދާނެ)

· 2 ބޮޑު ޗޮކްލެޓް- ކުދިކޮށް ކޮށާފަ (އާންމުކޮށް ބޭނުންކުރަނީ ސްނިކާރސް ނުވަތަ ޓޮބްލެރޯން) 

ތައްޔާރު ކުރާނެ ގޮތް:

· ބޯތައްޓެއްގައި ޕުޑިން މިކްސް އާއި ކިރު ދެ މިނެޓު ވަންދެން އެއްކޮށްލާށެވެ. (ޕުޑިން ތައްޔާރުކުރުމަށް)

· އެއަށްފަހު އެހެން ތައްޓެއްގައި ވިޕިން ކްރީމްކޮޅު ރަނގަޅަށް ގިރާލުމަށްފަހު އަވަނަށްލާން ރަނގަޅު ތައްޓެއްގައި، ފޯކޮށްފައި ހުރިބިސްކޯދު ފަތުރާލާނީއެވެ.

· ދެން ބިސްކޯދުގެ މައްޗަށް ކުރިން އެއްކޮށްފައި ހުރި ޗޮކްލެޓް ޕުޑިންގެ އެއްބައިއަޅާ ރީތިކޮށް ފަތުރަލާނީއެވެ. އަދި އޭގެ މައްޗަށްވިޕްޑް ކްރީމްގެ ވެސް އެއްބައި އަޅާ ފަތުރާލާނީއެވެ.

· އެއަށްފަހު އޭގެ މަތީގައި، އަނެއްކާވެސް ފޯކޮށްފަ ހުރި ބިސްކޯދު ފެތުރުމަށްފަހު އަނެއްކާވެސް ޗޮކްލެޓް ޕުޑިން އަޅާ ފަތުރާލުމަށްފަހު މައްޗަށް ވިޕިޑް ކްރީމް އަޅާނީއެވެ.

· ނިންމާލުމުގެ ގޮތުން ވިޕްޑް ކްރީމްގެ މައްޗަށް (އެންމެ މައްޗަށް)، ކޮށާފަ ހުރި ޗޮކްލެޓްކޮޅު އަޅާލެވިދާނެއެވެ.

· ފްރިޖަށް (ގަނޑުކުރާ ބަޔަށް) ލުމަށްފަހު ގާތްގަނޑަކަށް ފަސް ގަޑިއިރު ނުވަތަ ހަ ގަޑިއިރު ބަހައްޓާށެވެ. ބޮޑަށް ރަނގަޅުވާނީ ރޭގަނޑު މިޑިޝް ތައްޔާރުކޮށްފައި ފްރިޖަށްލުމަށްފަހު އަނެއް ދުވަހުގެ ހެނދުނު ބޭނުން ކުރުމެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ